Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހަނގުރާމަވެރިން ބަދަލުކުރުން

ރަޝިޔާއާއި ޔޫކްރެއިނުން ހައްޔަރުކޮށްފައިވާ ހަނގުރާމަވެރިން ބަދަލުކޮށްފި

8 ޖުލައި 2023 | ހޮނިހިރު 02:35

ކޮންމެ ގައުމަކުންވެސް 45 ގައިދީން މިނިވަންކޮށްފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 ޖުލައި 2023 | ހޮނިހިރު 02:35
ރަޝިޔާއާއި ޔޫކްރެއިނުން ހަނގުރާމަވެރިން ބަދަލުކުރުން

ރަޝިޔާއާއި ޔޫކްރެއިނުން ހަނގުރާމަވެރިން ބަދަލުކުރުން

ރަޝިޔާ ޔޫކްރެއިން ހަނގުރާމާގައި ހައްޔަރުކޮށްފައިވާ މީހުން ދެ ގައުމުގެ ދެމެދުގައި ބަދަލުކޮށްފައި ވާކަމަށް އެ ދެ ގައުމުން ބުނެފިއެވެ.

ދެ ގައުމުން ހާމަކޮށްފައި ވާގޮތުގައި، ބުރާސްފަތި ދުވަހު ކޮންމެ ގައުމަކުންވެސް 45 ގައިދީން މިނިވަންކޮށް އަނެއް ގައުމާ ވަނީ ހަވާލުކޮށްފައެވެ. ރަޝިޔާގެ ނިއުސް އެޖެންސީ އާރްއައިއޭއިން ރަޝިޔާގެ ޑިފެންސް މިނިސްޓްރީއާ ހަވާލާދީ ބުނެފައިވަނީ ރަޝިޔާގެ 45 ހަނގުރާމަވެރިން ޔޫކްރެއިން ކަސްޓަޑީން މިނިވަންވެގެން ރަޝިޔާއަށް ގޮސްފައިވާކަމަށެވެ.

ޔޫކްރެއިންގެ ޕްރެޒިޑެންޝަލް ސްޓާފްގެ ހެޑް, އަންޑްރިއެ ޔެމަކް ވިދާޅުވީ ޔޫކްރެއިންގެ 45 ހަނގުރާމަވެރިންނާއި އާންމުންގެ ދެ މީހުން ޔޫކްރެއިނަށް ގޮސްފައިވާކަމަށެވެ. ޓެލެގްރާމަށް ފޮނުއްވި މެސެޖެއްގައި ޔެމަކް އިތުރަށް ވިދާޅުވީ، މިނިވަންވި ހަނގުރާމަވެރިންގެ ތެރޭގައި މަރިޕޯލްގައި ހަނގުރާމަކުރި މީހުންނާއި އެހެން ހިސާބުތަކުގައި ކުރީސަފުގައި ހަނގުރާމަކުރި މީހުން ހިމެނޭކަމަށެވެ.

އެއިން ކޮންމެ މީހަކީވެސް ހީރޯއެއް ކަމަށް ޔެމަކް ވިދާޅުވިއެވެ.

ޔޫކްރެއިންގެ ހިޔުމަން ރައިޓްސް އޮމްބަޑްސްމަން، ޑިމިޓްރޯ ލުބިނެޓްސް ވިދާޅުވީ މިނިވަންވި ގިނަ މީހުންނަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައިކަމަށާއި، މިނިވަންވި އެންމެންނަށްވެސް ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގާނެކަމަށެވެ.

މީގެއިތުރުން ޔެމަކް ވިދާޅުވީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު ރަޝިޔާއިން މިނިވަންކުރި މީހުންގެ ތެރޭގައި މިލިޓަރީ މެޑިކެއް ހިމެނޭކަމަށާއި، އެ އަންހެންމީހާއާއެކު އޭނާގެ 6 އަހަރާއި 10 އަހަރުގެ ކުދިންވެސް ރަޝިޔާއިން މިނިވަންކުރި ކަމަށެވެ.

ރަޝިޔާއާ ޔޫކްރެއިނާ ދެމެދު ހިނގަމުންދާ 17 މަސްދުވަސްވީ ހަނގުރާމާގައި އެކި ފަހަރު މަތިން ދެ ގައުމުން ވަނީ ގައިދީން ބަދަލުކޮށްފައެވެ.

މިހާތަނަށް އައިއިރު ޔޫކްރެއިނުގެ 2576 މީހުން ރަޝިޔާއިން މިނިވަންކޮށްފައިވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

13 މާރިޗު 2017

އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް

13 މާރިޗު 2017
އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް
11 މާރިޗު 2017

މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން

11 މާރިޗު 2017
މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން
02 މާރިޗު 2017

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ
24 ފެބުރުއަރީ 2017

ނައިޖަރގެ ހަނގުރާމަވެރިންތަކެއް އަސްކަރިއްޔާގެ 15 ސިފައިން މަރާލައިފި

24 ފެބުރުއަރީ 2017
ނައިޖަރގެ ހަނގުރާމަވެރިންތަކެއް އަސްކަރިއްޔާގެ 15 ސިފައިން މަރާލައިފި
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
27 ޖެނުއަރީ 2017

އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް

27 ޖެނުއަރީ 2017
އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް