Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެންބަރުންްގެ ގޮނޑިގެއްލުން

މިއަދަކީ ޖުޑީޝަރީ އާއި ޑިމޮކްރެސީ ފުނޑިގެން ދިޔަ ކަޅު އަނދިރި ދުވަހެއް: ޑރ. ޖަމީލް

މިއަދަކީ ޑިމޮކްރެސީ އާއި ޖުޑިޝިއަރީ ފުނޑިގެން ދިޔަ ދުވަހެއް

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 13 ޖުލައި 2017 | ބުރާސްފަތި 13:48
ޕީޕީއެމް ސަރުކާރުގެ ފުރަތަމަ ނައިބުރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު

ޕީޕީއެމް ސަރުކާރުގެ ފުރަތަމަ ނައިބުރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު

މިއަދަކީ ޖުޑީޝަރީއާއި ޑިމޮކްރަސީ ފުނޑިގެންދިޔަ ކަޅު އަނދިރި ދުވަހެއްކަމަށް ޕީޕީއެމް ސަރުކާރުގެ ފުރަތަމަ ނައިބުރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޕާޓީއިން ވަކިވުމުން މަޖިލީހުގެ މެންބަރުކަމުގެ ގޮނޑި ގެއްލޭނެކަމަށް ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ކަނޑައެޅުމާއި ގުޅިގެން ޑރ. ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއީ ޑިމޮކްރަސީ ފުނޑިގެން ދިޔަ ކަޅު ދުވަހެއް ކަމަށާއި، މިކަމުގެ ހިތި ނަތީޖާ އެންމެން ދެކޭނޭ ކަމަށެވެ.

Advertisement - newsAdvertisement

މިގައުމުގެ ޖުޑީޝަރީ މިއަދު ފުނޑިގެން ހިނގައްޖެކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ. ޑރ. ޖަމީލުގެ ޓްވީޓްގައި ވަނީ "އިހުތިޖާޖްއަށް ތެދުވަމާތޯއެވެ" މި ގޮތަށް އައްސަވާ ސުވާލުކުރައްވާފައެވެ.

މެންބަރުން ޕާޓީން ވަކިވުމުން ގޮނޑިގެއްލޭގޮތަށް ހުށައެޅި މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމި ހުކުމުގައި ވަނީ "އެންޓި ޑިފެކްޝަން ގާނޫނެއް" ވުޖޫދަށް ގެނައުމަށް އެންމެހާ ކަމާގުޅޭ ފަރާތްތަކަށް އަމުރުކޮށްފައެވެ. އަދި އެ ގާނޫނު ފާސްވަންދެން މިއަދުން ފެށިގެން ޕާޓީއިން ވަކިވާ މެންބަރުންގެ ގޮނޑި ގެއްލޭނެކަމަށް ވަނީ ކަނޑައަޅައިފައެވެ. މީގެ އިތުރަށް މެންބަރަކު ޕާޓީއިން ވަކިވެއްޖެ ކަމަށް ބަލާނީ، ޕާޓީއިން ވަކިވުމަށް އެދި ޕާޓީގެ އޮފީހަށް ސިޓީ ހުށަހެޅުމުން އިލެކްޝަންސް ކޮމިޝަނުން އެ މެންބަރަކު ޕާޓީއިން ވަކިކުރުމުން ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

ސަރުކާރުން މި މައްސަލަ ހުށަހަޅާފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް، ސަރުކާރުން ހިންގާ ޕީޕީއެމްގެ 11 މެންބަރަކު ހިމެނޭ ގޮތަށް، ޖުމްލަ 45 މެންބަރުންގެ ސޮޔާއެކު އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވަނިކޮށެވެ. މީގެ އިތުރުން، މައްސަލަ ހުށަހަޅާފައި މިވަނީ މަސީހުގެ އިތުބާރުގެ ގަރާރުގައި ސޮއިކުރެއްވި މެންބަރުންތައް ޕީޕީއެމުން ވަކިވަމުންދާ ދަނޑިވަޅެއްގައެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި

07 ފެބުރުއަރީ 2017
ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު