Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2023

ވޯޓުލުމަށްފަހު ބާކީވާ ކަރުދާހުގަ ޕަންޗު ކުރުމަށް ނިންމައިފި

7 ޖުލައި 2023 | ހުކުރު 12:11

ކެންޑިޑޭޓް ނަންބަރުތައް އޮންނަ ފަޅީގައި އެންމެންގެ ކުރިމަތީގައި ޕަންޗު ކުރާނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 7 ޖުލައި 2023 | ހުކުރު 12:11
ވޯޓު ކަރުދާސްތައް ގުނަން ތައްޔާރުވަނީ

ވޯޓު ކަރުދާސްތައް ގުނަން ތައްޔާރުވަނީ

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްފަހު ބާކީވާ ވޯޓު ކަރުދާސްތަކުަގަ ޕަންޗުކޮށް ލޯވަޅެއް އަޅަން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު "ރާއްޖެ ޓީވީ" އަށް ވިދާޅުވި ގޮތުގައި މިގޮތަށް ނިންމާފައިވަނީ ބުރާސްފަތި ދުވަހު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމެއްގައެވެ. މިގޮތަށް ނިންމީ ބުދަ ދުވަހު ބޭއްވި ރިޔާސީ އިންތީޚާބުގެ ޤައުމީ ލަފާ ދޭ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކާއެކު ކުރެވުނު މަޝްވަރާއަށް ރިއާޔަތްކުރުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ އިންތިޚާބުގައި ވޯޓުލާ ނިމުމަށްފަހު ބާކީ ހުންނަ ކަރުދާސް ބަންދު ކުރުމަށްފަހު ސީލް ކުރަނީ އެ ވޯޓުލާ މަރުކަޒެއްގައި ތިބޭ ހުރިހާ ފަރާތްތަކުގެ ކުރިމަތީގައި ކަމަށެވެ. އަދި އެ ކަރުދާސް އީސީއަށް ގެންނަނީ ފުލުހުން ހިމެނޭހެން އީސީގެ ވެސް ބެލުމުގެ ދަށުން ކަމަށެވެ. ނަމަވެސް އިންތިޚާބުގެ އިތުބާރު ބޮޑުކުރުމަށް ޕާޓީތަކުން ބާކީ ހުންނަ ވޯޓުކަރުދާހަށް ގޮތެއް ހަދަން ބޭނުންވާ ކަމަށާއި ޤައުމީ ލަފާދޭ ކޮމިޓީ ބައްދަލުވުމުގެ ކުރިންވެސް ޕީޕީއެމް ޕީއެންސީން އެގޮތަށް އެދެމުން އައިކަން އޭނާ ފާހަގަކުރެއްވިއެވެ.

ބުދަ ދުވަހު ބޭއްވި ލަފާ ދޭ ކޮމިޓީގެ ބައްދަލުވުމުގައި މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރިއިރު ޕީޕީއެމް އަދި ޕީއެންސީން ވަނީ ބާކީ ހުންނަ ވޯޓު ކަރުދާސް ނައްތާލުމަށް އެދިފައެވެ. ނަމަވެސް އީސީން ވަނީ ޤާނޫނުގައި ވޯޓުކަރުދާސް ނައްތާލުމުގެ މުއްދަތެއް ކަނޑައަޅާފައި އޮންނައިރު އެ މުއްދަތުގެ ކުރިން ކަރުދާސް ނައްތާލުން ރަނގަޅު ނޫންކަން ފާހަގަކޮށްފައެވެ. މިކަމާ ގުޅިގެން އެ ބައްދަލުވުމުގައި ބައިވެރިވި އެހެން ސިޔާސީ ޕާޓީތަކާއި އިންތިޚާބާ ގުޅުންހުރި އިދާރާތަކުން ވަނީ އެ ކަރުދާސްތައް ވަކި ކުރެވޭނެ އިތުރު ގޮތެއް ހަދައިދިނުމަށް އެދިފައެވެ. އެގޮތުން، ޕަންޗު ކޮށްގެން ބާކީ ހުރި ކަރުދާސް ފާހަގަކުރެވޭ ގޮތް ހަދައިދިނުމަށް ލަފާދީ ހުރިހާ ފަރާތަކުން ވަނީ އެކަމަށް ތާއީދުކޮށްފައެވެ.

މިކަމާ ގުޅިގެން އީސީން މިހާރު ނިންމާފައިވަނީ ޕަންޗަރު ބޭނުންކޮށްގެން ބާކީ ހުންނަ ވޯޓު ކަރުދާހުގައި ލޯވަޅެއް އެޅުމަށެވެ. އެގޮތުން، ކެންޑިޑޭޓް ނަންބަރުތައް އޮންނަ ފަޅީގައި އެންމެންގެ ކުރިމަތީގައި ޕަންޗު ކުރުމަށް ނިންމާފައިވާކަމަށް ހަބީބު ވިދާޅުވިއެވެ.

އިންތިޚާބާ ބެހޭ ޤާނޫނުގައި ބުނެފައިވާ ގޮތުގައި ވޯޓު ކަރުދާސް ނައްތާލެވޭނީ ވޯޓުލައި ނިމި، އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކުރުމަށްފަހު އެ އިންތީޚާބަކާ ގުޅިގެން ކޯޓަށް މައްސަލައެއް ހުށަހަޅައިފިނަމަ އެ މައްސަލައެއް ނިމޭތާ 14 ދުވަސް ފަހުންނެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި

28 ފެބުރުއަރީ 2017
ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި
26 ފެބުރުއަރީ 2017

ޓައިނީ ހާޓްސްއަށް ޔުނިވަރސަލް ފައުންޑޭޝަނުން އެހީތެރިވާން ނިންމައިފި

26 ފެބުރުއަރީ 2017
ޓައިނީ ހާޓްސްއަށް ޔުނިވަރސަލް ފައުންޑޭޝަނުން އެހީތެރިވާން ނިންމައިފި
22 ފެބުރުއަރީ 2017

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި
19 ފެބުރުއަރީ 2017

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި
09 ފެބުރުއަރީ 2017

އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި

09 ފެބުރުއަރީ 2017
އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި
03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް