Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަލީ ވަހީދު އަނބުރާ ރާއްޖެ ވަޑައިގަތުން

އަޅުގަނޑުގެ މައްސަލަ އަށް ރައީސް ޞާލިހު އަތްބާނުއްވާފަ އެއް ނުވޭ، ޑީލް އެއް ނުހަދަން - އަލީ ވަހީދު

11 ޖުލައި 2023 | އަންގާރަ 11:19

އަލީ ވަހީދު ވަނީ އޭނާ އެއްވެސް މީހަކާއި މެދު ޖިންސީ ގޯނާ، އަދި ޖިންސީ ފުރައްސާރަ ކުރައްވާފައި ނުވާނެ ކަމަށް ﷲ ގަންދީ ހުވާކުރައްވާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 11 ޖުލައި 2023 | އަންގާރަ 11:19
ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދު

ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދު

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރި ޖިންސީ ގޯނާގެ ގިނަ ދައުވާތަކުގެ މައްސަލަ އަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު އެއްވެސް ވަރަކަށް އަތް ބާނުއްވާފައި ނުވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އޭނާ މިހެންވިދާޅުވީ ތިން އަހަރަށް ވުރެ ގިނަ ދުވަސް ފަހުން އެނބުރި ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ. އަލީ ވަހީދު ވިދާޅުވީ އެ މައްސަލަ އާއި ގުޅިގެން އޭނާ އާއި އެއްކޮޅަށް ވެސް އަދި ދެކޮޅަށް ވެސް ސަރުކާރުން މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ. މި މައްސައިގައި އަމަލުކުރި ގޮތުން ރައީސް އަށް އެ އިޚުތިރާމް އޮންނާނެ ކަމަށް އެނާ ވަނީ ވިދާޅުވެފައެވެ.

އަލީ ވަހީދުގެ މައްޗަށް ކުރި ދައުވާތައް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ވަނީ އަނބުރާ ގެންގޮސްފައެވެ. އެކަން ކުރީ ޑީލް އެއްގެ ދަށުންތޯ ނޫސްވެރިޔަކު ސުވާލުކުރުމުން އޭނާ ވިދާޅުވީ ތުހުމަތުތަކުން ބަރީއަވެގެން އަނބުރާ މާލެ ވަޑައިގަންނަވާފައި ވަނީ ޑީލް އެއް ހަދައިގެން ނޫން ކަމަށެވެ. އަދި ޑީލް އެއް ހަދާ ނަމަ އެކަން ކުރާނީ މިއަދު ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ވަހީދު ވަނީ ސިޔާސީ މީހުން އެކި ތުހުމަތުތަކުގައި ޖަލަށް ލާތީ އެކަމަށް ވެސް ފާޑު ވިދާޅުވެފައެވެ. އަދި އެމްއެމްޕީއާރުސީގެ މައްސަލައިގައި ވަކި ބަޔަކަށް އަމާޒުކޮށް ސިލެކްޓިވް ޖަސްޓިސް އެއް ހިންގާ ކަމަށް ތުހުމަތުކުރެއްވިއެވެ. އެއީ އެކަން ކުރެވިގެންވާނެ ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން އަލީ ވަހީދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ރެހެނދި ފްލެޓުގައި 25 މިލިއަން ރުފިޔާ ނެންގެވި ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޭނާ ވަނީ އަންގާރަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ރައީސް ޞާލިހު އެފަދައިން ފައިސާ ނަންގަވާފައި ނުވާ ކަަމަށާ ރައީސަކީ އެއަށް ވުރެ ލިބޭ ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ. އަދި އޭރު ދެއްކެވި ވާހަކަތަކަކީ އެނާ އާއި މެދު ދޮގު ތުހުމަތުތައް ކުރި މީހުން ހޯދަން ބޭނުން ކުރެއްވި އުކުޅެއް ކަމަށް ވިދާޅުވެފައެވެ.

އަލީ ވަހީދު ވަނީ އޭނާ އެއްވެސް މީހަކާއި މެދު ޖިންސީ ގޯނާ، އަދި ޖިންސީ ފުރައްސާރަ ކުރައްވާފައި ނުވާނެ ކަމަށް ﷲ ގަންދީ ހުވާކުރައްވާފައެވެ. އަދި އެފަދަ ކަމެއް ކޮށްފައިވާ ނަމަ އެކަމުގެ ހެކި ކޮބާތޯ އޭނާ ސުވާލު އުފެއްދެވިއެވެ. އެ ކަމަކީ އޭނާ އާއި ދެކޮޅަށް ބަޔަކު ރާވައިގެން ހިންގި ކަމެއް ކަމަށް އޭނާ ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. އެކަން ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ނުވަތަ ކުރީގެ ރައީސް އަބްދުﷲ ޔާމީން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކައިރިން އެފަދަ މީހުން ފެންނަ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން ކުރިއަށް އޮތްތަނުގައި ސިޔާސީ ދާއިރާ އިން ކުރިއަށް ދިއުމުގެ ވިސްނުމެއް ނެތް ކަމަށާއި ކުރިއަށް ވަޑައިގަންނަވާނީ ފުޓްބޯޅައިގެ ދާއިރާއިން ކަމަށް ވިދާޅުވިއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ތާއީދު ކުރައްވަނީ ކޮން ކެނޑިޑޭޓަކަށްތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ އެކަން ނިންމާނީ އާއްމުންނާއި ވާހަކަދެއްކެވުމަށް ފަހު ކަމަށެވެ. އެހެންނަމަވެސް އޭނާ ތާޢީދު ކުރައްވާ ކެނޑިޑޭޓެއް ހާމަކުރައްވާނީ ފަހުން ކަމަށް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް