Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާބަންކޯ މިސްޓަރ މޯލްޑިވްސް 2023

އާބަންކޯ މިސްޓަރ މޯލްޑިވްސް 2023: ޗެމްޕިއަން ޓީމަކަށް އެމްއެންޑީއެފް، ސިފައިންގެ އެތުލީޓުންނަށް ފުރިހަމަ ކާމިޔާބެއް

4 ޖުލައި 2023 | އަންގާރަ 11:32

މިއީ، އެމްއެންޑީއެފުން މި މުބާރާތުގެ ޓީމު އިވެންޓްގެ ޗެމްޕިއަންކަން ވިދިވިދިގެން ހޯދި ތިންވަނަ ފަހަރު

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 4 ޖުލައި 2023 | އަންގާރަ 11:32
މިސްޓަރ މޯލްޑިވްސްގައި ވާދަކުރި ސިފައިންގެ ޓީމް

މިސްޓަރ މޯލްޑިވްސްގައި ވާދަކުރި ސިފައިންގެ ޓީމް | އެމްއެންޑީއެފް

އާބަންކޯ މިސްޓަރ މޯލްޑިވްސް 2023ގެ ޓީމް އިވެންޓްގެ ޗެމްޕިއަންކަން އެމްއެންޑީއެފުން ހޯދައި، ސިފައިންގެ އެތުލީޓުން ރަން ވަނަތަކެއް ހާސިލުކޮށްފިއެވެ.

މިއީ، އެމްއެންޑީއެފުން މި މުބާރާތުގެ ޓީމު އިވެންޓްގެ ޗެމްޕިއަންކަން ވިދިވިދިގެން ހޯދި ތިންވަނަ ފަހަރެވެ. މިއަހަރުގެ އިތުރުން އެމްއެންޑީއެފުން ވަނީ 2021 އަދި 2022 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދާފައެވެ.

އިޖުތިމާއީ މަރުކަޒުގައި ޖުލައި 3 ވަނަ ދުވަހުގެ ރޭ ބޭއްވި މިސްޓަރ މޯލްޑިވްސް މުބާރާތުގެ "މެންސް އެތުލެޓިކް ފިޒީކް (އަޕް ޓު 170 ސެންޓިމީޓަރ)" ކެޓަގަރީން، ސާޖަންޓް ފަތުހުﷲ މުހައްމަދު ރަން މެޑަލް ހާސިލުކުރިއިރު، "މެންސް އެތުލެޓިކް ފިޒީކް (އަޕް ޓު 175 ސެންޓިމީޓަރ)" ކެޓަގަރީގައި ވާދަކުރި ޕްރައިވެޓް އަބްދުﷲ އަހްސަން ވެސް ވަނީ އެ ކެޓަގަރީން ރަން މެޑަލް ހާސިލުކޮށްފައެވެ. އޭގެ އިތުރުން، މެންސް ސްޕޯޓްސް ފިޒީކް (އަޕް ޓު 180 ސެންޓިމީޓަރ) ކެޓަގަރީން ރަން މެޑަލް ހާސިލުކޮށްފައި ވަނީ ވެސް ސިފައިންގެ އެތުލީޓެއް ކަމުގައިވާ ސާޖަންޓް އަހުމަދު ނައީމެވެ.

މުބާރާތުގައި ސިފައިންގެ އެތުލީޓުން ހޯދި އިތުރު ކާމިޔާބީތަކުގެ ތެރޭގައި، "އެތުލެޓިކް ފިޒީކް" އޯވަރޯލް ޗެމްޕިއަންކަން ވިދިވިދިގެން ދެވަނަ ފަހަރަށް ހޯދައި، ޕްރައިވެޓް އަބްދުﷲ އަހްސަން ރަން މެޑަލް ހާސިލުކުރިއެވެ. އަދި، "މެންސް ސްޕޯޓްސް ފިޒީކް" ކެޓަގަރީން އޯވަރޯލް ތިންވަނަ މަގާމު ހޯދައި، ސާޖަންޓް އަހުމަދު ނައީމް ވަނީ ލޯ މެޑަލް ހާސިލުކޮށްފައެވެ.

ސިފައިންގެ އެތުލީޓުން ވަނީ މުޅި މުބާރާތުގައި ހަތަރު ރަން މެޑަލާއި، ދެ ރިހި މެޑަލް، އަދި ފަސް ލޯ މެޑަލް ހާސިލުކޮށްފައެވެ. މިގޮތުން ވަކިވަކި ކެޓަގަރީތަކަށް ބަލާއިރު، މުބާރާތުގެ "މެންސް އެތުލެޓިކް ފިޒީކް (އަޕް ޓު 175 ސެންޓިމީޓަރ)" ކެޓަގަރީގައި ވާދަކުރި ސިފައިންގެ އެތުލީޓުންގެ ތެރެއިން، ސާޖަންޓް އިބްރާހީމް ނަބީލް، ރިހި މެޑަލް ހާސިލުކުރިއިރު، އެ ކެޓަގަރީން ލޯ މެޑަލް ހާސިލުކުރީ ސާޖަންޓް މަނާފް ވަހީދެވެ. އަދި މުބާރާތުގެ "މެންސް އެތުލެޓިކް ފިޒީކް (އަޕް ޓު 170 ސެންޓިމީޓަރ)" ކެޓަގަރީގައި ވާދަކުރި ސިފައިންގެ ސާޖަންޓް އަބްދުﷲ މުހައްމަދު ވަނީ އެ ކެޓަގަރީން ލޯ މެޑަލް ހާސިލުކޮށްފައެވެ.

"މެންސް ސްޕޯޓްސް ފިޒީކް (އަޕް ޓު 180 ސެންޓިމީޓަރ)" ކެޓަގަރީން ސިފައިންގެ ކޯޕްރަލް އަލީ ސަލާމް، ރިހި މެޑަލް ހާސިލުކުރިއިރު، "މެންސް ސްޕޯޓްސް ފިޒީކް (އަޕް ޓު 175 ސެންޓިމީޓަރ)" ކެޓަގަރީގައި ވާދަކުރި ސިފައިންގެ އެތުލީޓުުންގެ ތެރެއިން، ސާޖަންޓް ހުސައިން ޝާޒް ވަނީ ލޯ މެޑަލް ހާސިލުކޮށްފައެވެ. "މެންސް ސްޕޯޓްސް ފިޒީކް (އަޕް ޓު 170 ސެންޓިމީޓަރ)" ކެޓަގަރީން، ސިފައިންގެ ޕްރައިވެޓް ވިރާމް އިސްމާއީލް ލޯ މެޑަލް ހާސިލުކުރިއިރު، އެ ކެޓަގަރީގައި ވާދަކުރި ޕްރައިވެޓް އަބްދުﷲ ސައީދު ވަނީ ހަތަރުވަނަ ހޯދާފައެވެ.

އޭގެ އިތުރުން، "މެންސް ބޮޑީބިލްޑިންގ އޯޕަން" ކެޓަގަރީގައި ވާދަކުރި ސިފައިންގެ ސާޖަންޓް އިބްރާހީމް އައްސަދު ވަނީ އެ ކެޓަގަރީން ލޯ މެޑަލް ހާސިލުކޮށްފައެވެ.

މި މުބާރާތުގައި ދިވެހި ސިފައިންގެ ކުލަބުގެ 11 އެތުލީޓުން ވާދަކޮށްފައި ވެއެވެ. މި އަހަރުގެ މިސްޓަރ މޯލްޑިވްސް މުބާރާތުގައި ވާދަކުރި ދިވެހި ސިފައިންގެ ކުލަބުގެ ޓީމުގެ ކޯޗަކީ، ސްޓާފް ސާޖަންޓް މުހައްމަދު އިބްރާހީމެވެ. އަދި އެ ޓީމުގެ މެނޭޖަރަކީ ސްޓާފް ސާޖަންޓް މަހުމޫދު ޒިޔާދުއެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

4

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

5

އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017
އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ
31 ޖެނުއަރީ 2017

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ
31 ޖެނުއަރީ 2017

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް