Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިވެހި ބަހުގެ ދުވަސް

ފޮތް ކިއުމުގައި ދިވެހިބަހުން ހުރި ފޮތްތައް ކިޔަން އިސްކަންދީ: ދިވެހިބަހުގެ އެކަޑަމީ

މިއަހަރުގެ ޝިޢާރުން ބާރު އަޅަނީ ދިވެހި ބަހުން ލިޔެފައިވާ ފޮތްތައް ކިއުމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 އެޕްރީލު 2020 | އަންގާރަ 07:38
ސާފު ދިވެހި ބަހުން ވާހަކަ ދެއްކުމުން ކުދިންގެ ބަސްމޮށުންތެރިކަމާއި ބަހުގެ ޤާބިލިއްޔަތު ތަނަވަސް ވެގެންދާނެ

ސާފު ދިވެހި ބަހުން ވާހަކަ ދެއްކުމުން ކުދިންގެ ބަސްމޮށުންތެރިކަމާއި ބަހުގެ ޤާބިލިއްޔަތު ތަނަވަސް ވެގެންދާނެ

ފޮތް ކިއުމުގައި ދިވެހިބަހުން ލިއެފައި ހުންނަ ފޮތް ކިއުމަށް އިސްކަން ދިނުމަށް ދިވެހި ބަހުގެ އެކަޑަމީން އިލްތިމާސްކޮށްފިއެވެ.

އަންގާރަ ދުވަހު ފާހަގަކުރަމުންދާ ދިވެހި ބަހުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ބަހުގެ އެކަޑަމީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މި އަހަރުގެ ދިވެހިބަހުގެ ދުވަހުގެ ޝިޢާރަކީ" ފޮތް ކިޔުމާއި މުއާމަލާތު ކުރުން: އިސްކަން ދިވެހިބަހަށް” ކަމަށެވެ. އެގޮތުން މި ޝިޢާރުން ބާރު އަޅަނީ ދިވެހި ބަހުން ލިޔެފައިވާ ފޮތްތައް ކިއުމާއި ދިވެހިބަހުން މުއާމަލާތު ކުރުމަށް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި ދިވެހީންގެ މަޞްލަޙަތު އޮންނަ ހުރިހާ ކަމެއްގައި ލިއެވޭ ލިއުންތައްވެސް ދިވެހި ބަހުން ލިއުމަށް އިސްކަން ދިނުމަށް ގޮވާލާފައިވެއެވެ.

އޭގެ އިތުރުން، މިއީ ކޮވިޑް-19 ފެތުރެމުންދާ ދުވަސްވަރެއްކަން ފާހަގަކޮށް ބަޔާނުގައި އިތުރަށް ބުނީ، ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާއިން އިލްތިމާސް ކުރައްވާފައިވާ ގޮތަށް އެކަކު އަނެކަކާ އިޖުތިމާޢީ ގައިދުރުކަން ބެހެއްޓުމާއި، އުޅޭ އުޅުމުގައި ޖިސްމާނީ ގައިދުރުކަން ވެސް ބެހެއްޓުމަށް އިސްކަންދޭން ޖެހޭނެ ކަމަށެވެ. އަދި ގޭގައި ގިނަ ވަގުތު ހޭދަކުރަން ޖެހޭއިރު، ފޫހިފިލުވުމަށް ކިޔާ ފޮތަކީ ދިވެހިބަހުން ލިޔެފައިވާ ފޮތަކަށް ހެދުމަށް ޢަމާޒު ހިފުމަށް އެކަޑަމީން އިލްތިމާސްކޮށްފައިވެއެވެ.

ވަކީން ޚާއްޞަކޮށް މައިންބަފައިންނާއި، ބެލެނިވެރިން ދަރީންނާ ދިވެހިބަހުން ވާހަކަ ދެއްކުމަކީ އުފަލަކަށް ހަދަންޖެހޭކަން ފާހަގަކޮށް ބަޔާނުގައި އިތުރަށް ބުނީ، ކުޑަކުދީންނާ ސާފު ދިވެހިބަހުން ވާހަކަ ދެއްކުމަކީ އެކުދީންގެ ތަރުބިއްޔަތު ހަރުދަނާ ވުމުގެ އިތުރަށް ބަހުގެ ހުނަރު ވަރުގަދަކޮށްދޭނެ ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކުދިންގެ ބަސްމޮށުންތެރިކަމާއި ބަހުގެ ޤާބިލިއްޔަތު ތަނަވަސްވެގެންދާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހަކީ ރާއްޖޭގައި ފާހަގަކުރާ ދިވެހިބަހުގެ ދުވަހެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު