Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާއްމުންގެ ވިޔަފާރިތައް ހުއްޓުވުން

މި ސަރުކާރުން ބޭނުންވަނީ އާއްމު ރައްޔިތުންގެ ވިޔަފާރިތައް ހުއްޓުވާލައި، ރައްޔިތުން އަޅުވެތި ކުރަން: އަމްރު

ސަރުކާރުން ޓެކްސީ ވިޔަފާރިއަށް، ގެސްޓުހައުސް ވިޔަފާރިއަށް ވަނުމަށް ދަނީ މަސައްކަތް ކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 3 އެޕްރީލު 2025 | ބުރާސްފަތި 08:55
ރައީސް ޑރ.މުހައްމަދު މުއިއްޒު ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން- ފައިލް ފޮޓޯ

ރައީސް ޑރ.މުހައްމަދު މުއިއްޒު ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން- ފައިލް ފޮޓޯ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޭނުންވަނީ އާއްމު ރައްޔިތުންގެ ވިޔަފާރިތައް ހުއްޓުވާލައި، ރައްޔިތުން އަޅުވެތި ކުރުމަށް ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.

ރާއްޖޭޓީވީގެ "ޓީވީ ޓޯކް" ޕްރޮގްރާމްގައި އަމްރު ވިދާޅުވީ ގައުމުގެ ހުރިހާ ވިޔަފާރިތަކަށް ސަރުކާރުން ވަންނަމުންދަނީ އާއްމު ވިޔަފާރިތައް ހުއްޓުވާލުމަށް ކަމަށެވެ. އެގޮތުން ސަރުކާރުން ޓެކްސީ ވިޔަފާރިއަށް، ގެސްޓުހައުސް ވިޔަފާރިއަށް ވަނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އަމްރު ވިދާޅުވީ ހުރިހާ މަޝްރޫއުތައް މިހާރު ހަވާލު ކުރަމުންދަނީ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ކަމަށާއި، ޕްރައިވެޓް ކުންފުނިތައް އެކަހެރި ކުރަމުންދާ ކަމަށެވެ. އަދި ގިނަ މަޝްރޫއުތައް ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ދިނުމުގެ ނަތީޖާއެއް ގޮތުން އެތަންތަނުން މުވައްޒަފުން ނަގާނެ ކަމަށާއި، ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރަމުންދިޔަ މީހުންނަށް ސަރުކާރުގެ ވަޒީފާތަކާ ގުޅެން މަޖުބޫރުވާނެ ކަމަށް އަމްރު ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ގިނަ ބަޔަކު ސަރުކާރުގެ މުވައްޒަފުންގެ ގޮތުގައި ބައިތިއްބައި، އަޅުވެތި ކުރުމަށް ކަމަށެވެ. އަދި މިހާރު ރާއްޖެއިން ފެންނަމުންދަނީ އެ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން އެކަހަލަ ބައިވަރު ހުރިހާ ޕްރޮޖެކްޓްތައް ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތައް ވެސް މިދެނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް. ދިނީމަ މިވާ ގޮތަކީ އެމީހުން ވެސް ބޭނުންވާ މުވައްޒަފުން. އެހެންވީމަ ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުން ބަދަލުވާން މިޖެހެނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް. ޓެކްސީ ދުއްވަމުންދާ އާއްމު ފަރާތްތަކުން ބަދަލުވާންޖެހެނީ ސަރުކާރު މުވައްޒަފުންނަށް. މިހެން ގޮސް އާއްމުންގެ ގިނަ ބަޔަކު ވިޔަފާރިތައް ހުއްޓާލާފައި މި ވަންނަންޖެހެނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވަޒީފާއަށް. ވަނީމަ އެ ތާށިވީ. ދެން އެމީހުން ޑިޕެންޑްވާން ޖެހެނީ އެމީހުންގެ އާއިލާއަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދޭން. އެއްކަލަ ލިބޭ ސަރުކާރުން ދޭ މުސާރަކޮޅަށް. އެހެންވީމަ ކިތަންމެ މުސާރަ ދަށްވިޔަސް އެމީހުން ގެންގުޅޭ ޝޮޕިން ލިސްޓް ކިތަންމެ ވަރަށް ކުޑަވިޔަސް އެމީހުން ތިބެންޖެހޭނީ ވަޒީފާގައި. ކަނޑާލާފިއްޔާ ދެން ނީއްނާނެ އިތުރު ގޮތެއް. އެ ހިސާބަށް ރާއްޖޭގެ ހާލަތު ދާތީވެ ގިނަ ބައެއްގެ ސަރުކާރު މުވައްޒަފުންގެ ގޮތުގައި ބައިތިއްބާ އަޅުވެތި ކުރުމަށް މަސައްކަތް ކުރަމުންދާތަން އަޅުގަނޑަށް ފެންނަނީ.
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު

އަމްރު ވިދާޅުވީ މިސަރުކާރުގެ ސިޔާސަތުގެ ސަބަބުން ދުވަހަށް ވުރެ ދުވަހެއް ރައްޔިތުންނަށް ލިބޭ އާމްދަނީ ދަށްވެ، ރައްޔިތުން ވަރަށް ބޮޑަށް ނިކަމެތިވަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވަރަށް ބޮޑު ދައްޗެއް އަންނާނެ ކަމަށާއި، އެ އެ ދަތީގައި ރައްޔިތުން އަޅުވެތި ކުރުމަށް ސަރުކާރުން ވަރަށް ބޮޑަށް ތައްޔާރުވަމުންދާ ކަމަށް އަމްރު ވިދާޅުވި އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު