Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެއި 6 ޙަމަލާ

މެއި 6 ޙަމަލާ: ސައިކަލުގައި އައިއީޑީ ހަރުކުރި ތަނުގައި ނުހުންނަ ކަމަށް ބުނެ ތަހުމީނު ހުށަހެޅި ހެކިތައް ބަލައިގަނެވޭނެ

4 ޖުލައި 2023 | އަންގާރަ 07:42

ދަށު ކޯޓުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން ބާތިލު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 ޖުލައި 2023 | އަންގާރަ 07:42
ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ދައުވާ އުފުލާފައިވާ ތަހުމީނު އަހުމަދު

ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ދައުވާ އުފުލާފައިވާ ތަހުމީނު އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ތަހުމީނު އަހުމަދުގެ ފަރާތުން ޙާދިސާ ހިނގި ތަނުގައި އޭނާ ނެތްކަމަށް ބުނެ ދިފާއުގެ ގޮތުގައި ހުށަހަޅާފައިވާ ހެކިން ބަލައިގަނެވޭނެކަމަށް ހައިކޯޓުން ނިންމައިފިއެވެ.

ދައުލަތުން ތަހުމީނުގެ މައްޗަށް 4 ދައުވާއެއް އުފުލައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެއެވެ.

Advertisement - newsAdvertisement

އެއީ ޓެރަރިޒަމްގެ ޢަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއާއި، ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާއާއި، ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިޔުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދަޢުވާ އަދި ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރުމުގެ ކުށުގެ ދަޢުވާއެވެ.

އޭނާއަށް ޤާނޫނީ އިންޒާރު ދީފައިވަނީ މި މައްސަލައަކީ ހުޅުމާލޭގައި އޭނާގެ ނަން މަތީގައި ރަޖިސްޓްރީ ކޮށްފައިވާ ނޫކުލައިގެ ހޮންޑާ ވޭވް ސައިކަލެއްގައި މެއި މަހުގެ 3 ވަނަ ދުވަހު އައިއީޑީއެއް ހަރުކޮށް، މެއި 5 ވަނަ ދުވަހު އެ ސައިކަލު މާލެ ގެނެސް ޙާދިސާ ހިނގި ތަނުގައި ބަހައްޓައި، މެއި 6 ވަނަ ދުވަހު ނަޝީދަށް އެ ޙަމަލާދީފައިވާ މައްސަލަކަމަށް ބުނެއެވެ.

އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ ހުޅުމާލޭގައި އޭނާގެ ނަން މަތީގައި ރަޖިސްޓްރީ ކޮށްފައިވާ ނޫކުލައިގެ ހޮންޑާ ވޭވް ސައިކަލެއްގައި މެއި މަހުގެ 3 ވަނަ ދުވަހު އައިޑީއެއް ހަރުކޮށް މެއި 6 ވަނަ ދުވަހު ނަޝީދަށް އެއިން ޙަމަލާ ދީފައިވާ މައްސަލައިގައެވެ.

ޙާދިސާ ހިނގި ތަނުގައި ނެތްކަމުގެ ދިފާއު އޭނާ ނަގާފައިވަނީ އެ ކަންކަމާއި ގުޅިގެންނެވެ.

މި މައްސަލަ ދަށު ކޯޓުގައި ކުރިއަށް ދިޔައިރު، މި މައްސަލައިގައި ދިފާޢީ ހެކިންގެ ގޮތުގައި ތަހުމީން އަޙްމަދުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ތެރެއިން ޝަމްޢޫން ރަޝީދު އަދި މުޙައްމަދު ޒޫމާލް ޒަރީރު ދިފާއީ ހެކީގެ ގޮތުގައި ބަލައިނުގަތުމަށް އެދި ދައުލަތުން ހުށަހެޅި ހުށަހެޅުން ދަށު ކޯޓުން ވަނީ ބަލައިގެންފައެވެ.

ހައިކޯޓުގައި ނިންމި މި މައްސަލައަކީ ހެކި ބަލައިނުގަތުމަށް އެދި ދައުލަތުން ހުށަހެޅި ހުށަހެޅުން ދަށު ކޯޓުން ބަލައިގެންފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލަތަކާ ޚިލާފަށް ކަމަށް ބުނެ އެ ނިންމުން އިސްތިއުނާފު ކުރުމަށް އެދި ތަހުމީނުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލައެކެވެ.

ދައުލަތުން ބުނެފައިވަނީ މައްސަލައިގެ ލިޔުންތައް ކޯޓަށް ހުށަހެޅުމުން ތަހުމީނުއާ އެ ލިއުންތައް ޙަވާލު ކުރެވިފައިވާއިރު، އެ ހިސާބުން ފެށިގެން ތަނުގައި ނެތްކަމުގެ ދިފާޢު ނަގަން ބޭނުންނަމަ އެ މައުލޫމާތު އެންގުމަކީ އޭނާގެ ޒިންމާއެއް ކަމަށެވެ.

އަދި ޙާދިސާ ހިނގި ތަނުގައި ނެތްކަމުގެ ދިފާޢު ނަގަން ބޭނުންވާ ނަމަ އެ ދިފާޢު ވީހާ އަވަހަކަށް ނެގުމަކީ އެކަމާ ގުޅޭ މާއްދާތަކުގައި ބަޔާންކޮށްފައިވާ މަޤްސަދުކަންވެސް ދައުލަތުން ފާހަގަ ކުރެއެވެ.

އޭގެ އިތުރުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ދަޢުވާލިބޭ ފަރާތާ އެއްކޮޅަށް ހުރި ހެކި ހާމަކުރުމަކީ ދަޢުވާލިބޭ ފަރާތުގެ ޒިންމާއެއްކަން މަތީމަރުޙަލާގެ ނިންމުންތަކުން އެނގެން އޮންނަކަންވެސް ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.

ހައިކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 122 ވަނަ މާއްދާއިން ދިފާޢު ނަގަން އެދޭ މީހަކު ޝަރީޢަތުގެ މަރުހަލާގައި ވަކި ޚާއްސަ ގޮތަކަށް ދިފާޢީ ހެކި ހާމަކުރުމަށް އިޖުރާއަތެއް މިހިނދަށް ބަޔާންކޮށްފައި ނެތް ކަމަށެވެ.

ދިފާޢުގައި ހެކި ހާމަކުރުމަށް އޮންނަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 110 ވަނަ މާއްދާގެ ދަށުންކަން ފާހަގަކޮށް ހައިކޯޓުން ބުނީ، މި މައްސަލައިގައި ހެކި ހާމަކޮށްފައިވަނ،ީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 110 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާއަތާ އެއްގޮތަށްކަމަށް އެ ކޯޓުގެ ޝަރީޢަތުގައި ދެފަރާތުން ދެއްކި ވާހަކައިން އެނގޭ ކަމަށެވެ.

އޭގެ އިތުރުން، މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ހެކި ހާމަކޮށްފައިވަނ،ީ ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި ކަމަށްވާތީ، އެ މުއްދަތާ ހަމައަށް ލަސްވި ލަސްވުމަކީ އިސްތިއުނާފުކުރާ ފަރާތުގެ ސަބަބުން ވެފައިވާ ލަސްވުމެއް ކަމަށް ބެލެވެން ނެތްކަމަށްވެސް ހައިކޯޓުން ނިންމި ނިންމުމުގައި ބުނެފައިވެއެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ އިއްތިފާޤުން ނިންމަވާފައިވަނީ ދަށު ކޯޓުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުމަކީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

ވުމާއެކު، އެ ނިންމުން ބާޠިލުކޮށ،ް މި މައްސަލައިގައި ތަހުމީން އަޙްމަދުގެ ފަރާތުން ހުށަހަޅާފައިވާ ދެ ހެކިންނަކީ ބަލައިނުގަނެވޭނެ ހެކި ކަމުގައި ކަނޑައަޅަންޖެހޭ ތަނެއް ނެތްކަމުގައި ވަނީ ނިންމަވާފައެވެ.

ހައިކޯޓުގައި މި މައްސަލަ ނިންމެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ، ފަނޑިޔާރު ޙަސަން ޝަފީއު އަދި ފަނޑިޔާރު ހުޒައިފާ މުޙައްމަދެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

23 ޖޫން 2017

ގާޒީގެ ސައިކަލުގައި ރޯކޮށްލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ބަންދަށް 12 ދުވަސް!

23 ޖޫން 2017
ގާޒީގެ ސައިކަލުގައި ރޯކޮށްލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ބަންދަށް 12 ދުވަސް!
22 ޖޫން 2017

ކަނޑުހުޅުދޫ ގާޒީގެ ސައިކަލުގައި ރޯކޮށްލި މައްސަލައިގައި ދެ މީހުން ހައްޔަރުކޮށްފި

22 ޖޫން 2017
ކަނޑުހުޅުދޫ ގާޒީގެ ސައިކަލުގައި ރޯކޮށްލި މައްސަލައިގައި ދެ މީހުން ހައްޔަރުކޮށްފި
22 ޖޫން 2017

ކަނޑުހުޅުދޫ ގާޒީގެ ސައިކަލުގައި ރޯކޮށްލައިފި

22 ޖޫން 2017
ކަނޑުހުޅުދޫ ގާޒީގެ ސައިކަލުގައި ރޯކޮށްލައިފި
08 ޖޫން 2017

ޑިންގީ ގެއްލުނު ސުމެއިދު ހޯދަން ފަޅު ރަށްތައް ބަލަން ފަށައިފި

08 ޖޫން 2017
ޑިންގީ ގެއްލުނު ސުމެއިދު ހޯދަން ފަޅު ރަށްތައް ބަލަން ފަށައިފި
11 މެއި 2017

އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ މެއި 30 ގައި

11 މެއި 2017
އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ މެއި 30 ގައި
04 މެއި 2017

މުހުސިންއަށް ޙަމަލާއެއް ދޭން އުޅޭ މައްސަލަ ފުލުހުންނަށާއި އެޗްއާރުސީއެމްއަށް!

04 މެއި 2017
މުހުސިންއަށް ޙަމަލާއެއް ދޭން އުޅޭ މައްސަލަ ފުލުހުންނަށާއި އެޗްއާރުސީއެމްއަށް!
01 މެއި 2017

މިއަދު މުޒަހާރާއަށް ނިކުންނަން ތައްޔާރު، މެއި ޑޭ އަށްވުރެ ތިން ގުނައަށް މީހުން އިތުރު: ރޮޒެއިނާ

01 މެއި 2017
މިއަދު މުޒަހާރާއަށް ނިކުންނަން ތައްޔާރު، މެއި ޑޭ އަށްވުރެ ތިން ގުނައަށް މީހުން އިތުރު: ރޮޒެއިނާ
22 އެޕްރީލު 2017

ގާސިމް ދޫކޮށްލަން ގޮވާލާ ހަރުކުރި ބޮޑު ޕޯސްޓަރު ނަގަން އަންގައިފި

22 އެޕްރީލު 2017
ގާސިމް ދޫކޮށްލަން ގޮވާލާ ހަރުކުރި ބޮޑު ޕޯސްޓަރު ނަގަން އަންގައިފި
15 އެޕްރީލު 2017

ފަނޑިޔާރަކު ބްލެކްމެއިލްކުރަން އުޅުނު ކަމަށް ބުނެ ހައްޔަރުކޮށް ޒައިދުގެ މައްޗަށް އެކިފަހަރު އެކި ތުހުމަތު!

15 އެޕްރީލު 2017
ފަނޑިޔާރަކު ބްލެކްމެއިލްކުރަން އުޅުނު ކަމަށް ބުނެ ހައްޔަރުކޮށް ޒައިދުގެ މައްޗަށް އެކިފަހަރު އެކި ތުހުމަތު!
17 މާރިޗު 2017

ލޯކަލް ކައުންސިލް އިންތިހާބަށް ވެސް "ރޯގާ" ޖެހި، މެއި 6 އަށް ފަސްކޮށްފި

17 މާރިޗު 2017
ލޯކަލް ކައުންސިލް އިންތިހާބަށް ވެސް "ރޯގާ" ޖެހި، މެއި 6 އަށް ފަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް