Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުައަންހެނުންގެ ވޯލްޑްކަޕް

އަންހެނުންގެ ވޯލްޑްކަޕް ފަށަނީ ކޮންއިރަކު؟ ކޮންތާކު؟

13 ޖުލައި 2023 | ބުރާސްފަތި 01:56

އަލަށް ވޯލްޑްކަޕުގައި މިފަހަރު އަށް ގައުމެއް ވާދަކުރާނެ

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 13 ޖުލައި 2023 | ބުރާސްފަތި 01:56
އެމެރިކާގެ ކުޅުންތެރިން ތައްޓާއެކު

އެމެރިކާގެ ކުޅުންތެރިން ތައްޓާއެކު

ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން އިންތިޒާމްކުރާ އަންހެނުންގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ނުވަ ވަނަ ފަހަރަށް މި މަހު ބާއްވަން ތައްޔާރުވެއްޖެ އެވެ.

ކޮންމެ ތިން އަހަރަކުން އެއްފަހަރު ބާއްވާ މި މުބާރާތް ފަށާނީ އަންނަ ބުރާސްފަތި ދުވަހު އެވެ. މުބާރާތުގެ މެޗުތައް ކުޅޭނީ އޮސްޓްރޭލިޔާ އާއި ނިއުޒީލޭންޑްގަ އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އޯކްލޭންޑްގައި ބައްދަލުކުރާނީ ނިއުޒީލޭންޑާއި ނޯވޭ އެވެ. އެދުވަހު އޮސްޓްރޭލިޔާ ނުކުންނާނީ ރިޕަބްލިކް އޮފް އަޔަލޭންޑާ ދެކޮޅަށެވެ.

މި ފަހަރުގެ މުބާރާތުގައި 32 ގައުމު ވާދަކުރާނެ އެވެ. މީގެ ކުރިން މި މުބާރާތް ބާއްވަމުން އައީ 24 ޓީމުގެ މެދުގަ އެވެ. މި ބަދަލަކީ ފީފާގެ ރައީސް ކަމަށް ޖިއާނީ އިންފަންޓީނޯ އައުމަށްފަހު ދެ ޖިންސް ހަމަހަމަކުރުމުގެ ގޮތުން ގެނެސްފައިވާ ބަދަލެކެވެ. މުބާރާތުގައި ކުޅޭ 32 ގައުމު އަށް ގްރޫޕަކަށް ވަނީ ބަހާލައިފަ އެވެ. ދެ ވަނަ ބުރަށްދާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ގައުމެވެ. ފައިނަލް މެޗާއެކު ޖުމުލަ 64 މެޗު ކުޅޭނެ އެވެ.

މި ފަހަރުގެ މުބާރާތަކީ އަލަށް ވޯލްޑްކަޕުގައި އަށް ގައުމެއް ވާދަކުރާ ފަހަރެކެވެ. އެ ގައުމުތަކަކީ މޮރޮކޯ، ހައިޓީ، ޕެނަމާ، ޕިލިޕީންސް، ޕޯޗުގަލް، އަޔަލޭންޑް، ވިއެޓްނާމް އަދި ޒެމްބިއާ އެވެ.

މުބާރާތުގެ މެޗުތައް ކުޅޭނީ 10 ސްޓޭޑިއަމެއްގަ އެވެ. އެއީ އޮސްޓްރޭލިޔާގެ 6 ސްޓޭޑިއަމަކާއި ނިއުޒީލޭންޑްގެ ހަތަރު ސްޓޭޑިއަމެއްގަ އެވެ. އޮސްޓްރޭލިޔާގައި މެޗުތައް ކުޅޭނީ ސްޓޭޑިއަމް އޮސްޓްރޭލިޔާ އާއި ސިޑްނީ ފުޓްބޯޅަ ސްޓޭޑިއަމާއި، ބްރިސްބޭން ސްޓޭޑިއަމާއި، މެލްބަން ރެކްޓޭންގިއުލާ ސްޓޭޑިއަމް އަދި ޕާތް ރެކްޓޭންގިއުލާ ސްޓޭޑިއަމާއި ހިންޑްމާޝްގަ އެވެ.

ނިއުޒީލޭންޑްގައި މެޗުތައް ކުޅޭނީ އޯކްލޭންޑްގެ އެޑެން ޕާކާއި ވެލިންގްޓަން ރީޖަނަލް ސްޓޭޑިއަމާއި ފޯސީތްބާ އާއި ވައިކާޓޯގަ އެވެ. މުބާރާތުގެ މެޗުތައް ވަގުތުން ދުރަށް ދައްކާނެ އެވެ. ރާއްޖެ އަށް ވެސް މެޗުތައް ފެންނާނެ އެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

3

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

4

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

5

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

އިތުރަށް ކިޔާލަން

08 މާރިޗު 2017

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

08 މާރިޗު 2017
އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ
07 މާރިޗު 2017

ރެކޯޑު އަދަދަކަށް ޓީމުތައް ހިމަނައިގެން އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތް ފަށަނީ

07 މާރިޗު 2017
ރެކޯޑު އަދަދަކަށް ޓީމުތައް ހިމަނައިގެން އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތް ފަށަނީ
04 މާރިޗު 2017

ސާޅިސް ހަތަރު ޓީމާއެކު ސްކޫލް ކޮލެޖު ވޮލީ މުބާރާތް ފަށަނީ

04 މާރިޗު 2017
ސާޅިސް ހަތަރު ޓީމާއެކު ސްކޫލް ކޮލެޖު ވޮލީ މުބާރާތް ފަށަނީ
12 ފެބުރުއަރީ 2017

ގައުމީ ވޮލީ ޓީމު ހޯމަ ދުވަހު ފަރިތަކުރުންތައް ފަށަނީ

12 ފެބުރުއަރީ 2017
ގައުމީ ވޮލީ ޓީމު ހޯމަ ދުވަހު ފަރިތަކުރުންތައް ފަށަނީ
10 ފެބުރުއަރީ 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި
10 ފެބުރުއަރީ 2017

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ
09 ފެބުރުއަރީ 2017

ގައުމީ ވޮލީ ޓީމުގެ ފަރިތަކުރުން އަންނަ ހަފްތާގައި ފަށަނީ

09 ފެބުރުއަރީ 2017
ގައުމީ ވޮލީ ޓީމުގެ ފަރިތަކުރުން އަންނަ ހަފްތާގައި ފަށަނީ
02 ފެބުރުއަރީ 2017

އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ

02 ފެބުރުއަރީ 2017
އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ
30 ޖެނުއަރީ 2017

މަޤާމު ދިފާއުކުރުމުގެ އުއްމީދުގައި ޔުނިޓެޑް ވިކްޓަރީން މިއަދު ޕްރެކްޓިސް ފަށަނީ

30 ޖެނުއަރީ 2017
މަޤާމު ދިފާއުކުރުމުގެ އުއްމީދުގައި ޔުނިޓެޑް ވިކްޓަރީން މިއަދު ޕްރެކްޓިސް ފަށަނީ
24 ޖެނުއަރީ 2017

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް