Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއައިޝަތު މާނިޔާ އާދަމް

ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްއިން ރަން މެޑަލް ހޯދި މާނިޔާގެ ހިތްވަރުގަދަ މެސެޖު

ގޭމްސްގައި ރާއްޖެއިން ދެ ރަން މެޑަލް ހޯދި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 11 ޖުލައި 2023 | އަންގާރަ 17:12
އައިޝަތު މާނިޔާ އާދަމް

އައިޝަތު މާނިޔާ އާދަމް

ޖޫން މަހު ޖަރމަނީގެ ބާލިންގައި އޮތް ސްޕެޝަލް އޮލިމްޕިކްސް ވޯލްޑްސް ގޭމްސްއަކީ ރާއްޖެއަށް ވަރަށް ތާރީޚީ ގޭމްސްއެކެވެ. އެގޭމްސްގައި ވާދަކުރި ރާއްޖޭގެ ސްޕެޝަލް އެތްލީޓުން ދެ ރަން މެޑައްޔާއި ލޯ މެޑެއްޔެ ހޯދިއެވެ. 190 ގައުމަކުން ހަތް ހާހެއްހާ ކުދިން ވާދަކުރި ގޭމްސްއިން ރާއްޖޭގެ އެތްލީޓުން ހޯދީ ބޮޑު ކާމިޔާބީއެކެވެ. މުޅި ގައުމު ފަޚުރުވެރިކޮށްދީ ހޯދައިދިނީ އުއްމީދެކެވެ. އެކަން ސަރުކާރުން ފާހަގަވެސް ކުރެއްވިއެވެ.

އެކާމިޔާބީއަށްފަހު އެނބުރި އައިތާ ދުވަސްކޮޅެއް ފަހުން ރާއްޖެ ޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ބައިވެރިވުމުގެ ދައުވަތު ރާއްޖޭގެ ޓީމަށް ދިނުމުން ކޯޗާއި އޮފިޝަލަކާއެކު ސެޓަށް އައި އެތްލީޓަކީ ބެޑްމިންޓަން 1-ބީ އިން ރަން މެޑަލް ހޯދި އައިޝަތު މާނިޔާ އާދަމްއެވެ. ސެޓުން މާނިޔާ ބައްދަލުކުރީ ވަރަށްބޮޑު އުއްމީދަކާއި އުފާވެރިކަމަކާއެކުއެވެ. އެކާމިޔާބީއަށް ކުރި ދަތުރުގެ ވާހަކައާއި, އޭގެ އުފާވެރިކަން އެހެން އެތްލީޓުންވެސް ޝާމިލްވާނެހެން ބަޔާންކޮށްދޭން ބޭނުންވާކަން މޫނުމަތިން ބުނެދިނެވެ.

މާނިޔާގެ މެސެޖްގެ ދިގުމިނަކީ މިނިޓެކެވެ. އެކަމަކު އެއީ ވަރަށްގިނަ ވާހަކައެވެ. އެވާހަކަތައް ބުނެދޭން ކެތްތެރިކަމާއެކު ބައިގަޑިއެއްހާއިރު މާނިޔާ ހޭދަކުރިއެވެ. މާނިޔާއަށް އެހީތެރިވެދިނުމުގައި އިބްރާހީމް ރަމީޒު (އިއްބެ)އާއި ކޯޗު އަފްނާން ރަޝީދު ސްޓޫޑިއޯގައި ހޭދަކުރީވެސް ވަރަށް ޝައުޤުވެރިކަމާއެކު ގަޔާވެގެންނެވެ.

މާނިޔާ ބުނަން ބޭނުންވާ ވާހަކަ ބުނަން ތަކުރާރުކޮށް އެތައް ފަހަރަކު މަސައްކަތްކުރިއެވެ. ބޭނުންވި ވާހަކަ ބުންޏެވެ. ދޭން ބޭނުންވި މެސެޖް ދިނެވެ. ރަން މެޑަލް ކަރުގައި އަޅުވާލައިގެން އިނދެ މާނިޔާ ބުނީ ރާއްޖޭގައި ޕްރެކްޓިސްކޮށްފަ ގޭމްސްއަށް ޖަރމަނީއަށް ދެވުމުން ވަރަށްބޮޑަށް އުފާވި ކަމަށެވެ. އަދި ޖަރމަނީގައި މުބާރާތް ކުޅެން ވަރަށް އުނދަގޫ ކަމަށާއި, އެންމެ އުނދަގޫވީ މެލޭޝިޔާ ކުޅުންތެރިޔާއާ ދެކޮޅަށް ކުޅުނު މެޗުކަމަށް ބުންޏެވެ. އެކަމަކު އެމެޗުން މޮޅުވުމުން ލިބުނު އުފާވެރިކަމާއި, އުއްމީދުގެ ވާހަކަވެސް ފާހަގަކުރިއެވެ.

ރަން މެޑަލްގެ ވާހަކަ އެންމެ ފުރަތަމަ ބުނަން މާނިޔާ ބޭނުންވީ މަންމައާއި ބައްޕަ ކައިރީގައެވެ. މާނިޔާގެ ކާމިޔާބީއަށް ގަދަ އަޅާ މަސައްކަތްކޮށްދިނުމަށްފަހު އެހެން ބަޔަކަށް އިތުބާރުކޮށް ދަރިފުޅު ހަވާލުކުރުމަށްފަހު އެމީހުން ތިބީ މާލޭގައެވެ. މާނިޔާ އެއުފާވެރި ޚަބަރު އެންމެ ފުރަތަމަ ދިނީ މަންމައާއި ބައްޕައަށެވެ. މާނިޔާ ބުނީ އެޚަބަރު ދިނުމުން މަންމައާ ބައްޕަ ހުރީ ވަރަށް އުފާވެފަ ކަމަށެވެ. ރަން މެޑެއްޔާއެކު އެނބުރި މާލެ އައުމުން އިތުރު އުފާވެރިކަން ލިބުނުކަންވެސް މާނިޔާ ފާހަގަކުރިއެވެ.

އުނދަގުލުން ވާހަކަދައްކަމުން މާނިޔާ ބުނީ ކާމިޔާބީ ލިބުނު ސަބަބަކީ ކޯޗު އަފްނާން ކަމަށެވެ. އަފްނާ ކޯޗު ކޮށްދޭ ބުރަ މަސައްކަތަށް ވަރަށްބޮޑަށް ޝުކުރިއްޔާއޭ ބުނެ ދެން ފާހަގަކުރީ ސްޕެޝަލް އޮލިމްޕިކްސްއިން ވެދޭ އަގުނުކުރެވޭނެ އެހީތެރިކަމެވެ. އެ އެންނެމްނަށް ޝުކުރުއަދާކުރީ އެކުވެރިންވެސް ޝާމިލް ކުރަމުންނެވެ. ނިންމާލަމުން އަދި އިތުރު ވާހަކައެއް ބުނެލަން ބޭނުންތޯ ސުވާލުކުރުމުން ދެން ދިނީ ކުރު އެހެނަސް ވަރުގަދަ ބޮޑު މެސެޖެކެވެ. އެއީ ކޮންމެ މީހަކަށްމެ ރައްދުވާ މެސެޖެކެވެ. އެއްވެސް މީހެއްގެ އެހީތެރިކަމާ ނުލައި މާނިޔާ ބުނީ "ކޮންމެ ކަމެއްވެސް ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ ކާމިޔާބުވާނެ" ކަމަށެވެ. މާނިޔާއާއި, މާނިޔާފަދަ އެހެން ކުދިންވެސް އެދަނީ ހިތްވަރާއެކު ކާމިޔާބީ ހޯދަން މަސައްކަތް ކުރަމުންނެވެ. އަހަރެމެން ކޮންމެ މީހަކަށްމެ އޮތީ އެކުދިންނަށް ބޭނުންވާ އެހީތެރިކަން ފުރިހަމައަށް ދިނުމެވެ. އެކުދިންނާމެދުވެސް އުއްމީދުކުރުމެވެ.

އިތުރަށް ކިޔާލަން

23 އެޕްރީލު 2017

"މަންމަގެ ދޫންޏާ، މަންމަގެ ރަންކޮޅާ"، މިވަރުގެ ހިތާމައެއް ނުދެކެން!

23 އެޕްރީލު 2017
"މަންމަގެ ދޫންޏާ، މަންމަގެ ރަންކޮޅާ"، މިވަރުގެ ހިތާމައެއް ނުދެކެން!
13 އެޕްރީލު 2017

ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

13 އެޕްރީލު 2017
ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟
12 އެޕްރީލު 2017

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017
އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ
28 މާރިޗު 2017

ބާން ތައި ރެސްޓޯރަންޓްއިން ލިބޭ "މިއަންކަމް" އަކީ ކޯއްޗެއް؟

28 މާރިޗު 2017
ބާން ތައި ރެސްޓޯރަންޓްއިން ލިބޭ "މިއަންކަމް" އަކީ ކޯއްޗެއް؟
18 މާރިޗު 2017

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު