Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިއްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު

ދިއްދޫ ރައްޔިތުން ބޭނުންވާ ޒަމާނީ ބަނދަރު ނޮވެންބަރު މަހުގެ ތެރޭގައި ލިބޭނެ: އާޒިމް

މިހާރު ކުރިއަށްދަނީ ޕޭމަންޓުގެ މަސައްކަތް

އަމްނާ އިމާދު
އަމްނާ އިމާދު | 13 ޖުލައި 2023 | ބުރާސްފަތި 11:25
ހއ. ދިއްދޫ ބަނދަރު

ހއ. ދިއްދޫ ބަނދަރު

ހއ. ދިއްދޫ ރައްޔިތުން ބޭނުންވާ ޒަމާނީ ބަނދަރު ނޮވެންބަރު މަހުގެ ތެރޭގައި ލިބޭނެ ކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެރަށުގައި ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތައް ބައްލަވާލެއްވުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ، އެމްޓީސީސީގެ ފަރާތުން ދިއްދޫގައި ތަރައްގީގެ ދެ މަޝްރޫއުއެއްގެ މަސައްކަތްތައް ކުރިއަށް ގެންދިޔަ ކަމަށެވެ. އެއީ ޒަމާނީ ފެންވަރަށް ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ކަމަށެވެ. އަދި މިހާރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިމިފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ބަނދަރުގެ މަޝްރޫއުގެ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށްދާކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، ބަނދަރަށް އަލަށް އިތުރުކުރެވުނު ބައިގެ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށެވެ. މިހާރު ކުރިއަށްދަނީ ޕޭމަންޓުގެ މަސައްކަތް ކަމަށާއި، ދާދި އަވަހަށް އެމަސައްކަތްވެސް ނިމޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މި ބަނދަރަކީ އެހެން ރަށްރަށުގައި ތަރައްގީކުރާ ބަނދަރުތަކަށްވުރެ ބޮޑު ހޭދައެއް ކޮށްގެން ތަރައްގީކުރާ ބަނދަރެއް ކަމަށާއި، ގާތްގަނޑަކަށް 88 މިލިއަން ރުފިޔާ މި ބަނދަރަށް ހޭދަވާނެ ކަމަށެވެ. މި ބަނދަރަކީ ރައްޔިތުންނާއި، ކައުންސިލުން ބޭނުންވާ ބަދަލުތައް ގެނެސްގެން ތަރައްގީކުރެވޭ ބަނދަރެއް ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ މިގޮތަށް މަސައްކަތްތައް ކުރިއަށްދާނަމަ ނޮވެންބަރު މަހުގެ ތެރޭގައި ބަނދަރުގެ މަސައްކަތްތައް އެއްކޮށް ނިންމައި ރައްޔިތުންނާ ހަވާލުކުރެވޭނެ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 78،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުން ކޮށްފައިވާއިރު، 616 މީޓަރު ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 185 މީޓަރު ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 326 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮށިލާފައިވެއެވެ. އަދި 4320 އަކަމީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭކަމަށް އެމްޓީސީސީން ބުނެއެވެ.

ދިއްދޫ ބަނދަރު ބޮޑުކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު