Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލިޔުންތެރީންގެ ދުވަސް

ދިވެހިބަހުގެ ޒަމާންވީ ހަމަތަކަށް ނުފެތޭ އިބާރާތްތަކާއި ލިޔުންތައް ދަނީ ގިނަވަމުން، އިތުރަށް ސަމާލުވޭ: ޑރ.އަޝްރަފް

8 ޖުލައި 2023 | ހޮނިހިރު 07:48

އަބަދުވެސް ގައުމުގެ ހެވާއި ލާބައަށް އިސްކަންދޭންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 8 ޖުލައި 2023 | ހޮނިހިރު 07:48
ދިވެހިބަހުގެ އެކަޑަމީގެ ރައީސް ޑރ. އަޝްރަފު އަބްދުއްރަހީމް

ދިވެހިބަހުގެ އެކަޑަމީގެ ރައީސް ޑރ. އަޝްރަފު އަބްދުއްރަހީމް

މިހާރު ދިވެހިބަހުގެ ޒަމާންވީ ހަމަތަކަށް ނުފެތޭ އިބާރާތްތަކާއި ލިޔުންތައް ގިނަވަމުންދާކަމަށާއި، އިތުރަށް ސަމާލުވާންޖެހޭ ކަމަށް ދިވެހިބަހުގެ އެކަޑަމީގެ ރައީސް ޑރ. އަޝްރަފު އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

ޑރ. އަޝްރަފް މިހެން ވިދާޅުވީ ލިޔުންތެރީންގެ ދުވަހާ ގުޅިގެން ދެއްވި ޚިތާބުގައެވެ. އޭނާ ވިދާޅުވީ މިއަދުގެ ލިޔުންތެރިންނަކީ މި ގައުމު ބައްޓަންކޮށްދީ، އަންނާން އޮތް ޖީލުތަކަށް ސަލާމަތާއި ރައްކާތެރިކަމާއެކު ގައުމު ގެންގޮސްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ބަޔެއްކަމެއް ކަަމަށެވެ. އަދި ގައުމުގެ ބޮޑެތި މައްސަލަތަކަށް އަލިއަޅުވާލައި ލިޔުންތައް ލިޔެވިދާނެ ކަމަށާއި, ނަމަވެސް ލިޔަންވާނީ ފިތުނައާއި ހަސަދައިން އެއްކިބާވެ، ތެދުވެރިކަމާއެކު ކަމަށެވެ. ސިޔާސީ ކޯޅުންތަކަށާއި، ޚިޔާލު ތަފާތުވާ ބޮޑެތި މައްސަލަތަކުގައި އިތުރަށް ހުޅުހިފައި އަނދައިގަންނާނޭ ގޮތަށް ދަރުގަނޑު ހެޔޮވަރުކޮށްލައިދޭ ލިޔުންތެރިއަކަށް ވެގެން ނުވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އަބަދުވެސް ގައުމުގެ ހެވާއި ލާބައަށް އިސްކަންދޭންޖެހޭ ކަމަށާއި، ލިޔުންތެރީން ސަމާލުވާންޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

ޑރ. އަޝްރަފް ވިދާޅުވީ މިއަދު ނުކުންނަނީ އެންމެ މަޖައްލާއެއް އެންމެ ނޫހެއް ނޫން ކަމަށެވެ. އޭރުގެ ހާލަތާއި މިހާރުގެ ހާލަތު ނުހަނު ތަފާތު ކަމަށާއި، މިއީ އޮންލައިނުގެ ޒަމާންކަން އޭނާ ފާހަގަކުރެއްވިއެވެ. އޭނާ، ވިދާޅުވީ ޗާޕުކޮށްގެން ނެރެވޭ ނޫހާއި މަޖައްލާގެ އަދަދު މަދު ނަމަވެސް އޮންލައިނުގެ ހޮޅުއަށިތަކުގައި ޒަމާނީ ވަސީލަތުގެ ބޭނުން ހިފައިގެން ތައްޔާރުކޮށްފައިވާ ނޫސްތަކާއި މަޖައްލާތަކާއި އަމިއްލަ ބުލޮގުތަކާއި ބޮޑެތި ވެބުސައިޓުތައް އިންތިހާއަށް ގިނަ ކަމަށެވެ. އަދި އަމިއްލަ ފޯނު މެދުވެރިކޮށް މިއިން ކޮންމެ ވަސީލަތެއްގައި ހުންނަ ލިޔުންތަކަށް ފަސޭހަކަމާއެކު ވާސިލުވެވޭ ކަމަށާއި، އިތުރު ބުރައެއް އުފުލާން ނުޖެހި ލިޔުންތައް ކިޔާން ބޭނުންވާ ބަޔަކަށް ކިޔައިލުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

ލިޔުންތެރީންގެ ދުވަހަކީ ދިވެހީންނަށް ޚާއްސަ ދުވަހެއްކަން ފާހަގަކުރައްވައި ޑރ. އަޝްރަފް ވިދާޅުވީ، ލިޔުންތެރީންގެ ލިޔުންތައް ހުންނަންވާނީ ދިވެހިބަހުން، ބަހުގެ ހަމަތަކާއި ބަހުގެ ނަލަކަން ފެންނަ ގޮތަށް ކަމަށެވެ. ނަމަވެސް ބައެއްގެ ލިޔުންތެރީންގެ ވިސްނުން ހުންނަ ގޮތުން ދިވެހިބަހާ ބީރައްޓެހި، ދިވެހިބަހުގެ ޒަމާންވީ ހަމަތަކަށް ނުފެތޭ އިބާރާތްތަކާއި ލިޔުންތައް ގިނަވަމުންދާ ކަމަށް ޑރ. އަޝްރަފް ވިދާޅުވިއެވެ. އަދި ވިދާޅުވީ ބަހުގެ އުސްތާޒުން ޒަމާނުއްސުރެ ގެންގުޅުނު ބަހުގެ ރީތި ހަމަތައް ދޫކޮށްލައި އަމިއްލަ ގޮތްތަކެއް އިހުތިޔާރުކޮށްގެން ނުވާނެ ކަމަށެވެ.

އެހެންކަމުން ބަހުގެ ހަމަތަކާ އެއްގޮތަށް ލިޔުންތައް ލިޔުމަށް ޑރ. އަޝްރަފް ވަނީ އިލްތިމާސްކުރައްވާފައެވެ. އޭނާ ވިދާޅުވީ ދިވެހި ގައުމާއި، ރާއްޖޭގެ ލިޔުންތެރިކަން އެއް ދުވަހުން އަނެއް ދުވަހަށް ތަރައްގީވެ ކުރިއަރައިގެން ދިއުމުގައި އެގޮތަށް އަމަލުކުރަންޖެހޭ ކަމަށެވެ.

ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 8 ވަނަ ދުވަހަކީ ދިވެހި ލިޔުންތެރީންނަށް ޚާއްސަކޮށްފައިވާ ދުވަހެވެ.

ދިވެހި ސަރުކާރުން ލިޔުންތެރީންގެ ދުވަހެއް ކަމުގައި ހަމަޖައްސާފައިވަނީ މީގެ 90 އަހަރު ކުރިން ނެރުނު ''އަލްއިސްލާހް'' މަޖައްލާ ދުނިޔެއަށް ނޭވާލީ ދުވަހެވެ. ޚިދުމަތްތެރި ބޭފުޅުންކޮޅެއްގެ މިންނެތް އަދި ބުރަ މަސައްކަތްޕުޅުން ވުޖޫދަށް އައި މި މަޖައްލާ ނެރެފައިވަނީ 1933 ޖުލައި 08 ގައެވެ. އެކަމުގައި އެންމެ އިސް މޭސްތިރިއެއްގެ ގޮތުގައި ހުންނެވީ ރާއްޖޭގެ ފުރަތަމަ ދުސްތޫރީ ވެރިކަމުގެ ވަޒީރުއްދާޚިލިއްޔާ އަދި ވަޒީރުލްމައާރިފު އަލްއުސްތާޒު އަހުމަދު ކާމިލުދީދީ (ރަހިމަހުﷲ)އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

13 މެއި 2020

ސައީދު ހުށަހެޅުއްވި ކޮވިޑް-19 ގެ އެހީތެރިކަމުގެ ބިލު މަޖިލީހުގެ ގަވާއިދަށް ނުފެތޭތީ ބަލައިގަނެވޭކަށް ނެތް: މަޖިލީހުގެ ރައީސް

13 މެއި 2020
ސައީދު ހުށަހެޅުއްވި ކޮވިޑް-19 ގެ އެހީތެރިކަމުގެ ބިލު މަޖިލީހުގެ ގަވާއިދަށް ނުފެތޭތީ ބަލައިގަނެވޭކަށް ނެތް: މަޖިލީހުގެ ރައީސް
14 އެޕްރީލު 2020

ފޮތް ކިއުމުގައި ދިވެހިބަހުން ހުރި ފޮތްތައް ކިޔަން އިސްކަންދީ: ދިވެހިބަހުގެ އެކަޑަމީ

14 އެޕްރީލު 2020
ފޮތް ކިއުމުގައި ދިވެހިބަހުން ހުރި ފޮތްތައް ކިޔަން އިސްކަންދީ: ދިވެހިބަހުގެ އެކަޑަމީ
03 މާރިޗު 2020

ގަވާއިދަށް ނުފެތޭތީ ހުށަހެޅި ކުއްލި މައްސަލައެއް މިއަދުވެސް ބަލައެއްނުގަތް

03 މާރިޗު 2020
ގަވާއިދަށް ނުފެތޭތީ ހުށަހެޅި ކުއްލި މައްސަލައެއް މިއަދުވެސް ބަލައެއްނުގަތް
02 މާރިޗު 2020

ލާދީނިއްޔަތު ފަތުރަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ގަވާއިދަށް ނުފެތޭތީ ބަލައެއްނުގަތް

02 މާރިޗު 2020
ލާދީނިއްޔަތު ފަތުރަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ގަވާއިދަށް ނުފެތޭތީ ބަލައެއްނުގަތް
20 އޯގަސްޓު 2019

ދިވެހިބަހުގެ މޯފޮލަޖީގެ ތަރުޖަމާގެ ފުރަތަމަ ބައި ރައީސްއަށް އަރުވައިފި

20 އޯގަސްޓު 2019
ދިވެހިބަހުގެ މޯފޮލަޖީގެ ތަރުޖަމާގެ ފުރަތަމަ ބައި ރައީސްއަށް އަރުވައިފި
19 މާރިޗު 2019

މީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްސަކޮށް ދިވެހިބަހުގެ ތަމްރީން ޕްރޮގްރާމެއް ހިންގަނީ

19 މާރިޗު 2019
މީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްސަކޮށް ދިވެހިބަހުގެ ތަމްރީން ޕްރޮގްރާމެއް ހިންގަނީ
13 ފެބުރުއަރީ 2019

މިނިސްޓްރީން ކަނޑައަޅައިފައިވާ ގަވާއިދުތަކަށް ނުފެތޭ ތަންތަނުގައި ފަތުރުވެރިން ނުބޭތިއްބުމަށް އިލްތިމާސް ކޮށްފި

13 ފެބުރުއަރީ 2019
މިނިސްޓްރީން ކަނޑައަޅައިފައިވާ ގަވާއިދުތަކަށް ނުފެތޭ ތަންތަނުގައި ފަތުރުވެރިން ނުބޭތިއްބުމަށް އިލްތިމާސް ކޮށްފި
12 އެޕްރީލު 2018

ޒަމާންވީ ޖަލުއަނިޔާ ރައީސް ޔާމީން އަބުރާ އިއާދަކޮށްފި: ނަޒީރު

12 އެޕްރީލު 2018
ޒަމާންވީ ޖަލުއަނިޔާ ރައީސް ޔާމީން އަބުރާ އިއާދަކޮށްފި: ނަޒީރު
02 މާރިޗު 2018

ޤާނޫނީ ހަމަތަކަށް ބަލާއިރު ރައީސް ޔާމީންގެ ވެރިކަމުގެ ސައްހަ ކަމެއް ނެތް: މެމްބަރު އަލީ ނިޒާރު

02 މާރިޗު 2018
ޤާނޫނީ ހަމަތަކަށް ބަލާއިރު ރައީސް ޔާމީންގެ ވެރިކަމުގެ ސައްހަ ކަމެއް ނެތް: މެމްބަރު އަލީ ނިޒާރު
20 ޖެނުއަރީ 2018

ކަސްޓަމްސް އިން ވިލާ ރިސޯޓްތަކަށް ތުހުމަތު ކުރާ މައްސަލައަކީ ގާނޫނީ ހަމަތަކަށް ބަލާއިރު އެ އިދާރާއަށް ބެލޭނެ މައްސަލައެއް ނޫން: ހިސާން

20 ޖެނުއަރީ 2018
ކަސްޓަމްސް އިން ވިލާ ރިސޯޓްތަކަށް ތުހުމަތު ކުރާ މައްސަލައަކީ ގާނޫނީ ހަމަތަކަށް ބަލާއިރު އެ އިދާރާއަށް ބެލޭނެ މައްސަލައެއް ނޫން: ހިސާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް