Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވޭވަށުގެ ތަރައްގީ

ތަރައްގީއަށް ކުރާ ދަތުރުގައި ވޭވަށް ހިމެނިގެންދާނެ - ރައީސް

ކައުންސިލް އިންތިހާބުގައި ފެނިގެންދިޔައީ ވޭވަށް ސަރުކާރާއެކު ތިބިކަން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 16 ޖުލައި 2023 | އާދީއްތަ 05:38
ރައީސް ޞާލިހު ވޭވަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުުޅުދައްކަވަނީ

ރައީސް ޞާލިހު ވޭވަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުުޅުދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން ތަރައްގީއަށް ކުރާ ދަތުރުގައި މ. ވޭވަށް ހިމެނިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

މ. އަތޮޅަށް ކުރައްވަމުން ގެންދަވާ "އުފާވެރި އަމާންރާއްޖެ" ކެމްޕޭން ދަތުރުގައި އާދީއްތަ ދުވަހުގެ ހެނދުނު މ. ވޭވަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ ތަރައްގީގެ މަސައްކަތް ކުރުމުގައި ކުދި އާބާދީ ހިމެނޭ ރަށްތައް މީގެ ކުރިން އެއްފަރާތްކޮށްފައިވާ ކަމަށެވެ. ނަމަވެސް ޖަޒީރާ ރާއްޖެ މެނިފެސްޓޯގައި އެކުލަވާލި، ވޭވަވަށަށް ބޭނުންވާ ކަންކަން ހިމަނައި، އެ ކަންކަން ވޭވަށުން މިހާރު ފެންނަމުންދާ ކަމަށެވެ. ރައީސް ވިދާޅުވީ މެނިފެސްޓޯ އެކުލަވާލި އިރު، އެއިރު މ އަތޮޅުގެ ވިސްނުން އެނގިވަޑައިގަންނަނާ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް މި 5 އަހަރު ތެރޭގައި ކުރެވުނު މަސައްކަތާއެކު، މ އަތޮޅުގެ ބޮޑު އަގުލަބިއްޔަތެއް ކޯލިޝަނަށް ލިބިގެންދާނެކަމަށް ގަބޫލުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ވޭވަށަކީ ރަށުގައި ރައްޔިތުން ތިބެ މަސައްކަތް ކުރާ އާބާދީއެއް އޮތް ރަށެއް ކަމަށެވެ. ރަށްރަށުން ބާނާ މަސް ބޯޓުތަކަށް ނުކިރޭނަމަ، ވިއްކަން އަންނަނީ ވޭވަށަށް ކަމަށާއި، މަސް ކައްކާ ރިހާކުރު ހަދާ ވިއްކާ އާމްދަނީ ހޯދަމުންދާ ރަށެއް ކަމަށެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވީ ހަމައެކަނި ވައުދަކީ ބަނދަރު ހެދުން ކަމަށެވެ. އެކަން ނިމިއްޖެ ކަމަށާއި، އޭގެ އިތުރުންވެސް ބައެއް ކަންތައްތައް ފާހަގަކުރެވުނު ކަމަށެވެ. އޭގެ ތެރޭގައި އިންޖީނުގެ، ސްކޫލް އިމާރާތް ކައުންސިލް އިދާރާގެ އިމާރާތް އަދިވެސް ކޯޓުގެ އިމާރާތް އައުކުރަން ޖެހިފައިވާކަން ފާހަގަކުރެވުނު ކަމަށެވެ. އެހެންކަމުން މި ހުރިހާ ކަމެއް ލިސްޓްކޮށް ފަށައިގެން އޭގެ ތެރެއިން ގިނަ ކަމެއް ވަނީ ނިމިފައި ކަމަށް ރައީސް ވިދާާޅުވިއެވެ.

ރައީސް ވިދާޅުވީ ވޭވަށުގައި ބަނދަރު، އައުޓްޑޯ ޖިމް ނިމިފައިވާ ކަމަށާއި، އިންޖީނުގެ، ފެނާ ނަރުދަމާ، މެޖިސްޓްރޭޓް ކޯޓް ކައުންސިލް އިދާރާގެ މަސައްކަތް ދަނީ ހިނގަމުން ކަމަށެވެ. ރަށުގެ ޒުވާނުން ބޭނުންވާ ކަންކަން އެބަހުރި ކަމަށާއި، ރަށުގައި ފުޓްބޯޅަ ދަނޑު ތަރައްގީކުރުމަކީ ޒުވާނުންގެ ރިކުއެސްޓެއް ކަމަށް އަދި އެކަން ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ކަންކޮޅުތަކުގައި ޒަމާނީ ފުޓްބޯޅަ ދަނޑު ތަރައްގީކުރަމުން ދާއިރު، 141 ފުޓްބޯޓް ދަނޑު ޓާފް އަޅައި ނިމިއްޖެ ކަމަށެވެ. އަދިވެސް އެ އަދަދަަށް ފުޓްބޯޅަ ދަނޑު އެޅެމުންދާ އިރު، މިހާތަނަށް 70 ފުޓްސަލް ދަނޑު، 17 ވޮލީކޯޓް، 54 އައުޓްޑޯ ޖިމް މިހެން ގޮސް ކުޑަރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި ރައްޔިތުންނަށް އަސާސީ ހިދުމަތް ފޯރުކޮށްމުން ގެންދާ ކަމަށެވެ.

އަދި ރިޔާސީ އިންތިހާބަށްފަހު ލިބޭ 5 އަހަރު ތެރޭގައި ކުރާނެ ކަންކަމަށް ބަލާއިރު، މިހާތަނަށް ފާހަގަަކުރެވުނު އެއްކަމަކީ ރަށްގިރާ ސަރަހައްދުގެ މައްސަލަ ހައްލުކުރެއްވުން ކަމަށާއި، މެނިފެސްޓޯގައި އެކަން ހިމަނުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބަނދަރު ހަދާ ނިމުނު އިރުގައި ކުޑަ ކަމެއް ކުރަން އެބަޖެހޭ ކަމަށާއި، އެއީ ތިލަ ބައެއް ސަރަހައްދު ހުރުމުން، އެކަން ހައްލުކޮށްދެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ. ނިމިގެންދިޔަ ކައުންސިލް އިންތިހާބުގައި މުޅި ކައުންސިލް އެކީގައި އޮތީ އެމްޑީޕީއަށް ކަމަށާއި، މިއީ ތަރައްގީއާއެކު ކުރިއަށްދިއުމަށް ތިބިކަމުގެ އަލިގަދަ ނިޝާނެއް ކަމަށާއި، ތަރައްގީއަށް ކުރާ ދަތުރުގައި ވޭވަށް ހިމެނިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު