Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަމްރު ނޫސްވެރިންނަށް ފާޑުވިދާޅުވުން

ނޫސްވެރިންނަށް އަމާޒުކޮށް އަމްރު ދެއްކެވި ވާހަކަތަކަށް އަލީ ޒާހިރުގެ ރައްދު : "ތިއީ ޑިމޮކްރަސީގައި ބީރައްޓެހި ހުތުރު ކަމެއް"

އެއީ ޑިމޮކްރެޓިކް އަދި ކުރިއަރާފައިވާ މުޖުތަމައުއެއްގައި ވަރަށް ބީރަށްޓެހި ހުތުރު ކަމެއް ކަަމަށް އަލީ ޒާހިރު ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 3 ޖުލައި 2023 | ހޯމަ 02:39
އަލީ ޒާހިރު އާއި އަމްރު

އަލީ ޒާހިރު އާއި އަމްރު

އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިންނަށް އަމާޒުކުރައްވާ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ދެއްކެވި ވާހަކަތަކަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ފާޑު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމްރު ވަނީ ބައެއް ނޫސްވެރިން ދެންނެވި ސުވާލުތަކާމެދު ހިތްހަމެޖެހިވަޑައިނުގެން އެއީ ރައީސް އޮފީހުން އަންގާ ހެޑްލައިނެއް ޖެހުމަށް ކުރަމުންދާ ސުވާލުތައް ކަމަށް ތުހުމަތުކުރައްވާފައެވެ. އަދި ނޫސްތަކަށް ސަރުކާރުން ފައިސާ ދޭކަމަށް ތުހުމަތުކުރައްވާ އަމްރު ވަނީ އެ ފައިސާ އަކީ ރައްޔިތުންގެ ޓެކްސް ފައިސާ ކަމަށް ވިދާޅުވެފައެވެ. އަމްރު ވަނީ އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަރަށް ބޮޑަށް ނޫސްވެރިންނަށް ފާޑު ވިދާޅުވެފައެވެ. މި ހަތަރު އަހަރު ތެރޭގައި ނޫސްވެރިކަމުގެ ދަރަޖަ ފަަހަތަށް ސޮއްސާލާފައިވާ ކަމަށާއި، ނޫސްވެރިކަމުގައި ކުރިއެރުމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން ނޫސްތަކުގެ ވެރިން ތިބީ ”ވިކިފައި“ ކަމަށް ވެސް އޭނާ ސިފަކުރެއްވިއެވެ.

Advertisement - newsAdvertisement

އެ ވާހަކަތަށް ނޫސްވެރިންނާއި އާއްމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އަމްރުގެ ވާހަކަތަކަށް އަލީ ޒާހިރު ވެސް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ޓުވީޓެއް ކުރައްވާފައެވެ.

އަލީ ޒާހިރު ވިދާޅުވީ ހުރިހާ ނޫސްވެެރިންނަށް ނިސްބަތްވާ ގޮތަށް އަމްރު ދެއްކެވި އެ ވާހަކަތައް ވަރަށް ބޮޑަށް ކުށްވެރިކުރައްވާ ކަަމަށެވެ. އަދި އެއީ ޑިމޮކްރެޓިކް އަދި ކުރިއަރާފައިވާ މުޖުތަމައުއެއްގައި ވަރަށް ބީރަށްޓެހި ހުތުރު އަމަލެއް ކަަމަށް ވެސް އަލީ ޒާހިރު ވިދާޅުވިއެވެ.

ފާޑުކިޔުންތަކާއި ގުޅިގެން އަމްރު ވަނީ މީޑިއާތަކާއި އޭނާ އާއި ގާތް ގުޅުމެއް އޮތް ކަމަށް ވިދާޅުވެ ޓްވީޓްތަކެއް ކުރައްވާފައެވެ. ނަމަވެސް ހުރިޙާ މީޑިއާތަކަށް ޖުމްލަކޮށް ނިސްބަތްކޮށް ދެއްކެވި ވާހަކަތަކާ މެދު މަޢާފަށް އެދިވަޑައިގަންނަވާފައެއް ނުވެއެވެ. އޭގެ ބަދަލުގައި އަމްރު ވަނީ އެ ވާހަކަތައް ދެއްކެވީ މީޑިއާ އަށް ހެޔޮ އެދިވަޑައިގެން ކަމަށް ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

19 މާރިޗު 2017

ޓެރަރިޒަމަށް ހިތްވަރުދޭ ގޮތަށް ލިޔާ ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ވަރުގަދަ އިންޒާރެއް ނޫސްވެރިންނަށް!

19 މާރިޗު 2017
ޓެރަރިޒަމަށް ހިތްވަރުދޭ ގޮތަށް ލިޔާ ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ވަރުގަދަ އިންޒާރެއް ނޫސްވެރިންނަށް!
14 މާރިޗު 2017

ނެށުމުގެ ފަރިތަކުރުންތައް ވީޑިއޯކުރަންދިޔަ ރާއްޖެޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

14 މާރިޗު 2017
ނެށުމުގެ ފަރިތަކުރުންތައް ވީޑިއޯކުރަންދިޔަ ރާއްޖެޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި
02 މާރިޗު 2017

ނޫސްވެރިންނަށް ދޭ އިންޒާރުތައް މީޑިއާ ކައުންސިލުން ކުށްވެރިކޮށްފި

02 މާރިޗު 2017
ނޫސްވެރިންނަށް ދޭ އިންޒާރުތައް މީޑިއާ ކައުންސިލުން ކުށްވެރިކޮށްފި
02 މާރިޗު 2017

ނޫސްވެރިންނަށް ބިރު ދެއްކުމުގައި އުޅުނީ ޕީ.ޕީ.އެމްގެ އެމް.ޕީ ޚަލީލުގެ ޅިޔަނު

02 މާރިޗު 2017
ނޫސްވެރިންނަށް ބިރު ދެއްކުމުގައި އުޅުނީ ޕީ.ޕީ.އެމްގެ އެމް.ޕީ ޚަލީލުގެ ޅިޔަނު
27 ފެބުރުއަރީ 2017

އެމެރިކާގެ ލަސް ވެގަސްގައި އެންމެ ގިނަ ކެސީނޯ ހިންގަނީ ސައުދީގެ ޝާހީ އައިލާއިން: އަމްރު

27 ފެބުރުއަރީ 2017
  އެމެރިކާގެ ލަސް ވެގަސްގައި އެންމެ ގިނަ ކެސީނޯ ހިންގަނީ ސައުދީގެ ޝާހީ އައިލާއިން: އަމްރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު