Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ފަލަސްތީނުގެ ބިންތައް ފޭރުން

"އަމިއްލަ ގެދޮރަށް ގެންދާނަމޭ ބުނާނެ ކޮންމެ ދުވަހަކު... އެކަމަކު، ވާ ކަމެއް ނޯވޭ"

އަމިއްލަ ވަޒަނުގައި ރެފިއުޖީންނަށް ވެފައިވާ މީހުންގެ ތަކުލީފުތަކުގެ އަޑުތައް، ކުރެހުމުގެ ޒަރީއާއިން އިއްވައިދޭން ބޭނުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 22 ޖޫން 2023 | ބުރާސްފަތި 17:10
ފަލަސްތީނުގެ ބިންތައް ފޭރުން

ފަލަސްތީނުގެ ބިންތައް ފޭރުން

އަމިއްލަ ބިމެއްގައި ދިރިއުޅެމުން ދަނިކޮށް، ގޮށްމުށުގެ ބާރުން ވެރިކަން ހިންގާ ބަޔަކު އެތަނަކަށް ވެރިވަގުތުމުން އެ ކުރެވޭ އިހުސާސަކީ އެފަދަ ތަޖުރިބާއެއް ކުރި މީހަކަށް ނޫނީ ޚިޔާލަށްވެސް ގެނެވޭނެވަރުގެ ކަމެއް ނޫނެވެ. އިޒްރޭލުގެ ޔަހޫދީންގެ ނުފޫޒުން ފަލަސްތީނުގެ ބިންތައް ފޭރެމުން ދާ ދިއުމާ ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އަޑު އުފުލަމުން ދާއިރު، ޔަހޫދީންގެ އެ ޖަރީމާގެ ހަގީގީ ވޭން ސިފަވެގެންދަނީ، ފަލަސްތީނުގެ ފަންނުވެރިންގެ މަސައްކަތުންނޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ.

ފަލަސްތީނަށް އުފަން ކުރެހުންތެރިއެއް ކަމަށްވާ މުހައްމަދު އަލް-ކުރުންޒް ނިސްބަތްވަނީ، 1948 ވަނަ އަހަރު މެދުއިރުމަތީގައި ކުރި ހަނގުރާމައިގެ ތެރޭގައި އަމިއްލަ ވަޒަން ދޫކޮށް ދިއުމަށް މަޖުބޫރިވި އާއިލާއަކަށެވެ.

ދުނިޔޭގައި މިވަގުތު އޮތް އަނގަމަތިހާ، އެންމެ ބޮޑު ޖަލުގެ ގޮތުގައި ސިފަކުރާ ޣައްޒާގެ ބުރައިޖު ރެފިއުޖީ ކޭމްޕުގައި ދިރިއުޅުމުގެ ދުވަސްތައް ގުނަމުންދާ މުހައްމަދު ދަނީ، އަމިއްލަ ވަޒަނުގައި ރެފިއުޖީންނަށް ވެފައިވާ މީހުންގެ ތަކުލީފުތަކުގެ އަޑުތައް، ކުރެހުމުގެ ޒަރީއާއިން އިއްވައިދެމުންނެވެ.

މީގެ ކުރިންވެސް ދޭސީ އަދި އަރަބި ގެލަރީތަކުގައި އޭނާގެ ކުރެހުންތައް ދައްކާލާފައިވާ މުހައްމަދު ބުނިގޮތުގައި، އޭނާ މިކަން ކުރުމުގެ މައިގަނޑު މަގުސަދަކީ، އެތައް ޒަމާނެއް ވަންދެން އިންތިހާ ތަކުލީފާ ވޭން އުފުލަމުންދާ މީހުންގެ ހައްގުގައި ވަކާލާތުކޮށްދިނުން ކަމަށެވެ. ރެފިއުޖީ ކޭމްޕުގައި ދުވަސްތައް ގުނަމުންދާ މުހައްމަދުގެ އާއިލާއަކީ ޣައްޒާއާ 30 ކިލޯމީޓަރު ދުރުގައި އޮންނަ ފަލޫޖާއަށް ނިސްބަތްވާ އާއިލާއެކެވެ.

އުރުދުންއާއި ލުބްނާން އަދި ސޫރިޔާގެ އިތުރުން އިޒްރޭލުން ވެރިވެގެންފައިވާ ހުޅަނގު އައްސޭރިއާއި ޣައްޒާގައި މިވަގުތު ދިރިއުޅެމުންދާ ފަލަސްތީނު ރެފިއުޖީންގެ އަދަދު 5.6 މިލިއަނަށް އަރައެވެ. އޭގެތެރޭގައި ގިނައީ ބިންތައް ފޭރެމުންދާ އިޒްރޭލާ ހެދި އަމިއްލަ ގެދޮރު ގެއްލުނު އާއިލާތަކަށް ނިސްބަތްވާ މީހުންނެވެ.

ފަލަސްތީނުގެ ފޮރިން މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި، ދަފުތަރުކޮށްފައިވާ ރެފިއުޖީންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން ނިސްބަތްވާ ދަޢުލަތެއް ނުވަތަ ގައުމެއް ނެތެވެ. އެތައް ބަޔަކު ދިރިއުޅެމުން ދަނީ ތޮއްޖެހިފައިވާ ރެފިއުޖީ ކޭމްޕުތަކުގައެވެ.

ފަލަސްތީންރޮއިޓަރސް

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިއާގައި ދެހާހަށްވުރެ ގިނަ 'އެކްސް' އެކައުންޓް ބްލޮކް ކޮށްފި

އިންޑިއާގައި ދެހާހަށްވުރެ ގިނަ 'އެކްސް' އެކައުންޓް ބްލޮކް ކޮށްފި

08 ޖުލައި 2025
ފަލަސްތީނު ރައްޔިތުން ޒައިތޫނި ބިނުމަށް ވެސް ހުރަސް އަޅާ ޔަހޫދީން ހަމަލާދެނީ

ފަލަސްތީނު ރައްޔިތުން ޒައިތޫނި ބިނުމަށް ވެސް ހުރަސް އަޅާ ޔަހޫދީން ހަމަލާދެނީ

02 ނޮވެމްބަރު 2024
ޔަހޫދީ ސިފައިން ޖެނިން ހިސޯރުކުރުމާއެކު ފަލަސްތީނުގެ މީހުންނަށް ފެނާ، ކާނާ، ކަރަންޓް ލިބުން ހުއްޓިއްޖެ

ޔަހޫދީ ސިފައިން ޖެނިން ހިސޯރުކުރުމާއެކު ފަލަސްތީނުގެ މީހުންނަށް ފެނާ، ކާނާ، ކަރަންޓް ލިބުން ހުއްޓިއްޖެ

01 ސެޕްޓެމްބަރު 2024
އިޒްރޭލު ސިފައިންނާ ކުރިމަތި ލުމަށް ހަމާސްގެ ހަރަކާތްތައް ހުޅަނގު އައްސޭރީގައި ފުޅާ ކުރަނީ

އިޒްރޭލު ސިފައިންނާ ކުރިމަތި ލުމަށް ހަމާސްގެ ހަރަކާތްތައް ހުޅަނގު އައްސޭރީގައި ފުޅާ ކުރަނީ

31 އޯގަސްޓު 2024
ޔަހޫދީ ސިފައިން ޣައްޒާ އަށް ބޮން އަޅައިފި، ހުޅަނގު އައްސޭރީގެ ޖެނިން ހިސޯރުކޮށްފި

ޔަހޫދީ ސިފައިން ޣައްޒާ އަށް ބޮން އަޅައިފި، ހުޅަނގު އައްސޭރީގެ ޖެނިން ހިސޯރުކޮށްފި

31 އޯގަސްޓު 2024

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު