Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓުއަރިޒަމް މިނިސްޓްރީ

މިނިސްޓްރީން ކަނޑައަޅައިފައިވާ ގަވާއިދުތަކަށް ނުފެތޭ ތަންތަނުގައި ފަތުރުވެރިން ނުބޭތިއްބުމަށް އިލްތިމާސް ކޮށްފި

ލައިސަންސްނެތި ފަތުރުވެރިން ބޭތިއްބިކަމުގެ ހެކި ލިބިފައިވާ ދެ ތަނެއްގެ މައްސަލަ ތަހްގީގުކުރުމަށް ހުށަހަޅާއިފައިވޭ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 13 ފެބުރުއަރީ 2019 | ބުދަ 06:51
ރިސޯޓް

ރިސޯޓް

ޓުއަރިޒަމް މިނިސްޓްރީން ކަނޑައަޅައިފައިވާ ގަވާއިދުތަކަށް ނުފެތޭ ތަންތަނުގައި ގަވާއިދާއި ހިލާފަށް ފަތުރުވެރިން ނުބޭތިއްބުމަށް އެ މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.

އަންގާރަ ދުވަހުގެ ރޭ ޓުއަރިޒަމް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދިވެހި ރާއްޖޭގެ އެއްވެސް ޓުއަރިސްޓް ރިޒޯޓެއް ، ޓުއަރިސްޓް ހޮޓަލެއް ނުވަތަ ނުވަތަ ގެސްޓް ހައުސްއެއް ހިންގަންވާނީ އެ މިނިސްޓްރީގައި ރެޖިސްޓްރީކޮށް ހިންގުމަށް ދޫކުރާ ހުއްދަ ހޯދުމަށް ފަހުގައި ކަމަށެވެ. އަދި އެތަންތަން ހިންގުމުގެ ހުއްދަ ދޫކުރާނީ މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށް އިމާރާތާއި އެފަދަ ތަންތަނުން މިނިސްޓްރީން ކަނޑައަޅާ ހިދުމަތްތައް އެތަންތަނުން ލިބެން ހުންނަ ނަމައެވެ.

Advertisement - newsAdvertisement

މީގެއިތުރުން އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކައުންސިލްތަކަށް އަންގާރަ ދުވަހުގެ ރޭ އޮޕަރޭޓިންގެ ލައިސަންސް ނެތި މީހުން އުޅޭ ރަށްރަށުގައި ފަތުރުވެރިން ބައިތިއްބާނަމަ އެފަރާތްތަކުގެ މައުލޫމާތު 30 ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ހުށަހެޅުމަށް އަންގާފައިވާ ކަމަށެވެ. އަދި އޮޕަރޭޓިންގް ލައިސަންސް ހަމަވެފައިވާ ތަންތަން ، ލައިސަންސެއް ދެވޭ ފެންވަރަށް އިސްލާހުކުރުމަށް ފުރުސަތުދީ އެކަންކަން ރަނގަޅުކުރުމުގެ ޕްލޭނަކާއި ޕްރޮޕޯސަލް ހުށަހެޅުމަށް ވެސް 30 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ ވަގުތީ ހުއްދައެއް ދޫކުރުމުގައި އެ ތަނެއްގެ ސަލާމަތާއި ރައްކާތެރިކަމަށް ބެލުމުގެ އިތުރުން މުވައްޒަފުންގެ ހައްގުތަކާއި ދައުލަތަށް ދައްކަން ހުރި ފައިސާއާއި މިނިސްޓްރީން ބަލާ މިންގަޑުތައް ހިމެނޭނެ ކަމަށެވެ.

ގާނޫނާއި ގަވާއިދާއި ހިލާފަށް އޮޕަރޭޓިންގް ލައިސަންސްނެތި ފަތުރުވެރިން ބޭތިއްބިކަމުގެ ހެކި ލިބިފައިވާ ދެ ތަނެއްގެ މައްސަލަ ތަހްގީގުކުރުމަށް މޯލްޑިވިސް ޕޮލިސް ސާރވިސްއަށް ހުށަހަޅާފައިވާކަމަށް ވެސް ބަޔާނުގައިވެއެވެ،

އިތުރަށް ކިޔާލަން

27 މެއި 2017

ހައުސިން މިނިސްޓްރީން ކަދުރު ބެހުން ފަސްކޮށްފި

27 މެއި 2017
ހައުސިން މިނިސްޓްރީން ކަދުރު ބެހުން ފަސްކޮށްފި
24 މެއި 2017

ޖީއެސްޓީ އިތުރު ކޮށްގެން ހުށަހެޅި ބިލްތަކަކަށް ޑިފެންސް މިނިސްޓްރީން މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައްކައިފި

24 މެއި 2017
ޖީއެސްޓީ އިތުރު ކޮށްގެން ހުށަހެޅި ބިލްތަކަކަށް ޑިފެންސް މިނިސްޓްރީން މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައްކައިފި
22 މެއި 2017

އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކުން "ސީ ފޯމް" އަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން އެދެފި

22 މެއި 2017
އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކުން "ސީ ފޯމް" އަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން އެދެފި
04 އެޕްރީލު 2017

ޔާތީމްޚާނާއަށް ލީ ތިން ކުދިނާއި ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނާއި އާއިލާއަށް ދިން ޖަވާބު ދިމާ ނުވޭ

04 އެޕްރީލު 2017
ޔާތީމްޚާނާއަށް ލީ ތިން ކުދިނާއި ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނާއި އާއިލާއަށް ދިން ޖަވާބު ދިމާ ނުވޭ
12 ފެބުރުއަރީ 2017

ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި

12 ފެބުރުއަރީ 2017
ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު