Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުއްތަމަ ފަނޑިޔާރު

އިންސާފު ހޯދުމުގެ ޚަރަދު ބޮޑުވާނަމަ އިންސާފު ލިބުމަށް ހުރަސް އެޅިގެންދާނެ: އުއްތަމަ ފަނޑިޔާރު

11 ޖުލައި 2023 | އަންގާރަ 02:16

ކޯޓުގެ އަދަބު ސަދަބު ހިފަހައްޓައި ކޯޓުގެ ހުރުމަތް ހިފެހެއްޓުމަކީ ފަނޑިޔާރުންގެވެސް ޒިންމާއެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 11 ޖުލައި 2023 | އަންގާރަ 02:16
އުއްތަމަ ފަނޑިޔާރު، ކ. ހުރާ މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ

އުއްތަމަ ފަނޑިޔާރު، ކ. ހުރާ މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ

ފަސޭހަކަމާއެކު އިންސާފު ފޯރުކޮށްދިނުމުގައި އެންމެ މުހިންމު އެއް ކަމަކީ އިންސާފު ހޯދުމަށް ރައްޔިތުން ކުރަންޖެހޭ ޚަރަދު ކުޑަކުރުންކަމާއި އިންސާފު ހޯދުމުގެ ޚަރަދު ބޮޑުވާނަމަ އިންސާފު ލިބުމަށް ހުރަސް އެޅިގެންދާނެކަމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަހުމަދު މުޢުތަޞިމް އަދުނާން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ހޯމަ ދުވަހު ކ.ހުރާ މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ އިންސާފު ގާއިމްކުރުމުގެ ބާރަކީ ފަނޑިޔާރުންނަށް ރައްޔިތުން ދީފައިވާ ރައްޔިތުންގެ ބާރެއްކަމަށާއި، ރައްޔިތުންނެކޭ އެއްފަދައިން ކޯޓުގެ އަދަބު ސަދަބު ހިފަހައްޓައި ކޯޓުގެ ހުރުމަތް ހިފެހެއްޓުމަކީ ފަނޑިޔާރުންގެ ވެސް ޒިންމާއެއްކަމަށެވެ.

Advertisement - newsAdvertisement

އިންސާފު ފޯރުކޮށްދިނުމުގައި އެންމެ މުހިންމު އެއް ކަމަކީ އިންސާފު ހޯދުމަށް ރައްޔިތުން ކުރަންޖެހޭ ޚަރަދު ކުޑަކުރުންކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ވެސް ފީ އަކާ ނުލާ މަސައްކަތްކޮށްދެއްވާ ވަކީލުން ތިއްބަވާކަމަށާއި، އެބޭފުޅުން އެކުރައްވާ މަސައްކަތުން ރައްޔިތުންނަށް އިންސާފަށް ވާސިލްވުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާކަމަށެވެ. އެފަދަ ވަކީލުންނަށް އުއްތަމަ ފަނޑިޔާރު ޝުކުރު އަދާކުރެއްވިއެވެ.

އަދި ޝަރީއަތްތަކާ ގުޅުންހުރި ދުވަސްވީ ލިޔުންތައް ފަނޑިޔާރުން ދިރާސާކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވައި، އެފަދަ ދިރާސާތައް ކުރުމަކީ ފަނޑިޔާރުންގެ ޢިލްމީ ގާބިލުކަން އިތުރުވެގެން ދާނެކަމެއްކަމުގައި އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ. އަދި އެފަދަ ދިރާސާތައް ކުރުމަކީ ޢަދަލު އިންސާފު ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ މުހިންމު ޢިލްމީ ވަޞީލަތަކަށް ވެގެންދާނެކަން ވެސް ފާހަގަކުރެއްވިއެވެ.

މިދަތުރުގައި އުއްތަމަ ފަނޑިޔާރުގެ އަރިހުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން އާއި ބަންޑާރަނާއިބު އަލްއުސްތާޛު އިބްރާހީމް ރިފްޢަތު އާއި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނާއިބު ރައީސް އަލްއުސްތާޛު މަސްތޫރު ޙުސްނީ އާއި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރު އާމިނަތު އުއްމުކުލްޘޫމް އާއި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރު އަދި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާޞިޙުގެ އިތުރުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒްނާ ބައިވެރިވެވަޑައިގެންނެވިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނާއިބު ރައީސް އަލްއުސްތާޛު މަސްތޫރު ޙުސްނީގެ ވާހަކަފުޅުގައި ކޯޓުތަކުގެ ތަރައްގީއަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވައި ގިނަ ކޯޓުތަކެއްގެ އުމްރާނީ ތަރައްގީއަށާއި ޝަރުޢީ ދާއިރާގެ ބަޖެޓު އެހެން އަހަރުތަކަށްވުރެ އިތުރުވެފައިވާކަމަށް ވިދާޅުވިއެވެ. އަދި ކޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން އެއްވެސް ތަފާތުކުރުމެއް ނެތި ހުރިހާ ފަރާތްތަކަށްވެސް ޚިދުމަތް ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ޚިދުމަތް ލިބިގަންނަ ފަރާތަކީ ވަކީލެއް ކަމުގައިވިޔަސް ނުވަތަ އާންމު ރައްޔިތަކު ކަމުގައިވިޔަސް އެފަރާތްތަކަށް ހަމަހަމަކަމާއެކު ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ހޯމަ ދުވަހު ހުޅުވި ކ. ހުރާ މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތަކީ، 2021 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެ ރަށު ކައުންސިލާ ހަވާލުކުރި މަސައްކަތެކެވެ. އެ ރަށުގެ މެޖިސްޓްރޭޓް ކޯޓު މީގެ ކުރިން ހިންގަމުން އައީ ދެ ކޮޓަރީގެ ޖާގައިގެ ދަތިކަން ހުރި އިމާރާތެއްގެ ތެރޭގައެވެ. ނަމަވެސް އައު އިމާރާތް ފަރުމާކޮށްފައިވަނީ މިހާރުގެ ޤާނޫނުތަކުން ތަސައްވަރު ކުރާ ފަދަ ގޮތަކަށް ޝަރީޢަތްތައް ހިންގުމަށް ބޭނުންވާނެ ޖާގައާއި ވަސީލަތްތައް ހިމެނޭ ގޮތަށެވެ. އެގޮތުން ޝަރީއަތްކުރާނެ މާލަމަކާއި މެޖިސްޓްރޭޓުންނާއި މުވައްޒަފުން މަސައްކަތްކުރުމަށް ވަކިން ހާއްސަކުރެވިފައިވާ ބައިތަކުގެ އިތުރުން ސްޓޭންޑަރޑް ކޯޓެއްގައި ފުރިހަމަވާންޖެހޭ ގިނަ ކަންކަން ހިމެނޭނެ ކަމަށާއި އޭގެ ތެރޭގައި ޝަރުޢީ ލިޔެކިޔުންތައް އަރުޝީފް ކުރާނެ ޖާގައިގެ އިތުރުން ޢާންމުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ފަސޭހަވާނެހެން ރިސެޕްޝަން އޭރިއާއަކާއި ވެއިޓިންގ އޭރިއެއް ހިމެނޭ ކަމަށް ވެސް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ޝަރުއީ ދާއިރާ އިންތިހާ އަށް ސިޔާސީވެފައި، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގެއް ނެތް: އެމްނެސްޓީ

23 ފެބުރުއަރީ 2017
ޝަރުއީ ދާއިރާ އިންތިހާ އަށް ސިޔާސީވެފައި، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގެއް ނެތް: އެމްނެސްޓީ
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް