Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑިމޮކްރެޓްސް އުފެއްދި މަގުސަދު

ދަ ޑިމޮކްރެޓްސް އުފައްދާފައިވަނީ ޒާތީ މަގުސަދެއްގައި، ސިޔާސީ މަގުސަދެއްގައެއް ނޫން: މެންބަރު އިކްރާމް

ރޫޅާލުމަކީ ފަނާކުރަނިވި ވިސްނުމެއް، އެވިސްނުން ރާއްޖޭގެ ރައްޔިތުން ބޭނުމެއްނުވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 16 ޖުލައި 2023 | އާދީއްތަ 12:13
ދިއްގަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު، އިކްރާމް ހަސަން

ދިއްގަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު، އިކްރާމް ހަސަން

"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދާފައިވަނީ ޒާތީ މަގުސަދެއްގައި ކަމަށާއި، ސިޔާސީ މަގުސަދެއްގައި ނޫން ކަމަށް ދިއްގަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

މ. މަޑުއްވަރީގައި އޮތް ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އިކްރާމް ވިދާޅުވީ، ދަ ޑިމޮކްރެޓްސް ނަމުގައި ޕާޓީއެއް އުފައްދައި، އެހެން ޕާޓީތައް ރޫޅާލާނާމޭ ކިޔަމުންދާ ކަމަށެވެ. ނަމަވެސް ރޫޅާލުމަކީ ފަނާކުރަނިވި ވިސްނުމެއް ކަމަށާއި، އެވިސްނުން ރާއްޖޭގެ ރައްޔިތުން ބޭނުން ނުވާކަމަށެވެ. އަދި މިއަދު ދަރިންނަށް ވެސް ވިސްނައިދެމުންދަނީ ބިނާކުރަނިވި ވިސްނުން ކަމަށް އިކްރާމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އިކްރާމް ވިދާޅުވީ ރާއްޖޭގައި ދިރިއުޅެނީ މާ ވިސްނުންތެރި ރައްޔިތުން ކަމަށާއި، ޒާތީ ހަސަދަވެރިކަމެއް ހިފައިގެން ނުކުމެގެން ލިބޭނެ އެއްވެސް ކާމިޔާބީއެއް ނޯންނާނެ ކަމަށެވެ.

މީގެ އިތުރުން އިކްރާމް ވަނީ މަޑުއްވަރީގެ ތަރައްގީއަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. އިކްރާމް ވިދާޅުވީ ޒުވާނުން ބޭނުންވި ފުޓްސަލްދަނޑު އަޅާދީފައިވަނީ މިސަރުކާރުން ކަމަށެވެ. އަދި ޒުވާނުން ބޭނުންވި ޔޫތު ސެންޓަރު އެޅުމަށްވެސް ތައްޔާރުވެފައިވާ ކަމަށް މެންބަރު އިކްރާމް ވިދާޅުވިއެވެ.

އިކްރާމް ވިދާޅުވީ މަޑުއްވަރީ ކައިރިން ހަ ހެކްޓަރުގެ ބިމެއް ހިކި، އެހެން ރަށެއް ހެދެމުންދާ ކަމަށެވެ. މިއީ އިގްތިސާދަށް ފަހި ރަށަކަށް ވާނެކަމަށް އިކްރާމް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެރަށުގައި ލޯކަލް ޓޫރިޒަމް ކުރިއަރުވަން ބޭނުންވާނަމަ އެފުރުސަތު ވެސް ރައްޔިތުންނަށް ލިބޭނެ ކަމަށެވެ.

އިކްރާމް ވިދާޅުވީ މިސަރުކާރަކީ ވަރަށް ގިނަ ކާމިޔާބީތައް ހޯދާފައިވާ ސަރުކާރެއް ކަމަށެވެ. މިސަރުކާރުގައި ޓީޗަރުންނާއި، ސިއްހީ ދާއިރާގެ މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަކޮށް ބޮޑު، މިދާއިރާތަކަށް ދިވެހިން ނެރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރާކަން މެންބަރު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އޯގާތެރި ވެރިއެއް ގެންނަން ބޭނުންވާ ނަމަ ރައީސް ސާލިހަށް އިތުރު ދައުރެއް ދޭން ޖެހޭ ކަމަށެވެ.

އިކްރާމް ހަސަންރައީސް މ.އަށް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސް މުއިއްޒު އަކީ ދިވެހި ރައްޔިތުންނަށް ބަލަދު އަރާ ބޭފުޅެއް ނޫން، ކަންކަން ނުހިންގޭ ނަމަ އެއްކައިރިއަށް ޖެހިވަޑައިގަންނަވާ - އިކްރާމް

ރައީސް މުއިއްޒު އަކީ ދިވެހި ރައްޔިތުންނަށް ބަލަދު އަރާ ބޭފުޅެއް ނޫން، ކަންކަން ނުހިންގޭ ނަމަ އެއްކައިރިއަށް ޖެހިވަޑައިގަންނަވާ - އިކްރާމް

25 އޮކްޓޯބަރު 2024
ރުހުން ނުދިން ވަޒީރުންގެ ނަންތައް އަލުން މަޖިލީހަށް ފޮނުވުމަކީ މަޖިލީހުގެ ކަންކަށިމަތީގައި ޖެހުން: މެންބަރު އިކްރާމް

ރުހުން ނުދިން ވަޒީރުންގެ ނަންތައް އަލުން މަޖިލީހަށް ފޮނުވުމަކީ މަޖިލީހުގެ ކަންކަށިމަތީގައި ޖެހުން: މެންބަރު އިކްރާމް

05 ފެބުރުއަރީ 2024
ވެރިކަން ކުރަންޖެހޭނީ ގާނޫނުގެ ތެރެއިން، އެކަންކަން އެއްފަރާތްކުރުމަށްފަހު ގައުމުގެ މަސައްކަތްތައް ކުރިއަކަށް ނުގެންދެވޭނެ: މެންބަރު އިކްރާމް

ވެރިކަން ކުރަންޖެހޭނީ ގާނޫނުގެ ތެރެއިން، އެކަންކަން އެއްފަރާތްކުރުމަށްފަހު ގައުމުގެ މަސައްކަތްތައް ކުރިއަކަށް ނުގެންދެވޭނެ: މެންބަރު އިކްރާމް

30 ޑިސެމްބަރު 2023
ކުރީގެ ރައީސް ސާލިހު ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ނުކުރައްވާނެކަމުގެ ޔަގީންކަން އެބައޮތް: މެންބަރު އިކްރާމް

ކުރީގެ ރައީސް ސާލިހު ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ނުކުރައްވާނެކަމުގެ ޔަގީންކަން އެބައޮތް: މެންބަރު އިކްރާމް

23 ޑިސެމްބަރު 2023
ރައީސާއި ނައިބު ރައީސް އަޒުލުކުރުމާއި ގުޅޭ އެއްވެސް މަޝްވަރާއެއް ކުރިއަށްނުދޭ: މެންބަރު އިކްރާމް

ރައީސާއި ނައިބު ރައީސް އަޒުލުކުރުމާއި ގުޅޭ އެއްވެސް މަޝްވަރާއެއް ކުރިއަށްނުދޭ: މެންބަރު އިކްރާމް

21 ޑިސެމްބަރު 2023

އަހަރުތަކުން މިއަދު

20 ފެބުރުއަރީ
ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟
20242 އަހަރު ކުރިން
ރިޕޯޓު

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ
20215 އަހަރު ކުރިން
ރިޕޯޓު

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
20197 އަހަރު ކުރިން
ރާއްޖެ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު