Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސްގެ މ ދަތުރުފުޅު

މިފްކޯއަށް ގެންނަ 3 ބޯޓުގެ ތެރެއިން 1 ބޯޓު އޮންނާނީ މުލަކު ކައިރީގައި - ރައީސް

ފްރީޒިންގ ކެޕޭސިޓީއާއި ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 15 ޖުލައި 2023 | ހޮނިހިރު 17:13
އުފާވެރި އަމާންރާއްޖެ ކެމްޕޭން ޖަލްސާގައި ރައީސް ސާލިހް ވާހަކަފުޅުދައްކަވަނީ

އުފާވެރި އަމާންރާއްޖެ ކެމްޕޭން ޖަލްސާގައި ރައީސް ސާލިހް ވާހަކަފުޅުދައްކަވަނީ

މުލަކު މަސްވެރިން އެދިވަޑައިގަންނަވާފައިވާފަދައިން، މިފްކޯއަށް ގެންނަ 3 ބޯޓުގެ ތެރެއިން 1 ބޯޓު ބާއްވާނީ މުލަކު ކައިރީގައި ކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

މ. މުލަކުގައި ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސާލިހް ވިދާޅުވީ، ރާއްޖޭގެ ތަރައްގީއަށްޓަކައި ގިނަ މަޝްރޫއުތަކެއް ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް ގެންދަވާ ކަމަށެވެ. އެ މަޝްރޫއުތައްވެސް މުލަކުގައި ކުރިއަށް ގެންދަވާ ކަމަށާއި، ބައެއް މަސައްކަތް ރައްޔިތުން އެދޭ ބާރު ސްޕީޑުގައި ނުދާކަން ފާހަގަކުރެއްވޭ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ މުލަކުގައި ހުއްޓިފައި ހުރި ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާ ނުވަތަ މަޑުޖެހިފައިވާ މައްސަލަ ހައްލުކުރުމަށް ފިޔަވަޅު އަޅުއްވަމުން ގެންދަވާ ކަމަށެވެ. އޭގެ ތެރޭގައި މަގުތައް ހެދުމާއި، ބަނދަރު ބޮޑުކުރުމާއި އެހެނިހެން ވައުދުތަކުގެ ތެރެއިން މަޑުޖެހިފައިވާ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ގޮތްތައް ހޯއްދަވަމުން ގެންދަވާ ކަމަށެވެ.

މުލަކު މަސްވެރިން ވަނީ އެރަށުގައި ހަދަމުންދާ މިފްކޯގެ މަސް ކަލެކްޓިންގ ސެންޓަރު ނިމުމުގެ ކުރިން އެރަށާ ކައިރިން މަސްކިރޭނެ އިންތިޒާމްތައް ހަމަޖައްސަވައިދެއްވުމަށް ރައީސްގެ އަރިހުގައި އެދިވަޑައިގަންނަވާފައެވެ. އެކަމަށް އަލިއަޅުއްވާލައްވައި ރައީސް ވަނީ އެކަން އެގޮތަށް ކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.

ރައީސް ވަނީ މުލަކަށް ކޮށްދެއްވާނެ ކަންތައްތަކާއި، ރައްޔިތުން އެދިފައިވާ ކަންކަން ކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން އެންމެ އަވަހަށް އޭޓީއެމް ބަހައްޓާ ރަށްރަށުގެ ތެރޭގައި މުލައް ހިމެނޭކަމަށާއި، އެގޮތުން މިއަހަރު ތެރޭގައި އެރަށުގައި އޭޓީއެމް ބެހެއްޓޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މުލަކުގައި މިހާރު ހަދަމުންދާ މަގުތަކުގެ މައްސަލަތައް ހައްލުކޮށް، މަސައްކަތް ފެށިގެންދާއިރު، މުލަކުގައި ނުހަދާ ހުރީ މަގުތައްވެސް ހިމަނައިގެން އެކަން ކުރައްވާނެ ކަމަށެވެ. އަދި މުލަކާއި، މުލީގެ ބޯހިޔާވަހިކަމުގެ ތަސައްވުރެއް އެބައޮތް ކަމަށާއި، ބޯހިޔާވަހިކަމަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި

ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި

15 ފެބުރުއަރީ 2017
ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!

12 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު