Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުސާޓާ އެވޯޑްސް

2024 ވަނަ އަހަރުގެ ސާޓާ އެވޯޑްސް، ކަތަމަންޑޫގައި ބޭއްވުމާމެދު މަޝްވަރާ ކުރަނީ

10 ޖުލައި 2023 | ހޯމަ 14:49

މި އަހަރު ސާޓާ ބާއްވަނީ، އަންނަ އޮކްޓޯބަރ މަހު އިންޑިއާގެ ބެންގަލޯރުގައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 10 ޖުލައި 2023 | ހޯމަ 14:49
ހައިރައިޒްގެ ޑިރެކްޓަރު އަދި ކޯ ފައުންޑަރު، އިސްމާއީލް ހަމީދު (ހައިރައިޒް އިއްސެ)

ހައިރައިޒްގެ ޑިރެކްޓަރު އަދި ކޯ ފައުންޑަރު، އިސްމާއީލް ހަމީދު (ހައިރައިޒް އިއްސެ)

ދެކުނު އޭޝިއާގައި ދޭ ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ)ގެ 2024 ވަނަ އަހަރުގެ އެޑިޝަން، ނޭޕާލުގެ ކަތަމަންޑޫގައި ބޭއްވުމުގެ މަޝްވަރާތައް ކުރަމުންދާކަމަށް، ހައިރައިޒްގެ ޑިރެކްޓަރު އަދި ކޯ ފައުންޑަރު އިސްމާއީލް ހަމީދު (ހައިރައިޒް އިއްސެ) ވިދާޅުވެއްޖެއެވެ.

37 ކެޓަގަރީއާއެކު މި އަހަރު ސާޓާ އެވޯޑްސް ބޭއްވުމަށް ތައްޔާރުވެފައިވާއިރު، ސާޓާގެ ޕާޓްނަރުންނާއެކު ހޯމަ ދުވަހު ވަނީ ސޮއިކޮށްފައެވެ.

އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި އިސްމާއީލް ވިދާޅުވީ މިއީ އިތުރު ގައުމުތަކަކަށް ސާޓާ އެވޯޑްސް ގެންދަންވީ ވަގުތުކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން ނޭޕާލް ޓުއަރިޒަމް ބޯޑާއެކު ސާޓާ އެވޯޑްސް ކަތަމަންޑޫގައި ބޭއްވުމުގެ މަޝްވަރާތައް ކުރާކަމަށް އޭނާ ވިދާޅުވިއެވެ. މި އަހަރު ސާޓާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރ މަހު އިންޑިއާގެ ބެންގަލޯރުގައެވެ. 2016އިން ފެށިގެން ދެމުން އަންނަ މި އެވޯޑަކީ ކާމިޔާބު އެވޯޑެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މިއީ ހޮޓެލިންގ އިންޓަސްޓްރީގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ އެވޯޑެއް ކަމަށެވެ.

ޚާއްސަގޮތެއްގައި، އެވޯޑް ދިނުމުގައި ބަލަންޖެހޭ ކަންކަން ބަލާ ޖަޖުންގެ ޕެނަލާއި އެވޯޑް ދިނުމުގައި ގެންގުޅޭ މިންގަނޑާމެދު، ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ހިތްހަމަޖެހޭ ކަމަށް އިސްމާއީލް ވިދާޅުވިއެވެ. މިހާރުވެސް 6 ގައުމަކުން އެ އެވޯޑުގައި ބައިވެރިވާކަމަށާއި އެ އެވޯޑުގައި ބައިވެރިވުމަށް އިތުރު ގައުމުތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ސާޓާއަށް 1000ށްވުރެ ގިނަ ނޮމިނޭޝަން ހުށަހެޅިފައި ވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި ސަރަހައްދުގެ މަގުބޫލު އެވޯޑެއްގެގޮތުގައި ސާޓާ އެވޯޑު ފާހަގަކުރެވޭއިރު، އެ އެވޯޑު ފުރިހަމަކުރުމަށް އެއްބާރުލުމައި އެހީތެރިކަން ދިން ހުރިހާ ފަރާތްތަކަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި އެވޯޑަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއަރާފައިވާ ފަރާތްތަކާއި އެ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެގޮތުން ދޭ އެވޯޑެކެވެ. މިއީ މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނަ ގައުމުތައް ހިމެނޭ އެސޯސިއޭޝަންތަކުން ވެސް އެންޑޯޒުކޮށްފައިވާ އެވޯޑެކެވެ.

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

3

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

އިތުރަށް ކިޔާލަން

08 އޯގަސްޓު 2017

ބީއެމްއެލްގެ މިއަހަރުގެ ބޯޑުގައި ޗެއާރޕާސަން ފަރީހާގެ އިތުރުން ދެ ޑައިރެކްޓަކު ނުހިމެނޭ!

08 އޯގަސްޓު 2017
ބީއެމްއެލްގެ މިއަހަރުގެ ބޯޑުގައި ޗެއާރޕާސަން ފަރީހާގެ އިތުރުން ދެ ޑައިރެކްޓަކު ނުހިމެނޭ!
08 ޖުލައި 2017

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގޯލްޑް ޕާޓްނަރަކަށް ދިރާގު

08 ޖުލައި 2017
ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގޯލްޑް ޕާޓްނަރަކަށް ދިރާގު
18 ޖޫން 2017

ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި

18 ޖޫން 2017
ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި
17 މެއި 2017

މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

17 މެއި 2017
މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން
14 މެއި 2017

ބީއެމްއެލް އިން "ސްޓާފް އެވޯޑްސް 2017" ގައި އެވޯޑް ދީފި

14 މެއި 2017
ބީއެމްއެލް އިން "ސްޓާފް އެވޯޑްސް 2017" ގައި އެވޯޑް ދީފި
28 މާރިޗު 2017

ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ

28 މާރިޗު 2017
ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
20 ޖެނުއަރީ 2017

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ
11 ޖެނުއަރީ 2017

މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ

11 ޖެނުއަރީ 2017
މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް