Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސްގެ މ ދަތުރުފުޅު

ވޯޓަށް ބަލާއިރު، ސިޔާސީ މީހުން ދެކޭގޮތުގައި ނާލާފުށީ މީހުން މުހިންމެއް ނޫން، ނަމަވެސް އަޅުގަނޑުގެ ވިސްނުން ތަފާތު: ރައީސް

15 ޖުލައި 2023 | ހޮނިހިރު 11:43

ވޭތުވެދިޔަ ތަނުގައި ކުދި ރަށްތަކަށް ތަރައްގީ ނައިސް އޮތީ، އޭރު ހުންނަވާ ވެރިޔަކު ސިޔާސީ ވިސްނުންފުޅު އިސްކުރައްވާތީ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 15 ޖުލައި 2023 | ހޮނިހިރު 11:43
މ. ނާލާފުށީގައި ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ވާހަކަފުޅުދައްކަވަނީ

މ. ނާލާފުށީގައި ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ވާހަކަފުޅުދައްކަވަނީ

ވޯޓަށް ބަލާއިރު, ސިޔާސީ މީހުން ދެކޭގޮތުގައި ނާލާފުށީގެ މީހުން މުހިންމު ނޫންކަމަށާއި، ނަމަވެސް އެމަނިކުފާނުގެ ވިސްނުންފުޅު ތަފާތު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު މ. ނާލާފުށީގައި ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ވިދާޅުވީ، ވޭތުވެދިޔަ ތަނުގައި ކުދި ރަށްތަކަށް ތަރައްގީ ނައިސް އޮތީ އޭރު ހުންނަވާ ވެރިޔަކު ސިޔާސީ ވިސްނުންފުޅު އިސްކުރައްވާތީ ކަމަށެވެ. އަބަދުވެސް އެ ވެރިޔަކަށް ފެނިވަޑައިގަންނަވާނީ ފަސް އަހަރުގެ ތެރޭގައި ބާއްވާ އިންތިޚާބު ކަމަށާއި، އެހެންވުމުން އަމާޒު ހިއްޕަވަނީ ވޯޓް ލިބޭ އާބާދީ ބޮޑެތި ރަށްތަކަށް އެކަނި ކަމަށެވެ.

Advertisement - newsAdvertisement

ނާލާފުށީގައި ދިރިއުޅޭ 384 މީހުންނަކީ، ވޯޓަށް ބަލާއިރު ސިޔާސީ މީހުންނަށް މާ މުހިންމު ބައެއް ނޫން ކަމަށާއި، އަދި އާބާދީ ބޮޑެތި ރަށްތަކަށް އަމާޒުކޮށްގެން މަޝްރޫއު ހިންގާތީ އާބާދީ ކުޑަރަށްތަކަށް ތަރައްގީ ނައިސް ވާކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް ސަރުކާރުގެ ވިސްނުމަކީ އެއީ ނޫންކަމަށާއި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް އެއްވެސް ރަށެއް ތަފާތުކުރުމެއް ނެތި ފޯރުކޮށްދެނީ ރައްޔިތުންގެ ދިރިއުޅުން ތަރައްގީކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ނާލާފުއްޓަކީ އާބާދީ ކުޑަރަށެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެމަނިކުފާނާއި ކޯލިޝަން ޕާޓުނަރުންވެސް ގަބޫލުކުރައްވާ ގޮތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭންޖެހޭނީ ވަކިރަށެއް ތަފާތުކުރުމެއް ނެތި ކަމަށެވެ. އެ ރައްޔިތަކު ހުރިތަނެއްގައި އެ ރައްޔިތަކަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭންޖެހޭނެ ކަމަށާއި، އަމާޒަކީ އަދި މަސައްކަތް ކުރައްވަމުންދަނީ އެ މަގަށް ކަމަށް ވިދާޅުވިއެވެ. އެގޮތުން ނާލާފުއްޓާ މިފަދައިން ހުރި ކުދި އެތައް ރަށެއްގައި މަޝްރޫއުތައް ހިނގަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.  

ނާލާފުށީގައިވެސް ފެނާއި ނަރުދަމާ ނިޒާމަކީ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައި އޮތް ކަމެއް ކަމަށާއި، ރަށުގެ ފެނާއި ނަރުދަމާ ނިޒާމް ތަރައްގީކުރުމަށް ބަޔަކާ ހަވާލުކުރެވުނުކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ބައެއް ކުންފުނިތަކުން މަސައްކަތް ކުރުމުގައި ފަސްޖެހޭ ކަމަށާއި، ރަށުގެ މި މަޝްރޫއުވެސް ދާންވީ ސްޕީޑުގައި ނުގޮސް ވަނީ މަޑުޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެކަމަށް ހައްލެއް ހޯއްދަވައިދެއްވާނީ އެމަނިކުފާނު ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގައި މިހާރު ފަށާފައި އޮތް 141 ރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭގައި ނިންމައި ޚިދުމަތް ފޯރުކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރަށުގެ ކަރަންޓުގެ ޚިދުމަތް މުޅިން އައު އިންޖީނުގެއަކާއި އޮފީހެއް ގާއިމްކުރެވި ހުޅުވިގެންދާނެ ކަމަށާއި، މިއީ ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް ގެންދެވޭ މަޝްރޫއުތަކުގެ ތެރެއިން އެއް މަޝްރޫއު ކަމަށެވެ.

150ށް ރަށެއްގައި އިންޖީނު ބަދަލުކުރެވި، ކަރަންޓުގެ ވިއުގަ ބަދަލުކުރުމުގެ ބައެއް މަޝްރޫއުތައް މިހާރު ނިމިފައިވާކަމަށާއި، މި މަޝްރުއޫތަކަކީ ކުރިއަތް އޮތް 50 އަހަރަށް ހިންގާ މަޝްރޫއުތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ނާލާފުށީގައި ބޮޑު ބަނދަރެއް ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ މެނިފެސްޓޯގައި ހިމަނާފައިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ބަނދަރުގެ މަސައްކަތްވެސް އަވަހަށް ފެށިގެންދާނެ ކަމަށެވެ. ކުރިއަށް އޮތް އަހަރު ނިމޭއިރު، ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

14 ފެބުރުއަރީ 2017
 ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި
09 ފެބުރުއަރީ 2017

ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް

09 ފެބުރުއަރީ 2017
ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް
30 ޖެނުއަރީ 2017

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް