Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިއްގަރުގައި ލޯންޗެއް ގޮވުން

ދިއްގަރުގައި ލޯންޗެއް ގޮވައި ދެ މީހަކަށް އަނިޔާވެއްޖެ

މި ހާދިސާ ހިނގާފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު 9:50 އެހާއިރު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 7 ފެބުރުއަރީ 2023 | އަންގާރަ 10:38
ދިއްގަރުގައި ގޮވި ލޯންޗު

ދިއްގަރުގައި ގޮވި ލޯންޗު

މ. ދިއްގަރުގައި ލޯންޗެއް ގޮވައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު ނިޝާން "ރާއްޖެ އެމްވީ" އަށް ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު 9:50 އެހާއިރު ކަމަށެވެ. އެގޮތުން، ބަނދަރުގައި އޮތް ލޯންޗުން ބާރުގަދަ އަޑެއް އިވުމަށްފަހު ލޯންޗުގައި ރޯވީ ކަމަށާއި އެވަގުތު ލޯންޗުގައި ދެ މީހަކު ތިބި ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ނިޝާން ވިދާޅުވި ގޮތުގައި މި ހާދިސާގައި އަނިޔާވެފައިވަނީ އެ ލޯންޗުގެ ކެޕްޓަން އާއި ފަޅުވެރިޔަކަށެވެ. ދެ މީހުން ވެސް ލޯންޗުގައި ރޯވުމުން މޫދަށް ފުންމާލި ކަމަށާއި ދެ މީހުންގެ ވެސް ފައި ވަރަށް ބޮޑަށް ފިހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ދެ މީހުންނަށް ވެސް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސް އޭޑިކޭގައި އަންނަނީ ފަރުވާ ދެމުންނެވެ.

ނިޝާން ވިދާޅުވީ މި ހާދިސާ ހިނގީ ލޯންޗު މަހަށް ގޮސް ރަށަށް އައުމަށްފަހު ދެވަނަ ފަހަރަށް މަހަށް ދާން އުޅެނިކޮށް ކަމަށެވެ. އެގޮތުން ފުރަތަމަ ފަހަރަށް ސްޓާޓް ކުރަން އުޅުމުން ނުވި ކަމަށާއި ލޯންޗް ގޮވާފައި ވަނީ ދެވަނަ ފަހަރަށް ސްޓާޓް ކުރި ވަގުތު ކަމަށް މައުލޫމާތު ލިބޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ހާދިސާގައި ރޯވި ލޯންޗުގެ އަލިފާންގަނޑު 30 މިނެޓު ތެރޭގައި ރަށުގެ ރައްޔިތުންނާއި ފުލުހުންގެ އެހީތެރިކަމާއެކު ވަނީ ނިއްވާލައިފައެވެ. އަދި ލޯންޗު މިހާރު ވަނީ އެމްޓީސީސީގެ އެހީތެރިކަމާއެކު އެއްގަމަށް އަރުވާފައެވެ. މިހާދިސާގައި ލޯންޗުގެ އިންޖީނަށް މާބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް ނިޝާން ވިދާޅުވިއެވެ.

ނިޝާން ވިދާޅުވީ މި ހާދިސާގައި އަނިޔާވި ދެ މީހުން މޫދަށް ފުންމާލުމުން އެ ދެ މީހުން ސަލާމަތް ކުރުމުގައި ވެސް އެމްޓީސީސީގެ މުވައްޒަފުންގެ އެހީތެރިކަން ލިބުނު ކަމަށެވެ.

މ. ދިއްގަރު

އިތުރަށް ކިޔާލަން

07 އޮކްޓޯބަރު 2025

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު 30 ދުވަސްތެރޭ ގެޒެޓުކުރަންޖެހޭ އުސޫލު، ގެޒެޓް ކުރެވުނީ 2 މަސްވާން ގާތްވަނިކޮށް!

07 އޮކްޓޯބަރު 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު 30 ދުވަސްތެރޭ ގެޒެޓުކުރަންޖެހޭ އުސޫލު، ގެޒެޓް ކުރެވުނީ 2 މަސްވާން ގާތްވަނިކޮށް!
23 ސެޕްޓެމްބަރު 2025

ރަސްމީކޮށް ހުޅުވައި ކުޅެމުން ދިޔަ ވޮލީ ކޯޓެއްގެ މަސައްކަތް ނިންމާނެ ކަމަށް ވިދާޅުވެ، ރައީސް މުޢިއްޒު އިތުރުފުޅު ހައްދަވައިފި

23 ސެޕްޓެމްބަރު 2025
ރަސްމީކޮށް ހުޅުވައި ކުޅެމުން ދިޔަ ވޮލީ ކޯޓެއްގެ މަސައްކަތް ނިންމާނެ ކަމަށް ވިދާޅުވެ، ރައީސް މުޢިއްޒު އިތުރުފުޅު ހައްދަވައިފި
22 ސެޕްޓެމްބަރު 2025

މަސް ގަންނަ އަގު 20ރ އަށް ބޮޑުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވެއްޖެ

22 ސެޕްޓެމްބަރު 2025
މަސް ގަންނަ އަގު 20ރ އަށް ބޮޑުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވެއްޖެ
16 ސެޕްޓެމްބަރު 2023

ދިއްގަރު ބިން ހިއްކައި ނިންމާލައިފި

16 ސެޕްޓެމްބަރު 2023
ދިއްގަރު ބިން ހިއްކައި ނިންމާލައިފި
16 ޖުލައި 2023

މިހުރީ ފަނާކުރަނިވި ނިންމުންތަކާއި ފިތުނަވެރި މަހަލް އެއްގައެއް ނޫން، މިއީ އުފާވެރި އަމާންރާއްޖެއެއް ރައްޔިތުންނަަށް ގެނެސްދޭތަނެއް - ހިސާން

16 ޖުލައި 2023
މިހުރީ ފަނާކުރަނިވި ނިންމުންތަކާއި ފިތުނަވެރި މަހަލް އެއްގައެއް ނޫން، މިއީ އުފާވެރި އަމާންރާއްޖެއެއް ރައްޔިތުންނަަށް ގެނެސްދޭތަނެއް - ހިސާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު