Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

އިންތިޚާބުތަކުގައި ވާދަކުރުމަށް އެމްޑީޕީގައި ފުރުސަތު އޮންނާނެ: ޝާހިދު

ޝާހިދު ވިދާޅުވީ އެމްޑީޕީ އަކީ ކޮމިއުނިސްޓް ޕާޓީއެއް ނޫން ކަމަށާއި، އެ ޕާޓީ އިން ޚިޔާލު ތަފާތުވުން ތަަކަށް ވެސް ޖާގަ ދޭނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 25 ޖޫން 2025 | ބުދަ 10:25
އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް ޝާހިދު ވާހަކަ ދައްކަވަނީ

އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް ޝާހިދު ވާހަކަ ދައްކަވަނީ

އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އަކީ ވާދަވެރި ސިޔާސީ ފިކުރަށް ޖާގަ ހޯދައިދޭ ޕާާޓީއަކަށްވާއިރު، އިންތިޚާބުތަކުގައި ވާދަކުރުމުގެ ފުރުސަތު ކޮންމެ ބޭފުޅަކަށް ވެސް އޮންނާނެ ކަމަށް، އެ ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިހެން ވިދާޅުވެފައި ވަނީ ބުދަ ދުވަހު އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެމުންނެވެ. އެގޮތުން، ކުރިއަށް އޮތް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝައުޤުވެރިކަން ގިނަ ބޭފުޅުންތަކެއް ފާޅު ކުރަމުން އަންނައިރު، އެމްޑީޕީގެ ކުރިއަށް އޮތް ކޮންގްރެސްގައި އެކަމާ ގުޅޭ ނިންމުމެއް ނިންމާނެތޯ ވަނީ ސުވާލު ކޮށްފަ އެވެ.

Advertisement - newsAdvertisement

އެ ސުވާލަށް ޖަވާބު ދެއްވަމުން ޝާހިދު ވިދާޅުވީ، އެމްޑީޕީ އަކީ ވާދަވެރި ސިޔާސީ ފިކުރަށް ޖާގަ ހޯދައިދޭ ޕާާޓީ ކަމަށެވެ. އަދި އެމްޑީޕީ އަކީ ވާދަވެރި ސިޔާސީ ޙަރަކާތް ދިވެހި ރާއްޖެ އަށް ތައާރަފު ކުރި ޕާޓީ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

އެހެންކަމުން އެމްޑީޕީގެ އެތެރޭގައި ވާދަކުރުން އޮންނާނެ ކަމަށާއި، އަދި ވާދަ ކުރުމަށް ޖާގަ ނުދޭ ގޮތަކަށް އެމްޑީޕީ ނޯންނާނެ ކަމަށް ވެސް ޝާހިދު ވަނީ ވިދާޅުވެފަ އެވެ. އެމްޑީޕީ އިން ފެންނަމުން ދަނީ އެ މަންޒަރުކަން ފާހަގަ ކުރައްވަމުން ޝާހިދު ވިދާޅުވީ، އެމްޑީޕީ އާއި އެހެން ޕާޓީ ތަކާއި، ނުވަތަ އެހެން ފިކުރުތަކާ އޮތް އެންމެ ބޮޑު އެއް ތަފާތަކީ ވެސް އެއީ ކަމަށެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ އެމްޑީޕީ އަކީ ކޮމިއުނިސްޓް ޕާޓީއެއް ނޫން ކަމަށާއި، އެ ޕާޓީ އިން ޚިޔާލު ތަފާތުވުން ތަަކަށް ވެސް ޖާގަ ދޭނެ ކަމަށެވެ. އެހެންކަމުން އެމްޑީޕީ ގައި ރޫހާނީ ލީޑަރަކު ނުހުންނާނެ ކަމަށާއި، އެ ލީޑަރަކު އަންގަވާ ގޮތަށް ކަންކަން ބައްޓަން ކުރުން ވެސް އެމްޑީޕީގައި ނޯންނާނެ ކަމަަށެވެ.

ޝާހިދު ވިދާޅުވީ އެމްޑީޕީގެ އެތެރޭގައި ޚިޔާލު ތަފާތުވާ ކޮންމެ ފަހަރަކު، އެކުވެގެން ޙައްލު ހޯދޭ ކަމަށެވެ. އަދި އެ ޙައްލު ހޯދޭނެ އުސޫލުތައް އެމްޑީޕީގެ އަސާސީ ޤަވާއިދުގައި ވެސް ބަޔާން ކޮށްފައިވާ ކަމަށް ޝާހިދު ފާހަގަ ކުރެއްވި އެވެ.

މި ޕާޓީގެ އެތެރޭގައި ވާދަކުރުން އޮންނާނެ. ވާދަ ކުރުމަށް ޖާގަ ނުދޭ ގޮތަކަށް އެމްޑީޕީ ނޯންނާނެ. އެތަން މި ފެންނަނީ. އަޅުގަނޑުމެންނާ އެހެން ޕާޓީ ތަކާއި، އެހެން ފިކުރުތަކާ ހުރި އެންމެ ބޮޑު އެއް ތަފާތަކީ އެއީ. ޚިޔާލު ތަފާތުވުމަށް ޖާގަ ދޭކަން. އަޅުގަނޑުމެންނަކީ ކޮމިއުނިސްޓް ޕާާޓީއެއް ނޫން. އަޅުގަނޑުމެންގެ ޕާޓީގައި ނުހުންނާނެ ރޫހާނީ ލީޑަރަކު، ހުރެގެން އެ އަންގަވާ ގޮތަކަށް ކަންކަން ބައްޓަން ކުރުމެއް ނޫން އޮންނާނީ. އަޅުގަނޑުމެންގެ ތެރޭގައި ޚިޔާލު ތަފާތުވާ ކޮންމެ ފަހަރަކު، އަޅުގަނޑުމެން އެކުވެ، ވާހަކަ ދައްކައިގެން ޙައްލު ހޯދޭ. ޙައްލު ހޯދޭނެ އުސޫލުތައް އަޅުގަނޑުމެންގެ އަސާސީ ޤަވާއިދުގައި ވޭ. އޭގެ ތެރެއިން އެއް ކަމެއް، ރިޔާސީ ކެންޑިޑޭޓް ކަމުގައި ވިޔަސް، އަދި ޕާޓީގެ އެހެނިހެން މަގާމުތައް ކަމުގައި ވިޔަސް. ވާދަކޮށްގެން ޕްރައިމަރީ އުސޫލުއްގެ ތެރެއިން އެކަން ފަހި ކުރަމުން ގެންދިޔުން. އެއީ އެކަން ހިނގާނެ ގޮތް.
ޢަބްދުﷲ ޝާހިދު / އެމްޑީޕީގެ ރައީސް

މީގެ އިތުރުން ޝާހިދު ވިދާޅުވެފައި ވަނީ، އެމްޑީޕީގެ އެތެރޭގައި ފެކްޝަންތައް އޮންނަ ވާހަކަ އާއި، އެހެނިހެން ވާހަކަތައް ގެންނަނީ، އެމްޑީޕީގެ އުސޫލުތައް ޚަރުދަނާކޮށް ހިނގާ ތަން ފެނުނީމާ، "ގުޑުގުޑު" އަޅާ ފަރާތްތައް ކަމަށެވެ.

އެކަން ފާހަގަ ކުރައްވައި ޝާހިދު ވިދާޅުވީ، ހެދޭ ކުރިއެއްގައި އިތުރު ފަތް ޖަހާނެ ކަމަށާއި، ކުރިތައް ފަޅައިގެން ދާނެ ކަމަށެވެ. އެމްޑީޕީ އިން މިއަދު ދައްކައިދެމުން އަންނަނީ އެ މަންޒަރު ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. އެމްޑީޕީގެ ތެރޭގައި ބައިވަރު ލީޑަރުން ތިބި ކަމަށާއި، އެމްޑީޕީ ވަރުގަދަ ވަނީ އެ ހުރިހާ ލީޑަރުންނާ އެކު ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. އަދި އެމްޑީޕީއާ ދޭތެރޭގައި ރައްޔިތުންގެ އުންމީދު އިތުރު ވަނީ އެ ލީޑަރުން ފެނުމުން ކަމަށް ވެސް ވިދާޅުވި އެވެ.

ޝާހިދު މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ އެތެރޭގައި ރިޔާސީ ޓިކެޓުގެ ވާދަވެރިކަން ވަނީ ބޮޑުވެފަ އެވެ. މިހާތަނަށް އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ޝައުޤުވެރިކަން ފާޅު ކޮށްފައި ވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން، އެ ޕާޓީގެ ޗެއާޕާސަން އަލްއުސްތާޛް ފައްޔާޟް އިސްމާއީލް އެވެ.

މީގެ އިތުރުން، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު، އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ނިކުންނެވުމަށް އެ ޕާޓީގެ ގިނަ އާންމު މެމްބަރުން ވެސް ދަނީ ގޮވާލަމުންނެވެ. ނަމަވެސް، އެކަމާ ގުޅޭ ގޮތުން ރައީސް ޞާލިޙު ރަސްމީކޮށް އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވެ އެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)އެމްޑީޕީ ރައީސް އަބްދުﷲ ޝާހިދު

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު