Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ އިންތިޚާބަށް ރީ ރަޖިސްޓްރީ ކުރުން

ކައުންސިލް އިންތިޚާބުގައި މާލޭގައި ވޯޓުލީ މީހުން އަލުން ރަޖިސްޓްރީ ކުރާކަށް ނުޖެހޭނެ

މާލެ ނޫން ރަށްރަށުގައި ރީ ރަޖިސްޓްރީ ކުރި ފަރާތްތައް ރިޔާސީ އިންތިޚާބުގައި ރަޖިސްޓްރީ ވެފައި އޮންނާނީ އެ މީހެއްގެ ދާއިމީ އެޑްރެހުގައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 7 ޖުލައި 2023 | ހުކުރު 11:37
އީސީގެ ރައީސް (ވ) އާއި ނައިބު ރައީސް (ކ)

އީސީގެ ރައީސް (ވ) އާއި ނައިބު ރައީސް (ކ)

އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގައި ވޯޓުލުމަށް ރީ ރަޖިސްޓަރ ކުރި ފަރާތްތަކުން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އަލުން މާލޭގައި ވޯޓުލާން ރަޖިސްޓްރީ ކުރަން ނުޖެހޭ ގޮތަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިގޮތަށް ނިންމާފައިވަނީ ބުރާސްފަތި ދުވަހު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމެއްގައެވެ.

Advertisement - newsAdvertisement

މިކަމާ ގުޅޭ ގޮތުން "ރާއްޖެ ޓީވީ" އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް، އިސްމާއިލް ހަބީބު ވިދާޅުވީ ކޮންމެ އަހަރެއްގެވެސް ރިޔާސީ އިންތިޚާބުގައި ރީ ރަޖިސްޓްރީ ކުރުމުގެ މަރުހަލާ ފަށަނީ ސުމަކުން ކަމަށެވެ. އެހެންކަމުން ކޮންމެ ރިޔާސީ އިންތިޚާބެއްގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ ފަރާތްތައް ރަޖިސްޓްރީވެފައި އޮންނާނީ އެ މީހެއްގެ ދާއިމީ އެޑްރެހުގުއި ކަމަށާއި އެކަން ބަދަލު ކޮށްދިނުމަށް ލަފާ ދޭ ކޮމިޓީގައި ބުދަ ދުވަހު މަޝްވަރާ ކުރެވުނު ކަމަށެވެ.

ބުދަ ދުވަހު ބޭއްވީ ރިޔާސީ އިންތިޚާބުގެ ޤައުމީ ލަފާދޭ ކޮމިޓީގެ ދެވަނަ ބައްދަލުވުމުގައި ސިޔާސީ ޕާޓީތަކުން ބޭފުޅުންނާއި އަދި އިންތިޚާބާ ގުޅުންހުރި އެހެނިހެން އިދާރާތަކުން ވެސް ވަނީ ރީ ރަޖިސްޓްރޭޝަންގެ މަރުހަލާ ސުމަކުން ނުފެށުމަށް އީސީއަށް ލަފާ ދީފައެވެ. އެގޮތުން، މީގެ ސަބަބުން ބައެއް ފަރާތްތަކަށް ވޯޓުލުމުގެ ޙައްގު ގެއްލިދާނެ ކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.

ހަބީބު ވިދާޅުވީ ކޮމިޓީގައި ކުރެވުނު މަޝްވަރާތަކަށް ރިއާޔަތްކޮށް ބަދަލު ގެންނަން ނިންމީ މާލެއަށް އެކަނި ކަމަށެވެ. އެގޮތުން، 2021 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގައި ވޯޓުލުމަށް ރީ ރަޖިސްޓްރީ ކުރި ފަރާތްތަކުން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި މާލޭގައި ވޯޓުލުމަށް ރީ ރަޖިސްޓަރ ކުރަން ނުޖެހޭނެ ކަން އޭނާ ފާހަގަކުރެއްވިއެވެ. މިއީ އެކި ރަށްރަށުން މާލެއަށް ބަދަލުވެގެން ތިބި ގިނަ ބަޔަކަށާއި ސިޔާސީ ޕާޓީތަކަށް ވެސް ލިބިގެންދާނެ ލުޔެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އީސީން މި ބަދަލު ގެނައި ނަމަވެސް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ނޫން ރަށްރަށުގައި ރީ ރަޖިސްޓްރީ ކުރި ފަރާތްތައް ރިޔާސީ އިންތިޚާބުގައި ރަޖިސްޓްރީ ވެފައި އޮންނާނީ އެ މީހެއްގެ ދާއިމީ އެޑްރެހުގައި ކަމަށާއި އެހެންކަމުން އެ ފަރާތްތައް އެ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާނަމަ ރީ ރަޖިސްޓަރ ވާން ޖެހޭނެ ކަމަށެވެ. މިއީ ފަރުދީ ޒިންމާއެއްކަން ފާހަގަކުރައްވައި އޭނާ ވަނީ އެ ޒިންމާ އަދާ ކުރުމަށް ވޯޓުލުމުގެ ޙައްގު ލިބޭ ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.

މީގެ އިތުރުން ކައުންސިލް އިންތިޚާބުގައި މާލޭގައި ރަޖިސްޓްރީ ކޮށްފައި އޮތް ނަމަވެސް ރިޔާސީ އިންތިޚާބުގެ ރަޖިސްޓްރީ ނުކުންނައިރު ވޯޓުލާން އޮތީ މާލޭގައި ކަން ކަށަވަރު ކުރުމަށް ވެސް ހަބީބު އިލްތިމާސްކުރެއްވިއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބަށް ރީ ރަޖިސްޓްރޭޝަނަށް މި މަހުގެ 16 ވަނަ ދުވަހު ހުޅުވާލާނެއެވެ. މި ފުރުސަތު އަންނަ އޮގަސްޓް މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ހުޅުވާލާއިރު މި މަހުގެ 16 އިން 29 ގެ ނިޔަލަށް، އޮންލައިންކޮށް ރީ ރަޖިސްޓަރ ކުރެވޭނެއެވެ. އަދި ޖުލައި 30 އިން އޮގަސްޓު 5 އަށް ރީރަޖިސްޓްރީ ކުރަން ޖެހޭނީ ފޯމު ހުށަހަޅައިގެންނެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު 9 ގައި ބާއްވާއިރު މި އިންތިޚާބުގައި 282،755 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު