Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހާލު ސީރިއަސްވި ހައްޖާޖީން

ހާލު ސީރިއަސްވި ހައްޖާޖީންގެ އާއިލާތަކުން މަސައްކަތް ކުރަނީ ސައުދީއަށް ދިޔުމަށް: އިސްލާމިކް މިނިސްޓްރީ

އައިސީޔޫގައި އޮތީ އުމުރުން 85 އަހަރު ފިރިހެނަކާއި 58 އަހަރުގެ އަންހެނެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 6 ޖުލައި 2023 | ބުރާސްފަތި 03:36
ދިވެހި ޙައްޖުވެރިންތަކެއް

ދިވެހި ޙައްޖުވެރިންތަކެއް

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ ދިވެހި ޙައްޖާޖީންގެ ތެރެއިން ދެ ޙައްޖާޖީއެއްގެ ހާލު ސީރިއަސްވެގެން އައިސީޔޫގައި ފަރުވާމެދުން އަންނައިރު އެމީހުންގެ އާއިލާއިން ސައުދީ އަރަބިއްޔާގެ މައްކާއަށް ދިޔުމަށް މަސައްކަތް ކުރަމުންދާކަމަށް އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހްމަދު އަދީލް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި އަދީލް ވިދާޅުވީ އައިސީޔޫގައި އޮތީ އުމުރުން 85 އަހަރު ފިރިހެނަކާއި 58 އަހަރުގެ އަންހެނެއް ކަމަށެވެ. އެއީ ފުރަތަމަ ހައްޖަށް ދިޔަތަނާ ހާލު ސީރިއަސްވެގެން އައިސީޔޫއަށް ލާން ޖެހުނު ދެމީހުން ކަމަށް ވެސް ވިދާޅުވިއެވެ.

ބައެއް މީޑިއާތަކުން ވަނީ ހައްޖުގެ އަޅުކަމަށް ގޮސް އުޅުނު މީހަކު ނިޔާވުމާއި ގުޅިގެން، ނިޔާވީ އައިސީޔޫގައި އޮތް މީހެއް ކަމަށް ބުނެފައެވެ. ނަމަވެސް އަދީލް ވިދާޅުވީ އައިސީޔޫގައި ތިބި މީހުން ނިޔާނުވާ ކަމަށެވެ. ނިޔާވީ އެހެން ހައްޖާޖީންތަކެއް ކަމަށާއި އެމީހުން ނިޔާވުމަކީ ލިބުނު ކުއްލި ޝޮކެއް ކަމަށެވެ.

މި އަހަރު ހައްޖުގެ އަޅުކަން އަދާކުރަނިކޮށް ތިން ހައްޖާޖީން ވަނީ ނިޔާވެފައެވެ. އެއީ ނ. ހޮޅުދޫ، އުދަރެސް، ގާސިމް އިބްރާހިމާއި ރ. މާކުރަތު، މަލަ، މުހައްމަދު ނަސީމާއި ދ. މާއެނބޫދޫ، ފިޔާތޮށިގެ، ޢަލީ ޙަސަނެވެ.

އައިސީޔޫގައި އޮތް މީހުންނަށް އެހެން ވަސީލަތްތަކާއެކު ވެސް ދަތުރުކުރެވޭ ހާލަތުގައި ހުރިނަމަ ޑޮކްޓަރު ހުއްދަ ދެއްވުމުން އެމީހުން ރާއްޖެ ގެނައުމުގެ އިންތިޒާމު ހަމަޖައްސަވަމުންދާ ކަމަށް އަދީލް ވިދާޅުވިއެވެ.

ރާއްޖެއިން ހައްޖަށް ދިޔަ މީހުން ރާއްޖެ އަންނަ ފަހު ތާރީހަކީ މި މަހުގެ 14 ވަނަ ދުވަސް ކަމަށް އަދީލް ވިދާޅުވިއެވެ. އޭގެ ފަހުން ވެސް ހައްޖު މިޝަންގެ ބޭފުޅުން ރާއްޖެވަޑައިގަންނަވާނީ އެ ތާރީހަށްފަހު ކަމަށާއި އެމީހުންގެ ފަރާތުން އެހީތެރިކަން ލިބެމުންދާނެ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

އަދީލް އިތުރަށް ވިދާޅުވީ އައިސީޔޫގައި ތިބި ދެމީހުންގެ ހާލަތު އަދިވެސް މުޅިން ރަނގަޅު ނުވާ ކަމަށެވެ. އާންމު ހައްޖުވެރިންނާއެކު އެމީހުންނަށް ދަތުރުކުރެވޭނެތޯ ނުވަތަ ނޫންތޯ ކުރިއަތް އޮތް ތިން ދުވަސްތެރޭގައި ކަށަވަރުވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު