Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ނޭޓޯ ސަމިޓް ނިންމާލުން

ސަލާމަތީގޮތުން އިތުރު އެހީތެރިކަން ޔޫކްރެއިނަށް ދިނުމަށް އެއްބަސްވެ ނޭޓޯގެ ސަމިޓް ނިމުމަކަށް

ނޭޓޯގެ މެންބަރުކަން ޔޫކްރެއިނަށް ލިބޭނެ ދުވަހެއްގެ ޓައިމްލައިން އެކުލަވާލާފައިނުވާތީ އެކަމުގެ ކަންބޮޑުވުން ޒެލެންސްކީ ފާޅުކުރެއްވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 13 ޖުލައި 2023 | ބުރާސްފަތި 02:31
ނޭޓޯ ސަމިޓްގެ ތެރެއިން

ނޭޓޯ ސަމިޓްގެ ތެރެއިން

ސަލާމަތީގޮތުން ޔޫކްރެއިނަށް އިތުރު އައު އެހީތެރިކަންދޭނެ ކަމުގެ ޔަގީންކަން އެމެރިކާ އާއި ނޭޓޯގެ ގައުމުތަކުން ދެމުން ނޭޓޯގެ ސަމިޓް ނިންމާލާފައެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ އަސްކަރީ ބާރުތަކުން ވަނީ ޔޫކްރެއިނަށް ދިގުދެމިގެންދާ ގޮތެއްގައި އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭނެކަން ޔަގީންކަން ދީފައެވެ. ޔޫކްރެއިނުން އަންނަނީ ނޭޓޯގެ މެންބަރުކަން ހޯދުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. ވަކިން ޚާއްސަކޮށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރަޝިޔާ އިން ޔޫކްރެއިނަށް ހަމަލާދޭން ފެށުމާއެކު އެކަމަށް އަންނަނީ ބާރު އަޅަމުންނެވެ.

ނޭޓޯގެ ސަމިޓްގައި ޔޫކްރެއިންގެ ރައީސް ވޮލޮޑްމީރް ޒެލެންސްކީ ބައިވެރިވެވަޑައިގެން ގައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރައްވާފައިވާއިރު ނޭޓޯގެ މެންބަރުކަން ޔޫކްރެއިނަށް ލިބޭނެ ދުވަހެއްގެ ޓައިމްލައިން އެކުލަވާލާފައިނުވާތީ އެކަމުގެ ކަންބޮޑުވުން ވަނީ ފާޅުކުރައްވާފައެވެ.

އޭގެ ބަދަލުގައި ޖީ7 ގެ ގައުމުތަކުން ވަނީ އަސްކަރީ ގޮތުންނާއި ފައިސާގެ ގޮތުން ދެވޭނެ އެހީތެރިކަމާއި އިންޓެލިޖެންސް މައުލޫމާތު ބަދަލުކުރާނެ ގޮތަކާއި ގުޅޭގޮތުން ފްރޭމްވޯރކެއް އެކުލަވާލާފައެވެ. އަދި ރަޝިޔާއިން ހަމަލާދީފިނަމަ އެކަން ހުއްޓުވާނެ ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން ވަނީ ދީފައެވެ.

ޒެލެންސްކީ އާއި ޖީ7 ގެ ގައުމުތަކުގެ ގޮތުގައި ހިމެނޭ އެމެރިކާ، އިނގިރޭސިވިލާތް، ކެނެޑާ، ފްރާންސް، ޖަރމަނީ، އިޓަލީ އަދި ޖަޕާނުގެ ލީޑަރުންނާއެކު ހުންނަވާ އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ ކުރިޔަށް އޮތް ދުވަސްތަކުގައިވެސް ޔޫކްރެއިނަށް މިގައުމުތަކުގެ އެހީތެރިކަން ލިބޭނެކަމަށެވެ.

ބައިޑަން އިތުރަށް ވިދާޅުވީ ނޭޓޯ ވަނީ ވަރަށް ބޮޑަށް ބާރުގަދަވެ ކުރިޔަށްވުރެ ބޮޑަށް އެއްބައިވެފައިކަމަށެވެ.

ނޭޓޯގެ މެންބަރުކަން ޔޫކްރެއިނަށް ލިބޭނެ ދުވަހެއް އަދިވެސް ނޭންގޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން ޒެލެންސްކީ ވިދާޅުވީ ހަނގުރާމަ ނިމުމާއެކު ޔޫކްރެއިނަށް ނޭޓޯގެ މެންބަރުކަން ލިބޭނެކަމާމެދު ޝައްކު ނުކުރައްވާކަމަށެވެ.

ޒެލެންސްކީ އާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ބައިޑަން ވިދާޅުވީ އެމެރިކާއިން އަންނަނީ ޔޫކްރެއިނަށް އެހީތެރިވެވެން އޮތް ހުރިހާ ގޮތަކުން އެހީތެރިކަން ފޯރުކޮށްދެމުން ކަމަށާއި ޒެލެންސްކީގެ ކަންބޮޑުވުން އެނގިވަޑައިގަންނަވާކަމަށެވެ. އަދި ނޭޓޯގެ މެންބަރުކަން ޔޫކްރެއިނަށް ލިބޭނެ ދުވަހަކަށް އިންތިޒާރުކުރައްވާކަމަށް ވެސް ބައިޑަން ވިދާޅުވިއެވެ.

ޒެލެންސްކީ ވަނީ އެމެރިކާއިން ދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

އިނގިރޭސިވިލާތާއި، ފްރާންސް، ޖަރމަނީ އަދި އެމެރިކާ އިން އަންނަނީ ބައިނަލްއަގްވާމީ ގޮތުން ޔޫކްރެއިނަށް ދެމުންދާ އެހީތެރިކަން އިތުރުކުރެވޭނެ ފްރޭމްވޯރކެއް އެކުލަވާލުމާއި ގުޅޭގޮތުން ޔޫކްރެއިނާ ވާހަކަދައްކަމުންނެވެ. އެގޮތުން އަސްކަރީ ހަތިޔާރާއި ޓްރެއިިނިންގ އާއި އިންޓެލިޖެންސް މައުލޫމާތު ދިނުމާއި ސައިބަރ ޑިފެންސްގެ ދާއިރާއިން އިތުރު އެހީތެރިކަން ދިނުމާއި ގުޅޭ މަޝްވަރާތައް އަންނަނީ ކުރަމުންނެވެ. އޭގެ ބަދަލެއްގެ ގޮތުން ޔޫކްރެއިނުން ދެފުށް ފެންނަ ގޮތަކަށް ސަރުކާރުގެ ކަންކަން ހިންގުމަށާއި ޖުޑީޝަރީ އާއި އިގްތިޞާދު ރިފޯމް ކުރަންޖެހެއެވެ.

ބުދަ ދުވަހު ވަނީ ޔޫކްރެއިން އާއި ނޭޓޯ ކައުންސިލުގެ ބައްދަލުވުމެއް ވެސް ބާއްވާފައެވެ.

ނޭޓޯގެ މި ނިންމުންތަކާއި ގުޅިގެން ކްރެމްލިންގެ ސްޕޯކްސްމަން ޑިމިޓްރީ ޕެސްކޮވް ވިދާޅުވީ ޔޫކްރެއިނަށް ސެކިއުރިޓީ ގޮތުން ޔަގީންކަން ދިނުމަކީ ވަރަށް ނުރައްކާތެރިކަމެއްކަމަށެވެ. ރަޝިޔާގެ ފޮރިން މިނިސްޓްރީން ބުނީ ނޭޓޯ އިން ފިނި ހަނގުރާމައަކަށް މިކަން ބަދަލުކުރަމުންދާކަމަށާއި ހުރިހާ ގޮތަކުން ވެސް އޭގެ ރައްދު ރަޝިޔާއިން ދޭނެކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ

ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ

12 މާރިޗު 2017
އެމެރިކާއިން ސީރިޔާއަށް އިތުރު 400 ސިފައިން ފޮނުވަނީ

އެމެރިކާއިން ސީރިޔާއަށް އިތުރު 400 ސިފައިން ފޮނުވަނީ

10 މާރިޗު 2017
އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން

އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން

22 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު