Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގުޅިފައިވާ ސިޔާސީ ޕާޓީތައް

މަސީހު ބޭރުކުރުމަށް މެންބަރުން ކުރާ މަސައްކަތައް ޢާއްމު ރައްޔިތުން ހިތްވަރުދޭން ޖެހޭ:ނިޔާޒް

14 ޖުލައި 2017 | ހުކުރު 21:37

ރާއްޖޭގެ ތާރީޚްގައި 24 ޖުލައި އަކީ ވަރަށް ތާރީޚީ ދުވަހެއް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 14 ޖުލައި 2017 | ހުކުރު 21:37
ޢަލީ ނިޔާޒް: މެނަބަރުންނަށް ޝުކުރު އަދާކުރެއވި

ޢަލީ ނިޔާޒް: މެނަބަރުންނަށް ޝުކުރު އަދާކުރެއވި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް ނިންމާ އެމަޤާމުން ބޭރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރަމުންދާ މަސައްކަތައް ރައްޔިތުން އެއްބާރުލުންދީ ހިތްވަރުދޭން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ޢަލީ ނިޔާޒް މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ބ. އަތޮޅު ތުޅާދޫގައި ހުކުރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ތުޅާދޫ މަޝްހޫރު "450 ސަރަހައްދު"ގައި ބޭއްވި ޖަލްސާގައި ނިޔާޒް ވިދާޅުވީ ރާއްޖޭގެ ތާރީޚްގައި 24 ޖުލައި އަކީ ވަރަށް ތާރީޚީ ދުވަހެއް މަށާއި މުހިއްމު ދުވަހެއްކަމަށެވެ. އެދުވަހަކީ ޤާނޫން އަސާސީ ތަސްދީޤް ނުވެގެން ރައްޔިތުން ނުކުތް ދުވަސް ކަމަށެވެ.

ނިޔާޒް ވިދާޅުވީ އޭގެ ފަހުން މިމަހުގެ 24 ވަނަ ދުވަހަކީ އަނެއްކާވެސް ތާރީޚީ ދުވަހެއް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ބޭރުކޮށްލާ ދުވަސް ކަމަށެވެ.

އެކަމަށް މެންބަރުން ކުރައްވާ މަސައްކަތައް ހިތްވަރު ދެއްވުމުގެ ގޮތުން ނިޔާޒް ވިދާޅުވީ އެދުވަހަށް ޢާއްމު ރައްޔިތުން ތައްޔާރުވާން ޖެހޭ ކަމަށާއި މަޖިލީހުގައި މެންބަރުން ކުރާ ހިތްވަރަށް ތާއީދު ދޭން ޖެހޭ ކަމަށެވެ. މުޅި ރާއްޖެ އެކަމުގައި ތައްޔާރުވުމަށް ނިޔާޒް ގޮވާލެއްވިއެވެ.

ބައެއް މީހުންގެ އެދުވަސް އަތުވެދާނެތޯ ސުވާލު އުފައްދާކަން ފާހަގަ ކުރައްވަމުން ނިޔާޒް ވިދާޅުވީ ރައީސް ޔާމީން އާ 13 އާ ގުޅުން އެބަހުރި ކަމަށާއި އެދުވަހުވެސް އެކަން ފެނިގެން ދާނެ ކަމަށެވެ.

"ބައެއް މީހުން ބުނޭ އިދިކޮޅު ފަރާތްތަކަށް ކާމިޔާބެއް ލިބިއްޖެހޭ. އަޅުގަނޑުމެން މަސައްކަތް ކުރަނީ އެންމެ ބާރުގަދަ ތިންފަރާތާއެކު. އަޅުގަނޑުމެންނަށް އުފާ ލިބެނީ ރައްޔިތުންގެ ފަޅީގައި ތިބިކަން. އަޅުގަނޑުމެންނަށް މިފެނުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް . ޖުޑިޝަރީން ބައެއް މީހުން ތާއީދު ނެތި ތިން ފަނޑިޔާރަކު ލައްވާ ކަމެން ނިންމިތަން. ރައްޔިތުން އެދުނު އެދުމަށް މަޖިލީހުގެ 45 މެންބަރުން ތެދުވީތީ ޝުކުރު އަދާކުރަން. ވަކިން ޚާއްޞަކޮށް ދާދި މިދާކަށް ދުވަހާ ހަމައަށް ކޮންމެވެސް ސަބަބަކާހުރެ ރައްޔިތުންގެ ވިސްނުމާ ދެކޮޅަށް މަސައްކަތް ކުރެއްވިނަމަވެސް ވިސްނި ވަޑައިގެން ނުކުންނެވީތީ" ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވީ ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު ވަޑައިގަތުމަށް ގޮވާލައްވަން ކަމަށާއި އަދިވެސް މަރުހަބާ ކިޔާނަން ކަމަށެވެ.

" މިމަހުގެ 24 ވަނަ ދުވަހު އެކަން ދައްކާލުމަށް ގޮވާލަން. ރައްޔިތުންގެ ފަޅި ޚިޔާރުކޮށް އަވަހަށް ވަޑައިގަތުމަށް ނާޒިމް ރަޝާދަށް ގޮވާލަން. އަޅުގަނޑުމެން މިތިބީ އަދިވެސް ނާޒިމް ރަޝާދާ އެކު. އިރާދަ ކުރެއްވިއްޔާ ރައްޔިތުން އެދޭ ބަދަލު 24 ވަނަ ދުވަހު މަޖިލިސް ތެރެއިން ފެނިގެންދާނެ. އަޅުގަނޑުމެން ނުކުންނާނީ ކާމިޔާބު ކޮށްގެން" ނިޔާޒް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

ދުޝްމަނުން އީރާނުގެ ބިމުގައި ފައިޖައްސާލައިފި ނަމަ ފައިބުރިކޮށްލާނަން: ކޮމާންޑަރު

އިތުރަށް ކިޔާލަން

04 މާރިޗު 2017

ސަތޭކަ މެންބަރުން ވައްދައި ފޮނަދޫ ރައްޔިތުން މެމްބަރު އަދުރޭއަށް ރައްދު ދީފި

04 މާރިޗު 2017
ސަތޭކަ މެންބަރުން ވައްދައި ފޮނަދޫ ރައްޔިތުން މެމްބަރު އަދުރޭއަށް ރައްދު ދީފި
22 ފެބުރުއަރީ 2017

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލްކޮށްލާނަން: ނިހާން

22 ފެބުރުއަރީ 2017
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލްކޮށްލާނަން: ނިހާން
22 ފެބުރުއަރީ 2017

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ
14 ފެބުރުއަރީ 2017

ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

14 ފެބުރުއަރީ 2017
ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި
12 ފެބުރުއަރީ 2017

މަޖީދިއްޔާ ސްކޫލުގެ ސްޓޫޑަންޑް ކައުންސިލް މެންބަރުން ހުވާކޮށްފި

12 ފެބުރުއަރީ 2017
މަޖީދިއްޔާ ސްކޫލުގެ ސްޓޫޑަންޑް ކައުންސިލް މެންބަރުން ހުވާކޮށްފި
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް