Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލީހަށް މެމްބަރ ސައީދު ހުށަހެޅި ބި

ސައީދު ހުށަހެޅުއްވި ކޮވިޑް-19 ގެ އެހީތެރިކަމުގެ ބިލު މަޖިލީހުގެ ގަވާއިދަށް ނުފެތޭތީ ބަލައިގަނެވޭކަށް ނެތް: މަޖިލީހުގެ ރައީސް

މިބިލަކީ މަޖިލީހުގެ ގަވާއިދު ވަރަށް ސަރީހަ އިބާރާތުން ބުނާ ފައިސާ އާ ގުޅޭ ބިލެއްކަމަށް ރައީސް ނަޝީދު ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 13 މެއި 2020 | ބުދަ 06:36
މާވަށު ދާއިރާގެ މެންބަރ މުޙައްމަދު ސަޢީދު މީގެކުރިން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ

މާވަށު ދާއިރާގެ މެންބަރ މުޙައްމަދު ސަޢީދު މީގެކުރިން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ

މާވަށު ދާއިރާގެ ޕީއެންސީ މެންބަރ މުޙައްމަދު ސަޢީދު މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ކޮވިޑް-19 އެހީތެރިކަމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް ނުފެތޭތީ އެބިލު ބަލައިގަނެވެން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިބިލުގެ ފުރަތަމަ ކިޔުން އިއްވުމަށް ހަމަޖެހިފައިވަނީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ކުރިޔަށް ދިޔަ މަޖިލީހުގެ ޖަލްސާގަ އެވެ. އެޖަލްސާގައި މިބިލާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅު ވެފައިވަނީ ބިލު މިހާރު އޮތްގޮތުން މަޖިލީހުގެ ޤަވާއިދަށް ނުފެތޭތީ ދެން އެބިލު ހުށަހެޅުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާކުރައްވާނެ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މާވަށު ދާއިރާގެ މެންބަރ ހުށަހަޅުއްވާފައިވާ ބިލުގައި ޢާމްދަނީން އުނިވާ އަދި އިތުރުވާ ބައިތަކެއް ހިމެނޭ ކަމަށެވެ.

އެދުވަހުގެ ޖަލްސާގައި ރައީސް ނަޝީދު މި މޭރުމުން ވާހަކަ ދެއްކެވުމުން އެ ދުވަހު ޖަލްސާގައި ސަޢީދު ވަނީ ނިޒާމީ މައްސަލަ ނަންގަވާފަ އެވެ. އަދި މި ބިލު ހުށަނޭޅޭނެ ކަމަށް މަޖިލީހުގެ ރައީސް ބަޔާންކުރައްވާ ޙާލަތެއް ނެތްކަމަށް ސަޢީދު ވިދާޅުވިއެވެ. ދައުލަތުން ކުރިން ރައްކާކޮށްފައި ހުރި ފައިސާ (ޕެންޝަން ފައިސާ) އޭގެ ޙައްޤު ވެރިންނަށް ފޯރުކޮށް ދިނުމަށް އެދި ދެންނެވުމަކީ މަޖިލީހުގެ ޤަވައިދުގެ ރޫޙާއި ޚިލާފު ކަމެއް ނޫންކަމަށް ސަޢީދު ވިދާޅުވިއެވެ. އަދި މިއީ ދައުލަތަށް ސީދާ އަސަރުކުރާނެ ނޫންކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.

މިކަމަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ބިލުގައި މާލިއްޔަތަށް އަސަރުނުކުރާ ކަންކަން ހުރިކަަމަށް ދެންނެވެން ނެތްކަމަށެވެ. މިހާރު މިއޮތީ ޚާއްޞަ ޙާލަތެއްކަމަށާއި، ނަމަވެސް މިޙާލަތުގައިވެސް ޤާނޫނާއި ޤަވާއިދު ހިފަހައްޓަން ޖެހޭނެ ކަމަށެވެ.

ބުދަ ދުވަހު ކުރިޔަށްދިޔަ މި ދައުރުގެ 36 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިބިލާއި ގުޅޭގޮތުން ސައީދު ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ބުނާގޮތުން ދައުލަތުގެ ޢާމްދަނީން އުނިވާ ގޮތަށް އަދި އިތުރުވާ ގޮތަށް ކަންކަން ހިމަނާފައި ބިލު ހުށަހެޅޭނީ ސަރުކާރުގެ ފަރާތުންނެވެ. ދައުލަތުގެ ޢާމްދަނީއަށް އެކަމަކުން އަސަރު ކުރާ ކަމެއް ބިލުތަކުގައި ހިމަނައިގެން ހުށަހެޅޭނީ ސަރުކާރު ފަރާތުން ސަރުކާރު ޕާޓީގެ މެންބަރުންނަށެވެ.

އިތުރަށް ކިޔާލަން

05 އޯގަސްޓު 2017

އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު މާލެ ވަޑައިގެންފި

05 އޯގަސްޓު 2017
އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު މާލެ ވަޑައިގެންފި
01 އޯގަސްޓު 2017

މިއަހަރުގެ އަމީރުލް ހައްޖަކަށް މިނިސްޓަރު ސައީދު

01 އޯގަސްޓު 2017
މިއަހަރުގެ އަމީރުލް ހައްޖަކަށް މިނިސްޓަރު ސައީދު
30 ޖުލައި 2017

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އުއްތަމަ ފަނޑިޔާރު ސައީދު އާއި ޕީޖީ ބިޝާމްއާ ބައްދަލު ކުރުމަށް އެދެފި

30 ޖުލައި 2017
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އުއްތަމަ ފަނޑިޔާރު ސައީދު އާއި ޕީޖީ ބިޝާމްއާ ބައްދަލު ކުރުމަށް އެދެފި
13 ޖުލައި 2017

ގައުމާއި ރައްޔިތުން ހިމާޔަތް ކުރުމުގައި ސްޕްރީމްކޯޓުން މީގެ ކުރިން ވެސް ވަނީ ސާބިތުކަން ދައްކާފަ: ސައީދު

13 ޖުލައި 2017
ގައުމާއި ރައްޔިތުން ހިމާޔަތް ކުރުމުގައި ސްޕްރީމްކޯޓުން މީގެ ކުރިން ވެސް ވަނީ ސާބިތުކަން ދައްކާފަ: ސައީދު
08 ޖުލައި 2017

ރައީސް މައުމޫނަކީ ޖަލުގައި ލާއިންސާނީ އަނިޔާ ކުރި ވެރިއެއް ކަމަށް ބުނެދިނީ ރައީސް ނަޝީދު: މިނިސްޓަރު ސައީދު

08 ޖުލައި 2017
ރައީސް މައުމޫނަކީ ޖަލުގައި ލާއިންސާނީ އަނިޔާ ކުރި ވެރިއެއް ކަމަށް ބުނެދިނީ ރައީސް ނަޝީދު: މިނިސްޓަރު ސައީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު