Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސްވިޑްން އަށް ނޭޓޯގެ މެންބަރުކަން ދިނުން

ސްވިޑްން އަށް ނޭޓޯގެ މެންބަރުކަން ދިނުމަށް އުރުދުޣާން ފެހި ސިގްނަލް ދެއްވައިފި

12 ޖުލައި 2023 | ބުދަ 02:18

ތުރުކީގެ ރައީސް އުރުދުޣާން އާއި ސްވިޑްންގެ ބޮޑުވަޒީރު އުލްފް ކްރިސްޓެރްސޯން އާ ދެމެދު ވަނީ އެތައް ގަޑިއިރެއް ވަންދެން ވާހަކަތައް ކުރިޔަށްގެންދަވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 ޖުލައި 2023 | ބުދަ 02:18
ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުޣާން އާއި ސްވިޑްންގެ ބޮޑުވަޒީރު އުލްފް ކްރިސްޓެރްސޯން ބައްދަލުކުރައްވަނީ

ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުޣާން އާއި ސްވިޑްންގެ ބޮޑުވަޒީރު އުލްފް ކްރިސްޓެރްސޯން ބައްދަލުކުރައްވަނީ

ސްވިޑްން އަށް ނޭޓޯގެ މެންބަރުކަން ދިނުމާމެދު ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުޣާން ފެހި ސިގްނަލް ދެއްވައިފިކަމަށް ނޭޓޯގެ ސެކެޓްރީ ޖެނެރަލް ވިދާޅުވެއްޖެއެވެ.

ސްވިޑްން އާއި ފިންލެންޑުން ނޭޓޯގެ މެންބަރު ގައުމަކަށްވުމަށް އެދި ހުށަހަޅާފައިވަނީ މިދިޔަ އަހަރުއެވެ. ނޭޓޯގެ މެންބަރުކަން އެއްވެސް ގައުމަކަށް ދެވޭނީ ނޭޓޯގައި ހިމެނޭ ހުރިހާ ގައުމަކުން އެކަމަށް އެއްބަސްވެގެންނެވެ. ސްވިޑްން އަށް ނޭޓޯގެ މެންބަރުކަން ދިނުމާމެދު މިހާތަނަށް ގޮތެއް ނިންމާފައިނުވަނީ ތުރުކީ އާއި ހަންގޭރީން ނެވެ. ފިންލެންޑަށް ނޭޓޯގެ މެންބަރުކަން ދިނުމަށް އޭޕްރީލް މަހު ވަނީ ނިންމާފައެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޭޓޯގެ ސެކެޓްރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގް ވިދާޅުވީ ތުރުކީގެ ރައީސް ސްވިޑްން އަށް ނޭޓޯގެ މެންބަރުކަން ދިނުމަށް އެއްބަސްވެވަޑައިގެންފައިވާކަމަށެވެ. އަދި ވީއެންމެ އަވަހަކަށް އެކަން ތަންފީޒުކުރުމުގެ ކުރުމުގެ މަސައްކަތްފަށާ އެކަމުގައި ގާތުން މަސައްކަތްކުރައްވާނެކަމަށް އުރުދުޣާން ވިދާޅުވިކަމަށެވެ. އަދި މިއީ ވަރަށް ތާރީޚީ ފިޔަވަޅެއްކަމަށް ޖެންސް ވިދާޅުވިއެވެ.

އަންގާރަ ދުވަހު ފެށި ނޭޓޯ ބައްދަލުވުމުގެ ކުރިން ތުރުކީގެ ރައީސް އުރުދުޣާން އާއި ސްވިޑްންގެ ބޮޑުވަޒީރު އުލްފް ކްރިސްޓެރްސޯން އާ ދެމެދު ވަނީ އެތައް ގަޑިއިރެއް ވަންދެން ވާހަކަތައް ކުރިޔަށްގެންދަވާފައެވެ.

ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުޣާން ގެންދަވަނީ ސްވިޑްންގައި ހަރަކާތްތެރިވަމުން އަންނަ ކުރުދިސްތާން ވޯރކާސް ޕާޓީ (ޕީކޭކޭ) އަށް ސްވިޑްންގައި މިނިވަންކަމާއެކު ހަރަކާތްތެރިވެވޭތީ އެކަމަށް ފާޑުވިދާޅުވަމުންނެވެ. އުރުދުޣާން ވިދާޅުވާ ގޮތުގައި އެއީ ޓެރަރިސްޓުންނަށް ވާގިވެރިވާ ޖަމާއަތެކެވެ. އެއީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ތުރުކީ އާއި އީޔޫ އަދި އެމެރިކާއިން ވެސް ވަނީ ކަނޑައަޅާފައެވެ.

ސްވިޑްންގެ ބޮޑުވަޒީރު ކްރިސްޓެރްސޯން ވިދާޅުވީ މިއީ ވަރަށް ބޮޑު ފިޔަވަޅެއްކަމަށާއި މިއީ ސްވިޑްން އަށް ވަރަށް ކާމިޔާބު ދުވަހެއްކަމަށެވެ.

ތުރުކީ އާއި ސްވިޑްން އާ ގުޅިގެން ނެރެފައިވާ ބަޔާނުގައި ސްވިޑްން އިން ބުނެފައިވަނީ ޕީކޭކޭއަށް ވާގިވެރިނުވާނެކަމަށް ބުނެފައެވެ. އަދި ތުރުކީ އަށް އީޔޫގެ މެންބަރުކަން ދިނުމުގައި އެހީވެދޭނެކަމަށް ވެސް ސްވިޑްން އިން ވަނީ ބުނެފައެވެ.

ހޯމަ ދުވަހު އުރުދުޣާން ވިދާޅުވެފައިވަނީ ސްވިޑްން އަށް ނޭޓޯގެ މެންބަރުކަން ދިނުމަށް ތުރުކީގެ ގާނޫނު ހަދާ މަޖިލީހުން ހުއްދަ ދިނުމުގެ ކުރިން ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގައި ތުރުކީ އަށް ބައިވެރިވުމުގެ މަގު ފަހިވާންޖެހޭނެކަމަށެވެ.

ނޭޓޯގެ ސެކެޓްރީ ޖެނެރަލް ވިދާޅުވީ އުރުދުޣާން ވަނީ ނޭޓޯއަށް މެންބަރުކަން ދިނުމަށް ތުރުކީގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރުމުގެ ކަންކަން ވީއެންމެ އަވަހަކަށް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކަމަށް ވަކި ތާރީޚެއް ނުދެއްވައެވެ. ފިންލެންޑަށް މެންބަރުކަން ދިނުމުގެ ކަންކަން ތަސްދީގުކުރުމަށް ތުރުކީގެ ގާނޫނު ހަދާ މަޖިލީހަށް ދެ ހަފްތާގެ މުއްދަތެއް ނެގިއެވެ.

ތުރުކީން ސްވިޑްން އަށް ނޭޓޯގެ މެންބަރުކަން ދިނުމަށް އެއްބަސްވުމާއެކު ހަންގޭރީންވެސް ވަނީ ސްވިޑްން އަށް ނޭޓޯގެ މެންބަރުކަން ދިނުމަށް އެގައުމުގެ ރުހުން އޮތްކަމަށް ބުނެފައެވެ.

އިތުރަށް ކިޔާލަން

17 އޯގަސްޓު 2017

ޤަތަރު ރައްޔިތުންނަށް ސަލްވާ ބޯޑަރު ހުޅުވައިދިނުމަށް ސަލްމާން ރަސްގެފާނު އަންގަވައިފި

17 އޯގަސްޓު 2017
ޤަތަރު ރައްޔިތުންނަށް ސަލްވާ ބޯޑަރު ހުޅުވައިދިނުމަށް ސަލްމާން ރަސްގެފާނު އަންގަވައިފި
28 ޖުލައި 2017

ކުރީގެ ވަލީއަހުދު ނާއިފް ހުންނެވީ ގޭ ބަންދުގައިތޯ ބަލައިދިނުމަށް ހިއުމަން ރައިޓްސް ވޮޗްއިން ގޮވާލައިފި

28 ޖުލައި 2017
ކުރީގެ ވަލީއަހުދު ނާއިފް ހުންނެވީ ގޭ ބަންދުގައިތޯ ބަލައިދިނުމަށް ހިއުމަން ރައިޓްސް ވޮޗްއިން ގޮވާލައިފި
23 ޖުލައި 2017

ދެދުވަހުގެ ދަތުރުފުޅެއްގައި އުރުދުޣާން ގަލްފަށް

23 ޖުލައި 2017
ދެދުވަހުގެ ދަތުރުފުޅެއްގައި އުރުދުޣާން ގަލްފަށް
12 ޖޫން 2017

ގަތަރު މައްސަލައިގައި މެދުވެރިއެއްގެ ރޯލު ކުޅެދިނުމަށް މޮރޮކޯއިން ވެސް ހުށަހަޅައިފި

12 ޖޫން 2017
ގަތަރު މައްސަލައިގައި މެދުވެރިއެއްގެ ރޯލު ކުޅެދިނުމަށް މޮރޮކޯއިން ވެސް ހުށަހަޅައިފި
23 މެއި 2017

މެންޗެސްޓަރ އެރީނާއަށް ދިން ހަމަލާގެ ޒިންމާ އައިއެސްއިން ނަގައިފި، ނަމަވެސް ހަމަލާ ދިނުމަށް ސީދާ އަމުރު ދިންކަން ޔަގީނެއް ނޫން

23 މެއި 2017
މެންޗެސްޓަރ އެރީނާއަށް ދިން ހަމަލާގެ ޒިންމާ އައިއެސްއިން ނަގައިފި، ނަމަވެސް ހަމަލާ ދިނުމަށް ސީދާ އަމުރު ދިންކަން ޔަގީނެއް ނޫން
30 އެޕްރީލު 2017

އުތުރުކޮރެއާ ހުއްޓުވައިދިނުމަށް އެމެރިކާގެ ކިބައިން ޕިލިޕީންސްގެ ރައީސް ޑުޓާޓެ އެދިވަޑައިގެންފި

30 އެޕްރީލު 2017
އުތުރުކޮރެއާ ހުއްޓުވައިދިނުމަށް އެމެރިކާގެ ކިބައިން ޕިލިޕީންސްގެ ރައީސް ޑުޓާޓެ އެދިވަޑައިގެންފި
14 އެޕްރީލު 2017

ނޭޓޯގެ ފައުޖުތައް ރަޝިއާ ބޯޑަރުކައިރީ އޮތް ޕޮލެންޑަށް

14 އެޕްރީލު 2017
ނޭޓޯގެ ފައުޖުތައް ރަޝިއާ ބޯޑަރުކައިރީ އޮތް ޕޮލެންޑަށް
05 އެޕްރީލު 2017

ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ

05 އެޕްރީލު 2017
ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ
12 މާރިޗު 2017

ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ

12 މާރިޗު 2017
ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް