Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވިލާ ރިސޯޓުތައް

ކަސްޓަމްސް އިން ވިލާ ރިސޯޓްތަކަށް ތުހުމަތު ކުރާ މައްސަލައަކީ ގާނޫނީ ހަމަތަކަށް ބަލާއިރު އެ އިދާރާއަށް ބެލޭނެ މައްސަލައެއް ނޫން: ހިސާން

20 ޖެނުއަރީ 2018 | ހޮނިހިރު 18:41

މިހާރު ތުހުމަތު ކުރާ މައްސަލަ ބެލޭނީ ފުލުހުންނަށް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 20 ޖެނުއަރީ 2018 | ހޮނިހިރު 18:41
ފަން އައިލެންޑް ރިސޯޓްގައި ކަސްޓަމްސް ގެ ޓީމް ހަރަކާތްތެރިވަނީ

ފަން އައިލެންޑް ރިސޯޓްގައި ކަސްޓަމްސް ގެ ޓީމް ހަރަކާތްތެރިވަނީ

ގާނޫނީ ހަމަތަކާއި އުސޫލުތަކަށްބަލާ އިރު މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބަލަމުންދާ މައްސަލައަކީ އެ އިދާރާއަށް ބެލޭނެ މައްސަލައެއް ނޫން ކަމަށާއި އެ މައްސަލަ ބެލޭނީ ފުލުހުންނަށް ކަމަށް ވިލާ ގްރޫޕްގެ ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.

ވިލާގެ ފަސް ރިސޯޓަކަށް ކަސްޓަމްސް އިން އަރާ ފަން އައިލެންޑް ރިސޯޓުން ބަނގުރާ ގެންދިއުމާ ގުޅިގެން ރާއްޖެޓީވީންް ކުރިއަށްގެންދާ ކަވަރޭޖްގައި ވާހަކަ ދައްކަވަމުން، ހިސާން ވިދާޅުވީ، މިދިޔަ ބުދަ ދުވަހުގެ ރޭ ، ކަސްޓަމްސް އާއި ފުލުހުންނާއި މީރާގެ މުވައްޒަފުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކުންފުނި ވިލާ ގްރޫޕަށް ނިސްބަތްވާ ފަސް ރިސޯޓަކަށް އަރާ ކުރިއަށްގެންދިޔަ އޮޕަރޭޝަންގެ ދަށުން ރިސޯޓްތައް ބަލާ ފާސްކުރުމަށް ނެރުނު އަމުރު ބާތިލްކޮށް އަނެއްކާ ހޮނިހިރު ދުވަހު ރިސޯޓްތަކަށް ކޯޓު އަމުރެއްގެ ދަށުން ބަލާ ފާސްކުރުމަށް އަރާފައިވާ ކަމަށެެވެ. ފަހުން ނެރުނު އަމުރާ އެކު މިދިޔަ ބުދަ ދުވަހު ކަސްޓަމްސް އިން ރިސޯޓްތަކަށް އަރާ ހޯދި ހުރިހާ މައުލޫމާތެއް ބާތިލް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ހިސާން ވިދާޅުވީ، ކޯޓުތަކުން ކޯޓު އަމުރުތައްދެނީ ވަކި ކަމެއް ތަހުގީގު ކުރުމަށް ކަމަށާއި ހެކިވެސް ހޯދޭނީ ކަނޑައެޅިފައިވާ ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ކަމާ ގުޅޭ ގޮތުން ކަމަށެެވެ. އެކޯޓު އަމުރަކީ ތަކެތި ބަލާ ފާސްކުރާ އަމުރެއް ކަމަށްވާ އިރު ތަކެތި ގެންދިއުމުގެ ބާރު އެ ކޯޓު އަމުރުގެ ދަށުން ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ، ބޮންޑެޑް ވެއަރ ހައުސް އިން ރޯޔަލް އައިލެންޑް އެންޑް ސްޕާ މެނޭޖްމެންޓްގެ ނަމުގައި ދޫކުރި ބަނގުރާ އެ ރިސޯޓާއި ގުޅުން ހުރި އެހެން ތަންތަނަށް ގެންގޮސްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ބުނެ ބަލާ މައްސަލައަކީ އެއްވެސް ހާލެއްގައި ކަސްޓަމްސްއަށް ބެލޭނެ މައްސަލައެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ގާނޫނާ ހިލާފަށް ބަނގުރާދީ ވިއްކާފައިވޭތޯ އާއި ބަނގުރާ ގެންދެވޭ ތަންތަން ފިޔަވާ އެހެން ތަންތަނަށް ދީފައިވޭތޯ އާއި ގާނޫނާ ހިލާފަށް ބަނގުރާ ވިއްކާފައިވޭތޯ ފަދަ މައްސަލަ ބެލޭނެ ކަމަށް ހިސާނު ވިދާޅުވި އެވެ.

" ވިލާ ރިސޯޓްތަކަށް އަރާ މިހާތަނަށް އެއްވެސް ހެއްކެއް ހޯދިފައެއް ނެތް. އަދި ބޮންޑެޑް ވެއަރ ހައުސް އިން މުދާ ނެރުމަށް ފަހު އެ މުދާ ގެންދިޔައީ ކޮން ތަންތަނަކަށް ކަމެއް ވެސް އެނގިފައެއް ނުވޭ. ބޮންޑެޑް ވެއަރ ހައުސް އިން މުދާ ނެރުމަށް ފަހު ރޯޔަލް އައިލެންޑަށް ނުގެންދާ ކަމުގެ ހެއްކެއް ވެސް ހޯދިފައެއް ނުވޭ. އެއާ ހިލާފަށް މި ހުރިހާ ރިސޯޓްތަކުގެ ޑޮކިއުމެންޓްތައް ވެސް އެބަ ދައްކާ، މި ހުރިހާ ރިސޯޓްތަކުން ވެސް ބަނގުރާ އެތެެރެކޮށްފައިވަނީ ގާނޫނީ ގޮތުން ފުރިހަމަކުރަން ޖެހޭ އުސޫލުތައް ފުރިހަމަ ކޮށްގެންކަން. އެހެން ކަމުން މިއަދު ކަސްޓަމްސް އިން އެކުރަނީ ގާނޫނީ ގޮތުން ކުރެވޭނެ ކަންކަމެއް ނޫން." ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ، ބަނގުރާ ގެނައުމާއި ގެންގުޅުމާއި ވިއްކުމުގެ ގަވައިދުގެ ދަށުން، ބަނގުރާ ވިއްކުން މަނާ ތަންތަން ކަނޑައަޅާފައިވާ އިރު ގެންގުޅޭނެ އިޖުރާއަތްތައްވެސް ބަޔާންކޮށްފައިވާ ކަމަށެވެ. ކަނޑައަޅާފައިވާ ގަވައިދާ ހިލާފަށް ވިލާގެ އެއްވެސް ރިސޯޓަކުން ބަނގުރާ އެތެރެކޮށްފައިނުވާނެ ކަަމަށް ހިސާން ވިދާޅުވި އެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި

23 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި
16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
15 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި

15 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި
14 ފެބުރުއަރީ 2017

ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި

14 ފެބުރުއަރީ 2017
ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި
09 ފެބުރުއަރީ 2017

އޮޅުވެލި ރިސޯޓުގެ ވޯޓާވިލާއަކުން ވެއްޓި ޓޫރިސްޓަކު މަރުވެއްޖެ

09 ފެބުރުއަރީ 2017
 އޮޅުވެލި ރިސޯޓުގެ ވޯޓާވިލާއަކުން ވެއްޓި ޓޫރިސްޓަކު މަރުވެއްޖެ
05 ފެބުރުއަރީ 2017

އުމަރު ނަސީރު ޑރ.ޖަމީލާ ބައްދަލުކުރެއްވުމަށް އިނގިރޭސިވިލާތަށް

05 ފެބުރުއަރީ 2017
އުމަރު ނަސީރު ޑރ.ޖަމީލާ ބައްދަލުކުރެއްވުމަށް އިނގިރޭސިވިލާތަށް
04 ފެބުރުއަރީ 2017

ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުން އޯޕަންޑޭ ބާއްވައިފި

04 ފެބުރުއަރީ 2017
ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުން އޯޕަންޑޭ ބާއްވައިފި
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
01 ފެބުރުއަރީ 2017

ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ

01 ފެބުރުއަރީ 2017
ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ
01 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް