Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މ. ދިއްގަރު

ރަސްމީކޮށް ހުޅުވައި ކުޅެމުން ދިޔަ ވޮލީ ކޯޓެއްގެ މަސައްކަތް ނިންމާނެ ކަމަށް ވިދާޅުވެ، ރައީސް މުޢިއްޒު އިތުރުފުޅު ހައްދަވައިފި

ރައީސް މުޢިއްޒު ވިދާޅުވީ ވޮލީ ކޯޓުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 ސެޕްޓެމްބަރު 2025 | އަންގާރަ 09:19
ދިއްގަރު ވޮލީ ކޯޓު ހުޅުވައި ދެއްވުމަށް ފަހު ރައީސް ޞާލިޙު ސޮއި ކުރެއްވި ބޯޅަ

ދިއްގަރު ވޮލީ ކޯޓު ހުޅުވައި ދެއްވުމަށް ފަހު ރައީސް ޞާލިޙު ސޮއި ކުރެއްވި ބޯޅަ

މި.ދިއްގަރުގައި ރަސްމީކޮށް ހުޅުވައި އަދި ވޮލީ ކުޅުމަށް ބޭނުން ކުރަމުން ދިޔަ ވޮލީ ކޯޓެއްގެ މަސައްކަތް ނިންމާނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އިތުރުފުޅު ހައްދަވައިފި އެވެ.

ރައީސް މުޢިއްޒު އެ ފަދައިން ވާހަކަ ދައްކަވާފައި ވަނީ، މ އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި ދިއްގަރު ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ. .

Advertisement - newsAdvertisement

އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ، ދިއްގަރުގައި ފުޓުބޯޅަ ދަނޑެއް ޤާއިމު ކުރުމުގެ މަސައްކަތާއި، އިތުރު ބައެއް އެހެން މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ. މިހާރު ހިނގަމުން ގޮސް މަސައްކަތް ހުއްޓިފައި އޮތް ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ކުރުމަށާއި، އަދިވެސް އެ ފަދަ ބައެއް ކަންކަން ކުރިއަށް ދާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެކަން ފާހަގަ ކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ ވޮލީ ކޯޓުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ޖުމުލަ ގޮތެއްގައި ހުރިހާ ދާއިރާ އަކުން ވެސް، ދިއްގަރުގެ ތަރައްޤީ އަށް ކުރިއަށް އޮތް ހަފުތާ ތަކާއި، މަސް ތަކުގެ ތެރޭގައި އަމަލީ މަސައްކަތް ކުރިއަށް ގޮސް، އަދި ނިންމަމުން ދާ ތަން ފެންނާނެ ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.

ހަމައެއާ އެކީގައި ފުޓުބޯޅަ ދަނޑެއް އެޅުމުގެ މަސައްކަތާއި، އިތުރު ބައެއް އެހެން މަޝްރޫއުތައް ވެސް ކުރިއަށް ގެންދިޔުމަށް ވަނީ ރޭވިފައި. މިހާރު ހިނގަމުން ގޮސް ހުއްޓިފައި އޮތް ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ވެސް ކުރުމަށާއި، އަދިވެސް މިފަދަ ބައެއް ކަންތައްތައް އެބަ ކުރިއަށްދޭ. ވޮލީ ކޯޓުގެ މަސައްކަތާއި، މިފަދަ ކަންތައްތައް.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރައީސް މުޢިއްޒު މިހެން ވިދާޅުވެފައިވާއިރު، ދިއްގަރު ވޮލީ ކޯޓަކީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ނިންމައި، ރަސްމީކޮށް ހުޅުވާފައިވާ ވޮލީ ކޯޓެކެވެ. ދިއްގަރަށް ވަޑައިގެން، ރައީސް ޞާލިޙު ވަނީ 2022 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 27 ވަނަ ދުވަހު އެ ވޮލީ ކޯޓު ރަސްމީކޮށް ހުޅުވައި ދެއްވައިފަ އެވެ.

އަދި އެއަށް ފަހު ވަނީ އެ ކޯޓުގައި ވޮލީ މެޗެއް ވެސް ކުޅުއްވައިފަ އެވެ. އެ މެޗުގައި ރައީސް ޞާލިޙުގެ އިތުރުން ސަރުކާރުގެ އިސްވެރިންނާއި، ވޮލީ ބޯޅައިގެ ލެޖެންޑުން އަދި ދިއްގަރުގެ ރައްޔިތުން ވެސް ވަނީ ބައިވެރިވެފަ އެވެ.

އެކަމާ ގުޅޭ ގޮތުން ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ދިއްގަރު ކައުންސިލްގެ މެމްބަރު ޢަބްދުﷲ އާރިފް ވިދާޅުވެފައި ވަނީ، އެ ވޮލީ ކޯޓަކީ ކުރީގެ ސަރުކާރުން ހުޅުވާފައި އޮތް ވޮލީ ކޯޓެއް ކަަމަށާއި، ވޮލީ ކޯޓު ހުޅުވުމަށް ފަހު ރައީސް ޞާލިޙު ސޮއި ކުރެއްވި ވޮލީ ބޯޅަ އަދި ވެސް އޮތް ކަމަށެވެ.

އެއީ ރައީސް ޞާލިޙުގެ ވައުދެއް ކަމަށާއި، ރައީސް ޞާލިޙުގެ ވެރި ކަމުގެ ތެރޭގައި އެ މަސައްކަތް ނިންމައި، ރަސްމީކޮށް ހުޅުވައި ބޭނުން ކުރަމުން އަންނަ ކަމަށެވެ. އަދި ރައީސް މުޢިއްޒު އެ ވިދާޅުވާ ވޮލީ ކޯޓަކީ ކޮން ތަނެއްގައި އަޅާ ވޮލީ ކޯޓެއް ކަމެއް ނޭނގޭ ކަމަށް ވެސް އާރިފް ވަނީ ވިދާޅުވެފަ އެވެ.

އާރިފް ވިދާޅުވީ ރައީސް މުޢިއްޒުގެ ދަތުރުފުޅުގެ ކުރިން އެ ރަށަށް ވަޑައިގެންނެވި ފިނޭންސް މިނިސްޓްރީގެ ބޭފުޅުންނަށް ވެސް އެ ވޮލީ ކޯޓު ދައްކާފައިވާނެ ކަމަށާއި، އެކަން ކުރިއަށް ދިޔަ ގޮތް ވެސް ހިއްސާ ކޮށްފައިވާނެ ކަަމަށެވެ. އެ ބޭފުޅުން ވޮލީ ކޯޓުގެ ފޮޓޯ ވެސް ނެގި ކަމަށާއި، އެއަށްފަހު ފުރައިގެން ދިޔައީ ކަމަށެވެ. ނަމަވެސް، އޭގެ ފަހުން ރައީސް މުޢިއްޒު ވަޑައިގެން އެ ވޮލީ ކޯޓުގެ ވާހަކަ ދެއްކެވުމުން ހައިރާންވާ ކަމަށް އާރިފް ވިދާޅުވި އެވެ.

އެކަން ފާހަގަ ކުރައްވައި އާރިފް ވިދާޅުވީ އެއް ގޮތަކީ ރައީސް މުޢިއްޒުގެ ދަތުރުފުޅުގެ ކުރިން ވަޑައިގެންނެވި ބޭފުޅުން ރައީސް އަށް އޮޅުވާލެއްވީ ކަމަށެވެ. ނޫން ނަމަ، މައިކެއް އަތުގައި ޖެހުމުން ރައީސް އަށް ދެއްކެވޭ ވާހަކަ އޮޅިވަޑައިގެން ގޮސް، ދެއްކެވުނު ވާހަކައެއް ކަމަށް އާރިފް ވިދާޅުވެފައިވެ އެވެ.

މ. ދިއްގަރުރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

26 ފެބުރުއަރީ
ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!
20233 އަހަރު ކުރިން
ރިޕޯޓު

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް
20215 އަހަރު ކުރިން
ދުނިޔެ

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!
20188 އަހަރު ކުރިން
ރާއްޖެ

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު