Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރޫޅާލާނަން

ރޫޅާލާނަން! ރޫޅާލާނަން! ރޫޅާލާނަން! ރޫޅާލާނަން!

އެއްވެސް މީހަކަށް ތިމާ ކުރިއަރާ ދަނީ އަނެކާ ފުނޑާލައިގެންކަމަށް ޤަބޫލުކުރެވޭނަމަ އެއީ މައްސަލައެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 14 ޖުލައި 2023 | ހުކުރު 13:07
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު

މިއަދު ރައްޓެސަކު ގުޅާފައި ބުންޏެވެ. އޭނަ ކައިވެނި ކުރި ކަމަށެވެ. ކައިވެނިކޮށްދިން ގާޒީއާއި ދެ ފަރާތުގެ އާއިލާއާ ކައިވެނި ކުރި މީހާއާ އެންމެންގެ ކައިވެނީގެ މަޖިލީހުގައި ތިއްބާ، އަނބި ޤަބޫލުކޮށްފީމޭ ބުނިގޮތަށް، ފުއްމައިގެން ތެދުވެ، އޭނަގެ ފިރިމީހާ ގޮވަން ފެށީ އޭނާ ކުރިން އިނދެ ވަރިކުރި މީހާގެ ދިރިއުޅުން ރޫޅާލާނެ ވާހަކައެވެ. ފުނޑާލާނެ ވާހަކައެވެ. މިކަމާ އެންމެން ހައިރާންވިއެވެ. ރައްޓެހި މީހާ ސުވާލުކުރިއެވެ. އައު ކައިވެނީގެ ފުރަތަމަ ރޭ ތިހާ ރުޅި އައިސްގެން ވަރިކުރި މީހާގެ ފަހަތުން ދުއްވައިގަންނަން ތިޔަ ޖެހުނީ ކީއްވެގެން ހެއްޔެވެ؟ ހަމަ ލޯބިވާލެއް ބޮޑީ ހެއްޔެވެ؟ ހަނދާން ނައްތާލަން ދަތީހެއްޔެވެ؟ މި ދިރިއުޅުން ކުރިއަށް ގެންދެވޭނީ ކުރިން އިނދެ ވަރިކުރި މީހާގެ ދިރިއުޅުން ރޫޅާލައިގެން ކަމަށް ވިސްނުނީ ކިހިނެއް ހެއްޔެވެ؟ ތިއީ ކިހާ ހުތުރު ގޮތެއް ހެއްޔެވެ؟

އެވީ ކިހިނެއްތޯ ކައިވެނި ކުރި ރައްޓެހި މީހާ ކައިރީގައި އެހުމުން ކިޔައިދިނެވެ. ފިރިމީހާ ކުރިން އިނދެގެން އުޅުނު މީހާ ކައިރިން ވަރިވި ވާހަކައެވެ. ކައިވެނިކޮށްގެން އުޅޭތާ 18 އަހަރު ފަހުން މައްސަލަ ޖެހި ދެމަފިރިން ވަރިވި ވާހަކައެވެ. ކުރީގެ ބައިވެރިޔާ އެހެން މީހަކާއި އިނދެގެން އުޅުނަސް ހެޔޮ ކަމަށް އޭނާ ވަރިކުރި މީހާ ބުނި ކަމަށް ރައްޓެހި މީހާ ބުންޏެވެ. އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. ފަހަތުން ގޮސް އާދޭސް ވެސް ނުކުރާނެ ކަމަށް އެ އަންހެން މީހާ ބުނި ކަމަށެވެ. ފިރިމީހާއާ ނުލާ ވެސް ދިރިއުޅުން ހަމަޖައްސާނެ ކަމަށެވެ. ދުނިޔެއަށް ލީ، ފުރަތަމަ ނޭވާގައި ވެސް ކުރިން އިނދެގެން އުޅުނު މީހާއަށް ނޭދޭ ކަމަށް އަންހެން މީހާ ބުނި ކަމަށެވެ. ކުރިން އިން މީހާއާ ދިމާވީ މައިންބަފައިންގެ ލޯބި ލިބި، އެއްބަނޑު އެއްބަފާ މީހުންނާއި ތިމާގެ މީހުންނާއެކު ވެސް އުޅެވި ރައްޓެހިންނާއެކު ވެސް އުޅެވި ދުނިޔެ ދަސްވެ، ވަޒީފާ އަދާކޮށްގެން އާމްދަނީ ވެސް ހޯދަނިކޮށް ކަމަށް ރައްޓެހި މީހާ ބުންޏެވެ. އެ މީހަކު ހަޔާތުން ވަކިވިޔަސް ކުރިން އުޅުނު ގޮތަށް އަދިވެސް ދިރިއުޅުން އުޅެވޭނެ ކަމަށް އަންހެން މީހާ ބުނި ކަމަށެވެ. އަދި ފިރިހެން މީހާ ހަޔާތުން ދިޔުމުން ހަޔާތް މާ ރަނގަޅު ވެސް ވެދާނެ ކަމަށާއި ވަރިކުރުމުން، އަންހެންމީހާގެ ހަމަ އެއްވެސް ޝަކުވާއެއް ނެތްކަމަށް ބުނި ކަމަށް އެ ރައްޓެހި މީހާ ކިޔައިދިނެވެ.  

ވަރިވުމަށްފަހު ވެސް، ކުރިން އިން މީހާ ދާ ތަންތަން ފިރިހެންމީހާ ބަލަން ފެށި ކަމަށް ރައްޓެހި މީހާ ބުންޏެވެ. އަދި ވަރިކުރި އަންހެންމީހާ އުޅޭ ނޫޅޭ ގޮތް ވެސް ބަލަން ފެށިއެވެ. އެހެން މީހަކާ ހިތާވިތޯ ނުވަތަ ވާހަކަ ދައްކާތޯ ވެސް ބަލަން ފެށިއެވެ.

ހިތާވުމަކީ ކޯލިޝަން ހެދުން ކަހަލަ ކަމަކަށްވާއިރު ކޯލިޝަން ހެދީ ކާކާއެކުތޯ ވެސް ބަލަން ފެށިއެވެ. އެވަރުން ކަމު ނޮގޮސްގެން، ވަރިކުރި މީހާގެ ދިރިއުޅުން ރޫޅާލާނެ ކަމަށް ފިރިހެން މީހާ ބުނި ކަމަށް އެ ރައްޓެހި މީހާ ބުންޏެވެ. އަދި ދިރިއުޅުން ހަލާކުކޮށްލާނެ ކަމަށް، ބުނި ކަމަށް ވެސް ބުންޏެވެ. މީހަކާއި އިންނަން ވެސް ރައްޓެހިވާން ވެސް ނުކެރޭނެ ކަމަށެވެ. މައްސަލަ އަކީ ކޮބައިތޯ ކުރިން އިން މީހާ އެހި ކަމަށް ވެސް ބުންޏެވެ. ކޮންމެއަކަސް މި އަންހެން މީހާ ވަނީ އަލަށް ރައްޓެހިވި މީހާއެކު މެނިސްފެޓޯ ހަދައިގެން އުޅެން ބުނެފައެވެ. ޒަވާޖީ ހަޔާތް އެކުގައި ރަނގަޅަށް ވޭތުކުރުމަށް ނަސޭހަތްތެރިވެފައެވެ. ދަރިން ހޯދާނެ ގޮތާއި ވިޔަފާރި ޕްލޭން ކުރާނެ ގޮތާއި ގޯތިގެދޮރު އަޅާނެގޮތް ޕްލޭން ކުރުމަށް އެދުނެވެ. ކުރިން އިން މީހާއާ ނުބެހި ފިރިހެން މީހާ އުޅުމަށް އޭނާ ގާތު ބުނި ކަމަށް، ރައްޓެހި މީހާ ބުންޏެވެ.

އިންތިހާއަށް މައްސަލަ ޖެހުނުއިރު ވެސް އެންމެ ފަހަރަކު ވެސް ދިރިއުޅުމުންދާން ބުނިތޯ ކުރިން އިން މީހާ ފިރިހެންމީހާއާ ސުވާލުކުރި ކަމަށް ރައްޓެހި މީހާ ބުންޏެވެ. ކުރާ އިހްތިރާމެއްގެ ބޮޑުކަމުންނާއި ވާ ލޯތްބެއްގެ ބޮޑުކަމުން ހަނު ހުރިކަމަށް އޭނާ ބުނި ކަމަށް ބުންޏެވެ. އެހާ އަނިޔާދިން އިރުވެސް ގެއްލުންދީ، މުޅި ހަޔާތް މުށުތެރެއަށް ލާ ފިއްތާލިއިރުވެސް އަޅާނުލާ ހުރި ކަމަށެވެ. ދަރިން ލިބި، ދަރިންނަށް ވެސް ދަރިން ލިބުނުއިރު އެއްވެސް އެއްޗެއް ނުބުނެ އެ އަންހެންމީހާ ހުރި ކަމަށް ރައްޓެހިމީހާ ބުންޏެވެ.

އެހެން މީހަކާއި ކައިވެނިކުރަން އެޅޭއިރު ވެސް ކުރިން ވަރިކުރި މީހާ ފަހަތުން ނެއްޓެން ނޭނގިގެން އުޅެނީ ކީއްވެތޯ އޭނަ، ފިރިހެންމީހާއާ ސުވާލުކުރި ކަމަށް ރައްޓެހި މީހާ ބުންޏެވެ. ފިރިހެން މީހާގެ ޖަވާބަކަށްވީ އޭނާގެ ދިރިއުޅުން ރޫޅާލާނެ  ކަމަށެވެ. މިއީ އަޖައިބެއްކަމަށް ވެސް ރައްޓެހި މީހާ ބުންޏެވެ. 18 އަހަރުގެ ޒަވާޖީ ހަޔާތުގައި ދެމީހުންނަށް ލިބުނު ދަރިން ތިމާއާއެކު ދާން އެއްބަސްނުވުމަކީ ކުދިންގެ ވެސް ވަރިކުރި މީހާގެ ވެސް މައްސަލައެއް ނޫނެއްނޫންތޯއެވެ. އެކަމާ ތިމާ ރުޅި އައިސްގެން އުޅޭކަށް ނުޖެހޭނެ ނޫންތޯއެވެ. އެކަނިވެރިކަން އިހުސާސްވީ، ބޮޑު އެއްޗެއް ގެއްލިއްޖެކަން އިހުސާސްވީ، އަމިއްލައަށް ނިންމުނު ނުބައި ނިންމުމަކުން ނޫންތޯއެވެ. މިއީ ވެސް ބައެއް މީހުންނަށް ހަޔާތުގައި ދިމާވާ ކަންތައްތަކެވެ.

މި ރައްޓެހި މީހާގެ ވާހަކަކައިން ވިސްނުނީ އެންމެ ކަމެކެވެ. ތިމާކަމެއް ފަހަތަށް ދޫކޮށްފައި ދިޔުމުން ދެން ތިމާ އެކަމަކަށް އެނބުރި ނުބެލުމަށް ބައެއް މުހާވަރާތަކުގައި އޮންނަ ކަމެވެ. އެއްވެސް މީހަކަށް ތިމާ ކުރިއަރާ ދަނީ އަނެކާ ފުނޑާލައިގެންކަމަށް ޤަބޫލުކުރެވޭނަމަ އެއީ މައްސަލައެކެވެ. އަދި އަމުދުން މީހުންނަށް އަނިޔާދިނުމާއި މީހުންގެ ދިރިއުޅުން ރޫޅާލުމާއި ފުނޑާލުން އެއީ ތިމާ އެންމެ ކުރާހިތް ނުވާ ކަންކަން ކަމަށް ބުނެ މޮޅެތި ވާހަކަ ދައްކާ އުޅޭ މީހުން މިޒާތްޒާތުގެ ކަންކަން ކުރާނެކަމުގެ އިންޒާރު އެހެން މީހުންނަށް ދީ އުޅުމަކީ ލަދުވެތިކަމެކެވެ. އޭރުން އެ ފެންނަނީ ތިމާގެ ދެ ފުށް ދެގޮތްކަމެވެ. ބަހާއި އަމަލާ ދިމާނުވާކަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

12 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު