Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވާގްނާރ ގްރޫޕާއި ޕުޓިން އާ ދެމެދު ވާހަކަ ދެކެވުނު

ވާގްނާރ ގްރޫޕްގެ ލީޑަރާއި ހަނގުރާމަވެރިންނާއި ޕުޓިން އާ ދެމެދު ވާހަކަތަކެއް ބޭއްވުނު - ކްރެމްލިން

މި ބައްދަލުވުމާއި ގުޅޭގޮތުން އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ ފްރާންސްގެ ނޫހެއްކަމުގައިވާ ލިބެރޭޝަނުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 10 ޖުލައި 2023 | ހޯމަ 14:50
ވާގްނާރ ގްރޫޕްގެ ލީޑަރ ޔެވްގެނީ ޕްރިގޮޒިން

ވާގްނާރ ގްރޫޕްގެ ލީޑަރ ޔެވްގެނީ ޕްރިގޮޒިން

ރަޝިޔާގެ އަސްކަރިއްޔާ އާ ދެކޮޅަށް ވާގްނަރ ގްރޫޕުން ހިންގި ނާކާމިޔާބު އަސްކަރީ ހަރަކާތަށްފަހު އެ ގްރޫޕްގެ ލީޑަރ ޔެވްގެނީ ޕްރިގޮޒިން އާއި އެ ގްރޫޕްގެ ކޮމާންޑަރުންނާއި ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން ބައްދަލުކުރެއްވި ކަމަށް ކްރެމްލިންގެ ސްޕޯކްސްމަން ވިދާޅުވެއްޖެއެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ ފްރާންސްގެ ނޫހެއްކަމުގައިވާ ލިބަރޭޝަނުންނެވެ. އެނޫހުގައި ބުނެފައިވަނީ ޕްރިގޮޒިން ވަނީ ޕުޓިން އާއި ނޭޝަނަލް ގަރޑްގެ ހެޑް ވިކްޓަރ ޒޮލޮޓޮވް އަދި އެސްވީއާރު ފޮރިން އިންޓެލިޖެންސްގެ ވެރިޔާ ސަރްގެއި ނަރީޝްކިން އާ ބައްދަލުކޮށްފަ ކަމަށެވެ.

މިބައްދަލުވުމާއި ގުޅޭގޮތުން ކްރެމްލިންގެ ސްޕޯކްސްމަން ޑިމިޓްރީ ޕެސްކޮވް ވިދާޅުވީ މި ބައްދަލުވުން ބާއްވާފައިވަނީ ވާގްނާރ ގްރޫޕްގެ ނާކާމިޔާބު އަސްކަރީ ހަރަކާތް ހިންގިތާ ފަސް ދުވަސްފަހުން ޖޫން 29 ގައިކަމަށެވެ. ޕެސްކޮވް އިތުރަށް ވިދާޅުވީ މިބައްދަލުވުމަށް ޕުޓިން ވަނީ 35 މީހަކަށް ދައުވަތު ދެއްވާފައެވެ. އޭގެތެރޭގައި ޕްރިގޮޒިންގެ އިތުރުން ވާގްނަރ ގްރޫޕްގެ ކޮމާންޑަރުން ހިމެނެއެވެ. މިބައްދަލުވުން 3 ގަޑިއިރަށް ދިގުދެމިގެންދިޔަކަމަށްވެސް ޕެސްކޮވް ވިދާޅުވިއެވެ.

ޕެސްކޮވް އިތުރަށް ވިދާޅުވީ ޕުޓިން ވަނީ ކޮމާންޑަރުން ދެއްކި ވާހަކަތައް އަޑުއައްސަވާފައެވެ. އެގޮތުން ކަންތައްތައް ވީގޮތާއި އެމީހުންގެ މަސައްކަތްތައް ކުރިޔަށްގެންދިޔުމަށާއި ހަނގުރާމަކުރިޔަށްގެންދަން ދެން އައި ހުށަހެޅުންތަކާއި ގުޅޭގޮތުން ކޮމާންޑަރުން ވަނީ ޕުޓިން އާ ވާހަކަދައްކާފައެވެ.

މީގެއިތުރުން ޖޫން 24 ގައި ކަންތައްތައްވީގޮތާއި ގުޅޭގޮތުން ކޮމާންޑަރުން ދެއްކި ވާހަކަތައްވެސް ޕުޓިން އަޑުއެއްސެވިކަމަށް ޕެސްކޮވް ވިދާޅުވިއެވެ. ކޮމާންޑަރުން ވަނީ އެމީހުންނަކީ ރަޝިޔާގެ ސިފައިންނަށް އެހީތެރިވެދީ ރަޝިޔާގެ ސަރުކާރުގެ އެންމެ އިސްވެރިޔާ އާއި ސްޕްރީމް ކޮމާންޑަރ އިން ޗީފަށް އެހީތެރިވެދީ ތާއީދުކުރުމުގައި ތިބި ވަފާތެރި ބައެއްކަމަށް އެމީހުން ބުނިކަމަށް ޕެސްކޮވް ވިދާޅުވިއެވެ. އަދި ރަޝިޔާގެ ދިފާއުގައި އަދިވެސް ހަނގުރާމަކުރުމަށް އެމީހުން ތައްޔާރަށް ތިބިކަމަށް ބުނިކަމަށް ޕެސްކޮވް ވިދާޅުވިއެވެ.

ޕްރިގޮޒިންގެ މޭސްތިރިކަމުގެ ދަށުން ރަޝިޔާގެ އަސްކަރިއްޔާ އާ ދެކޮޅަށް ޖޫން 24 ވަނަ ދުވަހު ކުރިޔަށްދިޔަ ހަރަކާތުގެ ތެރެއިން ވާގްނާރ ގްރޫޕުން ވަނީ ރަޝިޔާގެ ދެކުނުގެ ސިޓީއެއްކަމުގައިވާ ރޮސްޓޮވް ހިފާފައެވެ. ރޮސްޓޮވްގެ އަސްކަރީ ހެޑްކުއަރޓާރ އެމީހުންގެ ބާރުގެ ދަށަށް ގެނެސް ރަޝިޔާގެ ވެރިރަށް މޮސްކޯ އާ ދިމާލަށް މިސްރާބު ޖެހިއެވެ. އެމިސްރާބު ބަަދަލުކޮށް އަމާންދިނީ މެދުވެރިއެއްގެ ދައުރު ބެލަރޫސްގެ ރައީސް އަލެކްސެންޑަރ ލުކްޝެންކޯ އަދާކުރައްވައިގެންނެވެ.

ޕުޓިން ވަނީ އޭގެފަހުން ރަޝިޔާގެ އަސްކަރިއްޔާ އާ ބައްދަލުކުރައްވާ އަސްކަރިއްޔާއިން ގައުމުގެ ދިފާއުގައި ކުރި ބުރަ މަސަައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. ނާކާމިޔާބު އަސްކަރީ ހަރަކާތަށްފަހު ޕްރިގޮޒިން ދިން 11 މިނެޓްގެ އޯޑިއޯ މެސެޖްގައި ބުނެފައިވަނީ އެހަރަކާތަކީ ރަޝިޔާގެ ރައީސް ޕުޓިން އާ ދެކޮޅަށް ހިންގި ހަރަކާތެއް ނޫންކަމަށާއި އެއީ ވާގްނާރ ގްރޫޕަށް ރަޝިޔާގެ ޗީފް ޑިފެންސްގެ ފަރާތުން އިންސާފު ހޯދުމަށް ކުރި ކަމެއްކަމަށް ބުނެފައެވެ.

ޕުޓިން ވަނީ ރަޝިޔާގެ ޑިފެންސް މިނިސްޓަރ ސަރްގެއި ޝޮއިގޫ އާއި ޗީފް އޮފް ޖެނެރަލް ސްޓާފް ވެލެރީ ގެރަސިމޮވް މަގާމުގައި އެގޮތުގައި ބައިތިއްބަވާފައެވެ.

ބެލަރޫސްގެ ރައީސް އާ ޕްރިގޮޒިން ހެދި ޑީލްގެ ދަށުން ޕްރިގޮޒިން އާއި އޭނާގެ ހަނގުރާމަވެރިންނަށް ބެލަރޫސް އިން އަމާންކަން ދޭންޖެހެއެވެ. ނަމަވެސް މިދިޔަ ހަފްތާގައި ބެލަރޫސްގެ ރައީސް ވިދާޅުވެފައިވަނީ ޕްރިގޮޒިން އާއި އޭނާގެ ހަނގުރާމަވެރިން ބެލަރޫސް ގަނެތް ކަމަށެވެ.

ޕްރިގޮޒިން މިވަގުތު ވީތަނެއް ނޭނގޭއިރު، އޭނަގެ ގަނޑުވަރެއްކަހަލަ ގެ ވަނީ ދާދި ފަހުން ރަޝިޔާ ސިފައިން ރެއިޑް ކޮށްފައެވެ. މިރެއިޑްގެތެރޭގައި ޕްރިގޮޒިން ސިފަބަދަލު ކުރުމަށް ބޭނުންކުރާކަމަށް ބެލެވޭ އެތައް ވިގު ތަކާ ގިނަ އަދަދެއްގެ ރަން، ނަގުދު ފައިސާ އަދި ހަތިޔާރު ފެނިފައިވެއެވެ

އިތުރަށް ކިޔާލަން

07 މެއި 2018

ޕުޓިން 4 ވަނަ ދައުރަކަށް މިއަދު ހުވާ ކުރައްވަނީ

07 މެއި 2018
ޕުޓިން 4 ވަނަ ދައުރަކަށް މިއަދު ހުވާ ކުރައްވަނީ
03 މެއި 2018

އުތުރު ކޮރެއާގެ ލީޑަރާއި ޓްރަމްޕް ބައްދަލުކުރައްވާނީ ޑީއެމްޒީގައި؟

03 މެއި 2018
އުތުރު ކޮރެއާގެ ލީޑަރާއި ޓްރަމްޕް ބައްދަލުކުރައްވާނީ ޑީއެމްޒީގައި؟
21 މާރިޗު 2018

ޕުޓިން އިންތިޚާބު ކާމިޔާބުކުރެއްވުމުން ޓްރަމްޕް މަރުހަބާ ވިދާޅުވެއްޖެ

21 މާރިޗު 2018
ޕުޓިން އިންތިޚާބު ކާމިޔާބުކުރެއްވުމުން ޓްރަމްޕް މަރުހަބާ ވިދާޅުވެއްޖެ
09 މާރިޗު 2018

އުތުރު ކޮރެއާގެ ލީޑަރާއި އެމެރިކާގެ ރައީސް ވަރަށް އަވަހަށް ބައްދަލުކުރައްވަނީ!

09 މާރިޗު 2018
އުތުރު ކޮރެއާގެ ލީޑަރާއި އެމެރިކާގެ ރައީސް ވަރަށް އަވަހަށް ބައްދަލުކުރައްވަނީ!
29 ޖެނުއަރީ 2018

އެމެރިކާއިން އުޅެނީ ރަޝިޔާގެ އިންތިޚާބަށް ނުފޫޒު ފޯރުވަން: ޕުޓިން

29 ޖެނުއަރީ 2018
އެމެރިކާއިން އުޅެނީ ރަޝިޔާގެ އިންތިޚާބަށް ނުފޫޒު ފޯރުވަން: ޕުޓިން
11 ޖޫން 2017

ބޮޑު ބަލަ ސޭނާ ގްރޫޕްގެ އިސްމީހަކު ލަންކާ ފުލުހުން ހައްޔަރު ކޮށްފި

11 ޖޫން 2017
ބޮޑު ބަލަ ސޭނާ ގްރޫޕްގެ އިސްމީހަކު ލަންކާ ފުލުހުން ހައްޔަރު ކޮށްފި
18 މެއި 2017

ސިއްރު މައުލޫމާތު ހިއްސާކުރެއްވި ވާހަކައަށް ޕުޓިން ހަޖޫ ޖައްސަވައިފި

18 މެއި 2017
ސިއްރު މައުލޫމާތު ހިއްސާކުރެއްވި ވާހަކައަށް ޕުޓިން ހަޖޫ ޖައްސަވައިފި
23 މާރިޗު 2017

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
07 ޖެނުއަރީ 2017

އިންތިހާބަށް ނުފޫޒް ފޯރުވުމުގެ ކެމްޕޭނެއް ހިންގުމަށް ޕުޓިން އަމުރުކުރެއްވި: އިންޓެލް ރިޕޯޓް

07 ޖެނުއަރީ 2017
އިންތިހާބަށް ނުފޫޒް ފޯރުވުމުގެ ކެމްޕޭނެއް ހިންގުމަށް ޕުޓިން އަމުރުކުރެއްވި: އިންޓެލް ރިޕޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު