Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔޫއެންޑަބްލިއުޓީއޯގެ އެއްބަސްވުމުން

ޔޫއެންޑަބްލިއުޓީއޯގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ވެސް، ފަތުރުވެރިންނަށް ކަމޭހިތައި ބަލަހައްޓާ ގައުމެއްގެ ގޮތުގައި ރާއްޖެ އޮތީ މަޝްހޫރުވެފައި: ޓޫރިޒަމް މިނިސްޓަރު

ރާއްޖެއަކީ ފަތުރުވެރިންނާ ގާތް ގުޅުމެއް ބާއްވާ ގައުމެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 1 ޖުލައި 2023 | ހޮނިހިރު 11:48
ޓޫރިޒަމް މިނިސްޓަރު، އަބްދުﷲ މައުސޫމް

ޓޫރިޒަމް މިނިސްޓަރު، އަބްދުﷲ މައުސޫމް

ޔޫއެންޑަބްލިއުޓީއޯގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިންވެސް، ފަތުރުވެރިންނަށް ކަމޭހިތައި ބަލަހައްޓާ ގައުމެއްގެ ގޮތުގައި ރާއްޖެ އޮތީ މަޝްހޫރުވެފައި ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީއަށް މިނިސްޓަރު ވިދާޅުވީ، ގައުމަކަށް ފަތުރުވެރިން އަންނައިރު ސަލާމަތާ ރައްކާތެރިކަމަށް ވަރަށް ބޮޑަށް ބަލާކަމަށާއި ކޮންމެ ފަތުރުވެރިޔަކަށް އިންޝުއަރެންސެއް ނުނެގޭނެ ކަމަށެވެ. އަދި ފަތުރުވެރިންނަށް ބޭނުންވާ ހިތްހަމަޖެހުން ހޯދައިދިނުމަށް ސަރުކާރުން އެފަދަ ހާލަތަކަށް ބަލާނެ ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ފަތުރުވެރިކަމަށް ދިމާވާ އެކިއެކި ކާރިސާތަކުގައި ފަތުރުވެރިންނަށް އެހީތެރިވެދިނުމާ ގުޅޭ ޔޫއެންޑަބްލިއުޓީއޯގެ އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރީ މިއަހަރުގެ ޖޫން މަހުގައެވެ. މި އެއްބަސްވުމުގެ ދަށުން، ފަތުރުވެރިކަމަށް ބޮޑު ކަމެއް ދިމާވެއްޖެ ހާލަތުގައި އެއް ގައުމު އަނެއް ގައުމާ ގުޅިގެން ފަތުރުވެރިންނަށް ބުރަބޮޑުނުވާނެ ގޮތަކަށް ކަންކަން ކުރިއަށްގެންދާނެއެވެ.

މިނިސްޓަރު ވިދާޅުވީ ފުރަތަމަ އަހަރުގެ ތެރޭގައި މައުލޫމާތު ހިއްސާކޮށް، ގައުމުތަކުން މައުލޫމާތު ބަދަލުކުރާނެ ކަމަށެވެ. އަދި އެކި ގައުމުތަކުން ލިބޭ މައުލޫމާތުގެ އަލީގައި، އަހަރެއް ނުވަތަ ދެ އަހަރެއްގެ ތެރޭގައި މުޅި ދުނިޔޭގައި ޕްރެކްޓިސް ކުރާނެ ކަންތައްތަކަށް އެއްބަސްވެވިދާނެ ކަމަށެވެ.

މި އެއްބަސްވުމުގައި ދުނިޔޭގެ އެހެން ބައެއް ގައުމުތަކުން ވަނީ ސޮއިކޮށްފައެވެ. އަދި ރާއްޖެއާއެކު ކެމްބޯޑިއާއާއި އިންޑޮނޭޝިއާއިން ވެސް ވަނީ މި އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

އެއްބަސްވުން ބިނާވާނީ ބޮޑުކަމެއް ފަތުރުވެރިކަމުގެ ސިނާއަތައް ދިމާވެއްޖެ ހާލަތުގައި އެއް ގައުމު އަނެއް ގައުމާ ވާހަކަދައްކައިގެން، ފަތުރުވެރިކަމުގެ ޚިދުމަތްދޭ ފަރާތްތަކުގެ މެދުގައި ވާހަކަދެކެވިގެން ޓޫރިސްޓުންނަށް ތަކުލީފު ކުޑަ ގޮތަކަށް، އަދި އެމީހުންނަށް ބުރަ ބޮޑުނުވާނެ ގޮތަކަށް އެމީހުންގެ ކަންތައްތައް ބެލެހެއްޓުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ޔޫއެންޑަބްލިއުޓީއޯއިން ބޮޑަށް ބޭނުންވަނީ އެކި ގައުމުތަކުގެ ތަޖުރިބާތައް ހިއްސާކޮށް، ކުރިއަށްއޮތް އަހަރުތަކުގައި ބޮޑަށް ފައިނަލައިޒްކުރަން ކަމަށާއި، ފައިނަލްވެގެންދާއިރު މުޅި ދުނިޔޭގައި ޓޫރިސްޓުންނަށް ގަބޫލުކުރެވޭ އިންޓަނޭޝަނަލް ކޯޑް އޮފް ޕްރޮޓެކްޝަނެއް އޮންނާނެ ކަމަށެވެ. އަދި ބައިވެރިވެފައި އޮންނަ ގައުމުތަކަށް ޓޫރިސްޓުން ދާން މާ ބޮޑަށް ހިތްހަމަޖެހޭނެކަން ފާހަގަކުރައްވައި މައުސޫމް ވިދާޅުވީ، ބައިނަލްއަގުވާމީ ނެޓްވޯރކަކުން ގުޅާލެވިފައިވާ ސިސްޓަމެއްގެ ތެރެއިން އެމީހުންގެ ދަތުރުފަތުރު ރޭވިގެންދާކަން ފަތުރުވެރިންނަށް ޔަގީންކުރެވޭނެ ކަމަށެވެ.

ޔޫ.އެން.ޑަބްލިއު.ޓީ.އޯމިނިސްޓްރީ އޮފް ޓުއަރިޒަމް

ކޮމެންޓް

އިތުރަށް ކިޔާލަން

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

28 ޖެނުއަރީ 2025

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު