Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިޔާސީ މަޝްރަހު

ސިޔާސީ ވިސްނުމުގެ ސަބަބުން މީހާގެ ނަފްސާއި މުދަލަށް ގެއްލުން ނުވާނެ ކަމުގެ ޔަޤީންކަން މިއަދު އެބައޮތް- ހިސާން

ހިސާން ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 15 ޖުލައި 2023 | ހޮނިހިރު 19:04
އުފާވެރި އަމާން ރާއްޖެ ޖަލްސާގެ ތެރެއިން

އުފާވެރި އަމާން ރާއްޖެ ޖަލްސާގެ ތެރެއިން

ސިޔާސީ ވިސްނުމުގެ ސަބަބުން މީހާގެ ނަފްސާއި މުދަލަށް ގެއްލުން ނުވާނެ ކަމުގެ ޔަޤީންކަން މިއަދު އެބައޮތް ކަމަށާއި އެކަމުގެ ސަބަބުން ސަރުކާރުން ދައްޗެއް ކުރިމަތި ނުވާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅަދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.

ހިސާން މިފަދައިން ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ މ.މުލަކުގައި ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ހިސާން ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާފައެވެ. ހިސާން ވިދާޅުވީ މިއަދު ވިސްނަންވީ މީގެ 5 އަހަރު ކުރިން ތިބި ފިޔަވަޅާއި މެދު ކަމަށެވެ. އޭރު އޭނާ ހުންނެވީ ހައްޔަރީންގެ މައުލޫމާތު ނުލިބިގެން ޝަހީދު ހުސެއިން އާދަމް ބިލްޑިންގައި ކަމަށާއި، އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުން އޭރު ތިބީ ޕެޕާ ސްޕްރޭގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވިއެވެ. މުޅި ގައުމު އޭރު އޮތީ ހަލަބޮލިކަމެއްގައި ކަމަށާއި، އޭރު ހަމަޖެހިގެން އެންމެ ދުވަހެއްވެސް ހޭދަ ނުކުރާ ކަމަށް ހިސާން ވިދާޅުވިއެވެ. އޭރު ދިރިއުޅުނީ ނޫން ކަމަށާއި އޭރު "ދިރި ތެޅުނީ" ކަމަށް ވިދާޅުވިއެވެ.

ނަމަވެސް މިއަދުގެ ހަގީގަތަކީ ކުރީގެ ވެރިކަމުގެ 5 އަހަރު ފަހުން، އަލުން ސިޔާސީ ގޮތުން އެމީހަކު ބޭނުން ސިޔާސީ ޕާޓީއެއްގައި، އެ މީހެއްގެ ވިސްނުމާއި އެކު މިނިވަންކަންމަތީގައި މަސައްކަތް ކުރެވުން ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް ވެވަޑައިގެންނެވި ވައުދަކީ އެ މިނިވަންކަން އަނބުރާ ހޯދައިދިނުމުގެ ވައުދުކަމަށާއި އެ ވައުދު ފުއްދަވާދެއްވާފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ. އޭރުގެ ހަލަބޮލިކަމާއި ބިރުވެރިކަން އެއީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތްކަމަށް ބަލައިގަންނާނީ ކިހިނެތްތޯ ހިސާން ސުވާލު އުފެއްދެވިއެވެ. އެ ދަތި އުނދަނގުލަށް އަލުން ދާން ބަޔަކު ވަކާލާތުކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ވެސް ހިސާން ވިދާޅުވިއެވެ.

ހިސާން އިތުރަށް ވިދާޅުވީ ސަނާ ކިޔުމާއި ތައުރީފް ކުރުމަކީ އާއްމުކޮށް ކޮށް އުޅުއްވާ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމުގައި ރައީސް ޞާލިހު ދެއްކެވި ނަމޫނާ އަކީ ތައުރީފް ހައްގު ކަމެއް ކަމަށް ހިސާން ވިދާޅުވިއެވެ. އެކަމަށް ޝުކުރު އަދާކުރުމަށް ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުގައި ރައީސް އަށް ވޯޓުދޭން ޖެހޭ ކަމަށް ވެސް ހިސާން ވިދާޅުވިއެވެ.

ހިސާން ވަނީ ރައީސް އަކީ އިންގިލާބީ ތަރައްޤީ އެއް ގެނެސްދެއްވި ބޭފުޅެއް ކަމަށް ވެސް ވިދާޅުވެފައެވެ. އަދި އަތޮޅުތެރެއަށް ހައްގު ތަރައްޤީ ހޯއްދަވާދެއްވާ ހަމައެކަނި ރައީސަކީ ވެސް އެމަނިކުފާނު ކަމަށް ހިސާން ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު