Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝަރުތުހަމަވާ އެންމެނަށް ގޯތި ދިނުން

ރައީސް ވިދާޅުވިގޮތަށް، ޝަރުތު ހަމަވާ ކޮންމެ މީހަކަށް ގޯތި ކަނޑައި، ލިސްޓު ހުސްކުރާނެ: މިނިސްޓަރު އަސްލަމް

މިސަރުކާރުން މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ހައްލެއް ގެނެސްދޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 2 ޖުލައި 2023 | އާދީއްތަ 13:39
ގުޅީފަޅު ބިން ހިއްކުން އިފްތިތާހުކުރުމުގެ ރަަސްމިއްޔާތުގެ ތެރެއިން

ގުޅީފަޅު ބިން ހިއްކުން އިފްތިތާހުކުރުމުގެ ރަަސްމިއްޔާތުގެ ތެރެއިން

ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވި ގޮތަށް ޝަރުތު ހަމަވާ ކޮންމެ މީހަކަށް ގޯތި ކަނޑައި، ލިސްޓު ހުސްކުރާނެ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ހަވީރު ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫއު ފެށުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، މާލެއަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައާއި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް 1997 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރާކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް އައިއިރު ހައްލެއް ނުލިބުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރު އަސްލަމް ވިދާޅުވީ އެހެން ސަރުކާރުތަކުގައި މި ބޮޑު މައްސަލައަށް ހައްލު ގެނައުމަށް މަސައްކަތްކުރީ އެކަށީގެންވާ ސްޕީޑެއްގައި ނޫން ކަމަށާއި، ގޯއްޗާއި ފްލެޓްތައް ދީފައިވަނީ މަދު ބަޔަކަށް ކަމަށެވެ. ބޮޑު މައްސަލައަކަށް ބޮޑު ހައްލެއް ގެނެސްދީފައި ނުވާކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ މިސަރުކާރުން މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ހައްލެއް ގެނެސްދޭނެ ކަމަށާއި، ތަރައްގީގެ ބޮޑު ޕްލޭނެއް އެބަ އޮތް ކަމަށެވެ. ރައީސް ސާލިހު ނިންމަވާފައިވާ ގޮތަށް މަސައްކަތްތައް ކުރިއަށް ގޮސް އޮގަސްޓު މަހުގެ ތެރޭގައި ބިންވެރިޔާ ސްކީމްގައި ގޯތި ލިބޭނެ ކަމަށް ކަނޑައެޅިފައިވާ މީހުންނަށް ގޯތި ދޫކުރާނެ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

ގުޅީފަޅުގެ ބިން ހިއްކުމުގެ މަޝްރޫއަށް އިޝާރާތް ކުރައްވައި މިނިސްޓަރު އަސްލަމް ވިދާޅުވީ، ބިން ހިއްކުމުގެ މަސައްކަތް ފުރަތަމަ ފެށީ 2019ގައި ކަމަށާއި، ކޮވިޑް-19އާ ގުޅިގެން ދެ އަހަރު މަސައްކަތްތައް މަޑު ޖެހުނު ކަމަށެވެ. އެއީ ބަދުނަސީބު ދެއަހަރުގެ ގޮތުގައި މިނިސްޓަރު އަސްލަމް ސިފަކުރެއްވިއެވެ. ނަމަވެސް ވިދާޅުވީ މިހާރު ހާލަތު ބަދަލުވެ، މަސައްކަތްތައް ފެށިފައިވާކަމަށެވެ.

ފާޑުކިޔުންތަކަށް ރިއެކްޓްނުކުރާނެކަން ފާހަގަކުރައްވައި މިނިސްޓަރު އަސްލަމް ވިދާޅުވީ، މަސައްކަތްތައް ކުރުމަށް މާގިނަ ވާހަކަތަކެއް ނުދައްކާނެ ކަމަށާއި، ފައިސާ ހަމަޖެހި ވަގުތު ޖެހުމުން މަސައްކަތްތައް ކުރިއަށްދާތަން ރައްޔިތުންނަށް ފެންނާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު