Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގެދޮރުވެރިޔާ އަދި ބިންވެރިޔާ

ގާނޫނީ ސަރުކާރަކުން ކުރާ މަސައްކަތްތަކަށް، އަލަށް އަންނަ ސަރުކާރުތަކުން އިހުތިރާމުކުރަންވާނެ: މެންބަރު އިކުރާމު

އިކްރާމް ވިދާޅުވީ، ކޮންމެ ސަރުކާރެއްވެސް އުފެދިގެން އަންނަނީ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކަމަށް

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 27 ނޮވެމްބަރު 2023 | ހޯމަ 17:44
ދިއްގަރު ދާއިރާގެ މެންބަރު، އިކްރާމް ހަސަން

ދިއްގަރު ދާއިރާގެ މެންބަރު، އިކްރާމް ހަސަން

ކުރީގެ ސަރުކާރުތަކަކީ ވެސް ގާނޫނީގޮތުން ހޮވިފައިވާ ސަރުކާރުތަކެއް ކަމަށާއި، އެ ސަރުކާރުތަކުން ކުރާ މަސައްކަތްތަކަށް، އަލަށް އިންތިޚާބުވާ ސަރުކާރުތަކުން އިހުތިރާމުކުރަންވާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި، ނިމިދިޔަ ސަރުކާރުން ހިންގި ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމުގެ ވާހަކަ ދައްކަވަމުން އިކްރާމް ވިދާޅުވީ، ހޯމަ ދުވަހު މަޖިލީހުގެ ކޮމިޓީގައި ބިމާބެހޭ ވަޒީރު ޑރ. އަލީ ހައިދަރު ދެއްކެވި ވާހަކަފުޅުތަކުން، ބިންވެރިޔާ ސްކީމުގެ ދަށުން ލިބެންޖެހޭ ގޯއްޗާއި އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ލިބެންޖެހޭ ފްލެޓުތައް، އެތަންތަނަށް ކުރިމަތިލީ މީހުންނަށް ލިބުނު ތަނުން، ލިބޭނެކަމުގެ ޔަގީންކަން ލިބިއްޖެ ކަމަށެވެ.

އެގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެ މަސައްކަތްތައް މަޑުޖައްސާލަން އެންގީ، އެ މަޝްރޫއުތަކާ ގުޅޭގޮތުން އާންމުންގެ ޝަކުވާތަކެއް ހުށަހެޅުމުގެ ސަބަބުންކަން ފާހަގަކުރައްވަމުން އިކްރާމް ވިދާޅުވީ، ކުރީ ސަރުކާރުގެ ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވި އަސްލަމް އެފަދައިން އަމަލުކުރެއްވި ކަމުގެ ލިޔުންވެސް އެބަހުރި ކަމަށެވެ.

އިކްރާމް ވިދާޅުވީ އެ މައްސަލަ ބެލުމަށްފަހު ކުރިއަށްގެންދިޔުމަށް އޭސީސީން އެދުމުން، ބައެއް ފަރާތްތަކަށް ފްލެޓް ލިބުނުކަމުގެ ލިޔުންވެސް ދޫކޮށްފައި އެބަހުރި ކަމަށެވެ.

އެހެންނަމަވެސް މި ސަރުކާރު އިންތިޚާބުވިފަހުން އޭސީސީން އަނެއްކާވެސް ފްލެޓްތައް ހުއްޓުވާލި ހުއްޓުވާލުމަށް އިޝާރާތް ކުރައްވަމުން އިކްރާމް ވިދާޅުވީ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރަކީވެސް ގާނޫނީގޮތުން ހޮވިފައިވާ ސަރުކާރެއް ކަމަށާއި، އެ ސަރުކާރުން ކުރިއަށްގެންދިޔަ މަޝްރޫއުތަކަށް އައު ސަރުކާރުން އިހުތިރާމު ކުރަންވާނެ ކަމަށެވެ.

އިކްރާމް ވިދާޅުވީ ކޮންމެ ސަރުކާރެއް ވެސް އުފެދިގެން އަންނަނީ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކަމަށެވެ. އެހެންކަމުން އަލަށް އަންނަ ސަރުކާރަކުން، ކުރީ ސަރުކާރުން ކުރި ހުރިހާ މަސައްކަތެއް އަލުން ފެށުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ.

އިކްރާމް ވިދާޅުވީ އެހެންކަމުން ކުރީގެ ސަރުކާރުން ގެދޮރުވެރިޔާ އަދި ބިންވެރިޔާ މަޝްރޫއުގައި އާންމުންނަށް ދީފައިހުރި ލިޔުންތައް ބަދަލުކޮށް ހެދުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށެވެ.

އިކްރާމް ހަސަންރައްޔިތުންގެ މަޖިލިސްފަލަ ސުރުޚީ

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2025

އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ

12 ނޮވެމްބަރު 2025
އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ
09 އޮކްޓޯބަރު 2025

ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް

09 އޮކްޓޯބަރު 2025
ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް
24 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު އަމުރު ކުރެއްވި ނަމަވެސް ގާނޫނު އަސާސީއާ ހިލާފު ގާނޫނަކަށް ތަބާވާކަށް ނުޖެހޭނެ: އިބްރާހިމް ރަޝީދު

24 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު އަމުރު ކުރެއްވި ނަމަވެސް ގާނޫނު އަސާސީއާ ހިލާފު ގާނޫނަކަށް ތަބާވާކަށް ނުޖެހޭނެ: އިބްރާހިމް ރަޝީދު
11 ސެޕްޓެމްބަރު 2025

މި ސަރުކާރުގައި ނުހައްގުން މުއްސަނދިކަން ހޯދުމުގެ ސަގާފަތެއް ވަނީ ގާއިމްކޮށްފައި: މެމްބަރު މީކާއީލް

11 ސެޕްޓެމްބަރު 2025
މި ސަރުކާރުގައި ނުހައްގުން މުއްސަނދިކަން ހޯދުމުގެ ސަގާފަތެއް ވަނީ ގާއިމްކޮށްފައި: މެމްބަރު މީކާއީލް
07 ސެޕްޓެމްބަރު 2025

ރާއްޖޭގައި އޮތީ ރައްޔިތުންގެ ބާރުވެރިކަމެއް ނޫން، ރައީސްގެ ބާރުވެރިކަން: ވަހީދު

07 ސެޕްޓެމްބަރު 2025
ރާއްޖޭގައި އޮތީ ރައްޔިތުންގެ ބާރުވެރިކަމެއް ނޫން، ރައީސްގެ ބާރުވެރިކަން: ވަހީދު
03 ސެޕްޓެމްބަރު 2025

ސިސްޓަމެޓިކް ގޮތެއްގައި ރައްޔިތުން ބިކަ ކުރުމަށް ދަނީ މަސައްކަތް ކުރަމުން، މުޅި ރާއްޖޭގައި އޮތީ ޝަކުވާ: ޝިފާޒު

03 ސެޕްޓެމްބަރު 2025
ސިސްޓަމެޓިކް ގޮތެއްގައި ރައްޔިތުން ބިކަ ކުރުމަށް ދަނީ މަސައްކަތް ކުރަމުން، މުޅި ރާއްޖޭގައި އޮތީ ޝަކުވާ: ޝިފާޒު
21 އޯގަސްޓު 2025

ރާއްޖެ ބާރު ސްޕީޑްގައި މީގެ 30 އަހަރު ފަހަތަށް ދާ މަންޒަރު ފެނޭ، ގައުމު ސަލާމަތް ކުރުމަށް މަޖިލީހުގައި ތިއްބެވި ބޭފުޅުން ވެސް މައިބަދާގައި ވަރުކޮޅެއް ޖައްސަންޖެހޭ: އިމްރާން

21 އޯގަސްޓު 2025
ރާއްޖެ ބާރު ސްޕީޑްގައި މީގެ 30 އަހަރު ފަހަތަށް ދާ މަންޒަރު ފެނޭ، ގައުމު ސަލާމަތް ކުރުމަށް މަޖިލީހުގައި ތިއްބެވި ބޭފުޅުން ވެސް މައިބަދާގައި ވަރުކޮޅެއް ޖައްސަންޖެހޭ: އިމްރާން
07 ޖޫން 2025

ގައުމު ބިނާކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތް، އޮތީ ހަމަ އެކަނި އިންތިޚާބުތައް ވިން ކުރުުގެ ފޯމިއުލާ ހޯދުން: ޝަމްހީދު

07 ޖޫން 2025
ގައުމު ބިނާކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތް، އޮތީ ހަމަ އެކަނި އިންތިޚާބުތައް ވިން ކުރުުގެ ފޯމިއުލާ ހޯދުން: ޝަމްހީދު
16 މެއި 2025

ރާއްޖޭގެ ބޭސްފަރުވާގެ ކަންކަން މީގެ ކުރިން ނުދާ މިންވަރަށް ދަށަށް ގޮސްފި: އަޙުމަދު އަބްދުﷲ

16 މެއި 2025
ރާއްޖޭގެ ބޭސްފަރުވާގެ ކަންކަން މީގެ ކުރިން ނުދާ މިންވަރަށް ދަށަށް ގޮސްފި: އަޙުމަދު އަބްދުﷲ
02 މެއި 2025

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަކީ ''ދަތް ނެތް ސިންގާ'' އެއް: ތަޒްމީލް

02 މެއި 2025
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަކީ ''ދަތް ނެތް ސިންގާ'' އެއް: ތަޒްމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު