Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިޔާގެ މޫސުން

އުތުރު އިންޑިޔާގެ ބައެއް ހިސާބުތަކަށް އަދިވެސް މޫސުން ވަރަށް ގޯސް

11 ޖުލައި 2023 | އަންގާރަ 16:27

ފެންބޮޑުވުމާ ގުޅިގެން ދިމާވި އެކި ހާދިސާތަކުގައި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ވަނީ 20 މީހުން މަރުވެފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 11 ޖުލައި 2023 | އަންގާރަ 16:27
އިންޑިޔާގައި ފެން ބޮޑުވެފައިވާ މަގެއް

އިންޑިޔާގައި ފެން ބޮޑުވެފައިވާ މަގެއް

އިތުރު އިންޑިޔާގެ ބައެއް ސްޓޭޓްތަކަށް ހަފުތާގެ ކުރީކޮޅު ކުރަން ފެށި ވިއްސާރައިގެ ސަބަބުން ދިމާވި އެކި ހާދިސާތަކުގައި، ހޮނިހިރު ދުވަހުން ފެށިގެން މިހާތަނަށް ވިހި މީހުން މަރުވެފައިވާކަމަށް ޚަބަރު ލިބެއެވެ. މެދުނުކެނޑި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ވެރިރަށް ޑެލްހީގެވެސް ބޮޑު ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފައެވެ. އަދި ފަރުބަދަމަތީގެ ބައެއް ހިސާބުތަކުގައި ބޯކޮށް ޗަކަ ހެދި، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައްވެސް ހިނގާފައިވެއެވެ. ހުކުރު ދުވަހާ ހަމައަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައި ވާއިރު، ޔަމުނާ ކޯރުގެ ފެންގަނޑު ނުރައްކާތެރި ލެވެލަކަށް އުފުލިފައިވާތީ އަންގާރަ ދުވަހު ޑެލްހީގައި ވަނީ މިކަމަށް ސަމާލުވުމަށް ގޮވާލައި އިންޒާރުތައް ނެރެފައެވެ. މިއާއެކު ކޯރުގެ އަރިމަތީގައި ދިރިއުޅޭ އެތައްހާސް ބަޔަކު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. އަދި އެހެން ހިސާބުތަކުގައި ދިރިއުޅޭ މީހުންވެސް ބަދަލުވާން ޖެހިދާނެކަމަށް ތައްޔާރުވެގެން ތިބުމަށް ދަނީ އަންގަމުންނެވެ.

ފެންބޮޑުވެފައި ވުމުގެ ސަބަބުން ޑެލްހީގެ ގިނަ މަގުތަކެއްވަނީ ދަތުރު ނުކުރެވޭ ވަރުވެފައެވެ. ޑެލްހީގެ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލް ވިދާޅުވީ، ކުރިޔަށް އޮތް ދެ ދުވަހަކީވެސް ދަތި ދެ ދުވަހަށް ވާނެކަމަށާއި، ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ހުއްޓާނުލައި މަސައްކަތްކުރަމުން ގެންދާނެކަމަށެވެ.

ޑެލްހީގެ އިތުރުން ހިމާލިޔާ ފަރުބަދަމަތީގައިވާ ހިމާޗަލް ޕްރަދޭޝްއާއި އުއްތަރަޚާންދުގައި ވެސް ހާލަތު ވަރަށް ގޯސްކަމަށް ޚަބަރުތައް ބުނެއެވެ. އެހިސާބުގައި ބައެއް މަގުތަކާއި ގެތައް ހަލާކުވުމުގެ ސަބަބުން، ހާލުގައިޖެހުނު މީހުން ސަލާމަތްކުރުމަށް، ސިފައިންނާއި ނެޝަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯސްގެ ފަރާތުން ދަނީ މަސައްކަތް ކުރަމުންނެވެ. ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ހިމާޗަލް ޕްރަދޭޝްގައި އެކަނިވެސް 700އެއްހާ މަގު ބަންދުކޮށްފައި ވާކަމަށް ޚަބަރު ލިބެއެވެ.

"ވޯޓަރލޮގިންގ" ނުވަތަ ބޮޑުވާ ފެންގަނޑު ނުހިނދި ދަނޑުބިން ތައް ހަލާކުވުމުގެ މައްސަލަ ރާޖަސްތާން، ޕަންޖާބް އަދި ހަރިޔާނާއަށް ވެސް ވަނީ ކުރިމަތިވެފައެވެ.

އާންމު ގޮތެއްގައި ކޮންމެ އަހަރަކުވެސް ޖޫން މަހުން ފެށިގެން ސެޕްޓެމްބަރަށް ކުރިމަތިވާ މޫސުމީ ވިއްސާރައަކީ އިންޑިޔާގެ ގޮވާން ދަނޑުތަކަށް އެކަމުގެ ބޭނުންޖެހިފައިވާ ވިއްސާރަޔަކަށް ވީނަމަވެސް، މި ވިއްސާރައިގެ ސަބަބުން ކޮންމެ އަހަރަކުވެސް މީހުން މަރުވެ، މުދަލަށް ގެއްލުން ލިބެއެވެ.

އިންޑިޔާއަށް މިފަހަކަށް އައިސް މޫސުމީގޮތުން ތަފާތު ހާލަތްތައް ދަނީ ކުރިމަތިވަމުންނެވެ. މިފަހަރުގެ ވިއްސާރަ ދުވަސްތައް މި އައީވެސް އުތުރު އިންޑިޔާގެ ބައެއް ހިސާބުތަކަށް ވަރަށް ބޮޑަށް ހޫނު ގަދަވެގެން ދިޔަ ދުވަސްކޮޅަކަށްފަހުއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
16 ފެބުރުއަރީ 2017

ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ

16 ފެބުރުއަރީ 2017
ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ
14 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އެއަރކޯނަށް ޖެހި ސްޕްރޭއަކުން ބައެއްގެ ނޭވަޔަށް އުނދަގޫވެގެން އެއަރޕޯޓް ބަންދުކޮށްފި

12 ފެބުރުއަރީ 2017
އެއަރކޯނަށް ޖެހި ސްޕްރޭއަކުން ބައެއްގެ ނޭވަޔަށް އުނދަގޫވެގެން އެއަރޕޯޓް ބަންދުކޮށްފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
31 ޖެނުއަރީ 2017

ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

31 ޖެނުއަރީ 2017
ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް