Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސަމީރުގެ ބައިސްކަލު ގާޑިޔާ

"ޖީބަށް ލުއި ރަހައަކަށް" ސަމީރުގެ ބައިސްކަލު ގާޑިޔާ

މިޞްރުގެ ވެރިރަށް ޤާޚިރާގެ މަގުތަކުގައި ސަމީރަކީ މަޤުބޫލު ވިޔަފާރިވެރިއެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 25 މާރިޗު 2023 | ހޮނިހިރު 01:09
"ޖީބަށް ލުއި ރަހައަކަށް" ސަމީރުގެ ބައިސްކަލު ގާޑިޔާ

"ޖީބަށް ލުއި ރަހައަކަށް" ސަމީރުގެ ބައިސްކަލު ގާޑިޔާ

މިދިޔަ 10 ވަރަކަށް އަހަރު ދުވަހަށް ބަލާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެންމެ ގިނަ ބައެއްގެ މަޤުބޫލުކަން ލިބުނު އެއް ކޭމަކީ، ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގެ ކޭންތަކެވެ. ވަކިން ހާއްސަކޮށް، ޖަޕާނުގެ ސުފުރާތައް ހާއްސަ ސުޝީއަށް ލޯބިކުރަން ފެށި މީހުންގެ ޢަދަދު ވަކިން ގިނައެވެ. ނަމަވެސް، ރަނގަޅު ފެންވަރުގެ ސުޝީ މީލްއަކީ ތާ އަބަދު ކެއުމަށް ކޮންމެ މީހެއްގެ ޖީބު ތަނަވަސްވެފައި އޮންނަ ކެއުމެއް ނޫނެވެ. މިކަމަށް ހައްލު ހޯދާދިން އެކަކީ، މިޞްރުގެ ޒުވާނެއް ކަމަށްވާ މުޙައްމަދު ސަމީރުއެވެ.

މިޞްރުގެ ވެރިރަށް ޤާޚިރާގެ މަގުތަކުގައި ސަމީރަކީ މަޤުބޫލު ވިޔަފާރިވެރިއެކެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ސަމީރު ސުޝީ ބައިސްކަލަކީ، ހެޔޮ އަގުގައި ސުޝީ ތަޖުރިބާ ކޮށްލުމުގެ ފުރުޞަތު، އެތައް ބަޔަކަށް ހޯދާދޭ ގާޑިޔަލެކެވެ،

2019 ވަނަ އަހަރު، ސުޝީ ގާޑިޔާގެ މަސައްކަތް ފެށުމުގެ ކުރިން ސަމީރަކީ، ތަފާތު އެކި ރެސްޓޯރަންޓްތަކާއި ހޮޓާތަކުގައި މަސައްކަތްކޮށް، ދާއިރާގެ ތަޖުރިބާވެސް ހޯދައިގެން ހުރި ޒުވާނެކެވެ. ސުޝީތަކުގެ ރައްކާތެރިކަމާއި ސާފުތާހިރުކަން ކަށަވަރުވާނެ ގޮތަށް، ސުޝީ ތަބަކުގައި، ބިއްލޫރި މައްޗެއްވެސް ސަމީރު ޖަހާފައި ހުރެއެވެ. ސަމީރު ބުނި ގޮތުގައި ރެސްޓޯރަންޓަކަށް ގޮސް ސުޝީ މީލްއެއް ކާލުމަށް ވުރެ، އޭނާގެ ގާޑިޔާ ކައިރިއަށް ގޮސް ސުޝީ ގަނެލައިގެން ކާލުމަކީ ގިނަ ބަޔަކަށް މިއަދު އޮތް އެންމެ ފަސޭހަ އަދި ޖީބަށްވެސް ލުއި މަގެވެ.

ސުޝީތަކުގެ ރައްކާތެރިކަމާއި ސާފުތާހިރުކަން ކަށަވަރުވާނެ ގޮތަށް، ސުޝީ ތަބަކުގައި، ބިއްލޫރި މައްޗެއްވެސް ސަމީރު ޖަހާފައި ހުރެއެވެ. ސަމީރު ބުނި ގޮތުގައި ރެސްޓޯރަންޓަކަށް ގޮސް ސުޝީ މީލްއެއް ކާލުމަށް ވުރެ، އޭނާގެ ގާޑިޔާ ކައިރިއަށް ގޮސް ސުޝީ ގަނެލައިގެން ކާލުމަކީ ގިނަ ބަޔަކަށް މިއަދު އޮތް އެންމެ ފަސޭހަ އަދި ޖީބަށްވެސް ލުއި މަގެވެ.

މި ފަހަކަށް އައިސް، މިޞްރުގެ ރެސްޓޯރަންޓްތަކުގައިވެސް ސުޝީގެ މަޤުބޫލުކަން ދަނީ އިތުރު ވަމުންނެވެ. ސީދާ ސުޝީ މީލް ތައްޔާރު ކުރަން ހާއްސަ ރެސްޓޯރަންޓްތައްވެސް މިޞްރުގެ އެކި ހިސާބުތަކުގައި ދަނީ ހުޅުވަމުންނެވެ.

ރޮއިޓަރސް

އިތުރަށް ކިޔާލަން

08 ޖުލައި 2025

އިންޑިއާގައި ދެހާހަށްވުރެ ގިނަ 'އެކްސް' އެކައުންޓް ބްލޮކް ކޮށްފި

08 ޖުލައި 2025
އިންޑިއާގައި ދެހާހަށްވުރެ ގިނަ 'އެކްސް' އެކައުންޓް ބްލޮކް ކޮށްފި
04 އޮކްޓޯބަރު 2023

ރޯވި މާލަމުގައި ހުރި ގޮނޑިއެއްގައި މަރުވެފައި އިން މަރްޔަމް ފެނުނީ، އޭނާގެ ކައިވެންޏަށް ތައްޔާރުވެފައިވާ ނަބީލަށް!

04 އޮކްޓޯބަރު 2023
ރޯވި މާލަމުގައި ހުރި ގޮނޑިއެއްގައި މަރުވެފައި އިން މަރްޔަމް ފެނުނީ، އޭނާގެ ކައިވެންޏަށް ތައްޔާރުވެފައިވާ ނަބީލަށް!
13 ސެޕްޓެމްބަރު 2023

ފަލަސްޠީނުގެ ކުނީގެ މައްސަލައަށް ޙައްލު ހޯދުމުގެ އެންމެ ކުރީގައި ކަނބަލުންގެ ހީވާގި ފައުޖެއް

13 ސެޕްޓެމްބަރު 2023
ފަލަސްޠީނުގެ ކުނީގެ މައްސަލައަށް ޙައްލު ހޯދުމުގެ އެންމެ ކުރީގައި ކަނބަލުންގެ ހީވާގި ފައުޖެއް
01 ޖުލައި 2023

ނަދާގެ ދަނޑުގައި މިލިއަނުން ކިލާ ފަނި... ކީއްވެކަން އެނގޭތަ؟

01 ޖުލައި 2023
ނަދާގެ ދަނޑުގައި މިލިއަނުން ކިލާ ފަނި... ކީއްވެކަން އެނގޭތަ؟
01 ޖުލައި 2023

ޕިއްޒާގެ އަސްލަކީ ޕޮމްޕޭތަ؟

01 ޖުލައި 2023
ޕިއްޒާގެ އަސްލަކީ ޕޮމްޕޭތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު