Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކުޅަނދުރު ކަށި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

ފަރުވާކޮށް، ބަލިން ރަނގަޅުވާ މީހުން ތަކުރާރު ވަމުން ދިޔަ ވަރަކަށް، ޚިދުމަތް ހޯދަން އަންނަ މީހުންގެ ޢަދަދު އިތުރުވަމުން ދިޔަ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 28 މެއި 2023 | އާދީއްތަ 08:30
ކުޅަނދުރު ކަށި

ކުޅަނދުރު ކަށި

ދިރިއުޅުމުގެ ހުރިހާ ޚަރަދުތަކެއް މިއަދު ވަނީ އަތްނުފޯރާ ފަށަށް އުފުލިފައެވެ. އެންމެ ޛަރުރީ ޚިދުމަތްތައްވެސް އިސްތިސްނާވުމެއް ނެތިއެވެ. ހަނގުރާމައާއި ހަމަނުޖެހުންތަކުގެ ސަބަބުން ސުންނާފަތިވެފައިވާ ސޫރިޔާގެ ރައްޔިތުންގެ ހާލަކީވެސް ހަމަ އެއީއެވެ. ޞިއްޚީ ބޭސްފަރުވާގެ ޚަރަދުތައް ބޮޑުވެ، އެއީ ކޮންމެކޮންމެ މީހަކަށް ހޯދޭ ވަރުގެ ޚިދުމަތަކަށް އޮންނަނީ ނުވެފައެވެ. އެކަމަށް ހައްލެއް ހޯދާ ދިނުމުގެ ޢަޒުމުގައި ތެދުވި ހުރި އެކަކީ، ޖަނަވާރުތަކަށް ޖެހޭ ބަލިތަކަށް ފަރުވާ ކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ޢިޞާމް ޢޫދާއެވެ.

ވެރިރަށް ދިމިޝްކުގައި އޭނާ ހިންގާ ކުލިނިކަށް، ފަރުވާ ހޯދަން އަންނަ ބަލިމީހުންނަށް ފަރުވާ ދިނުމަށް، ޢޫދާ ބޭނުން ކުރަނީ ކުޅަނދުރެވެ. ބަލި މީހުންނަށް އެކިއެކި ފަރުވާ ދެނީ، އެމީހުންގެ ގަޔަށް ކުޅަނދުރު ލައްވާ ކަށި ޖައްސުވައިގެންނެވެ. ޢޫދާ ސިފަ ކުރި ގޮތުގައި އެއީ ތަފާތު އެކި ކަހަލަ ބަލިތަކަށް އޮތް ޤުދުރަތީ ފަރުވާއެކެވެ.

ޖަނަވާރުތަކަށް ޖެހޭ ބަލިތަކަށް ފަރުވާ ކުރުމުގެ ދާއިރާގައި މަސައްކަތް ކުރުމަށްފަހު، އެޕީތެރަޕީ، ނުވަތަ މާމުއި ކުޅަނދުރުގެ އުފެއްދުންތައް ބޭނުންކޮށްގެން އެކި ކަހަލަ ތެރަޕީތައް ދިނުމުގެ މަސައްކަތަށް ޢޫދާ އެނބުރީ 2015 ވަނަ އަހަރުގެ ތެރޭގައެވެ. އެޕީތެރަޕީގެ މަސައްކަތް ފެށީ، ކުޅަނދުރު ކަށިން ނުކުންނަ ވިހައާ ބެހޭ ގޮތުން ގިނަ ދިރާސާތަކެއް ކޮށް، އެ ވިހައިގެ ސަބަބުން އެކި ބަލިތަކަށް ލިބޭނެ ފައިދާތައް ބެލުމަށް ފަހުގައެވެ.

މާމުއި ކުޅަނދުރާއި، ކުޅަނދުރު ހަތައިގެ އުފެއްދުންތައް ބޭނުންކޮށްގެން އެކި ކަހަލަ ފަރުވާތައް ދިނުމަކީ ޤަދީމީ ބޭސްވެރިކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި އެޕީތެރަޕީގެ ފަރުވާތައް ދޭތާ އެތައް ޤަރުނެއް ފާއިތު ވެއްޖެއެވެ.

ޢޫދާ ފަރުވާ ކުރާ ބައެއް ބަލިތަކުގެ ތެރޭގައި މަލްޓިޕަލް ސްކެލެރޯސިސް (އެމްއެސް)، ހަމުގެ މައްސަލަތައް، ނާރުތަކުގެ މައްސަލަ އަދި ރޫމެޓިޒަމް ނުވަތަ އާތުރައިޓިސްގެ އެކި ކަހަލަ ބަލިތައް ހިމެނެއެވެ.

ޢޫދާގެ އެހީއަށް އެދޭ މީހުންގެ ޢަދަދު އިތުރު ވާން ފެށުމާއެކު، އޭނާއަށް މަޖުބޫރުވީ، ޑިމާންޑާ އެއްވަރަށް ޚިދުމަތް ދެވޭ ފަދަ ތަނަކަށް އޭނާގެ ކުލިނިކް ބަދަލު ކުރާށެވެ.

ޢޫދާ، އެޕީތެރަޕީގެ މަސައްކަތް ފެށީ އެންމެ 2 ކުޅަނދު ހަތައާއެކީގައެވެ. އޭނާގެ ގާތުން ޚިދުމަތް ހޯދާ ބަލި މީހުންގެ ޢަދަދުވެސް އެހާމެ މަދެވެ. ނަމަވެސް، މިއަދު ޚިދުމަތަށް ބޭނުން ކުރާ ހަތާތަކުގެ ޢަދަދު 200 އަށް އަރައެވެ. ޚިދުމަތް ހޯދަން އަންނަ ބަލި މީހުންގެ ޢަދަދުވެސް އެތައް ގުނައެއް އިތުރުވެއްޖެއެވެ.

ޢޫދާގެ އެޕީތެރަޕީ ސެޝަނެއްގައި 8 ނުވަތަ 10 ވަރަކަށް ފަހަރު ކުޅަނދުރު ލައްވާ ކަށި ޖައްސުވައެވެ. ސެޝަނެއްގެ އަގު އުޅެނީ 10000 ސީރިއަން ލީރާ ނުވަތަ 1.1 ޑޮލަރަށެވެ. އަގު ހެޔޮވި ނަމަވެސް، ޢޫދާއަށް މިއީ ފައިދާ ކުރަނިވި މިންވަރެއްކަން އޭނާ ތަފްޞީލު ކޮށްދިނެވެ.

ޢޫދާގެ ގާތުން ޚިދުމަތް ހޯދާ ބަލި މީހުންގެ ތެރޭގައި ހިމެނޭ އެކަކީ ނިއުޓްރިޝަން އެކްސްޕަރޓެއް ކަމަށް ވާ ޚާދީޖާ މޫޞިލީއެވެ. އޭނާ ޤަބޫލު ކުރާ ގޮތުގައި ޒަމާނީ ސައެންސްގެ ބޭސްވެރިކަމުގެ ބަދަލުގައި، ޤަދީމީ ބޭސްވެރިކަމުން ފަރުވާ ލިބިގަތުމާ ދިމާއަށް ދާ މީހުންގެ ޢަދަދު މިހާރު އިތުރު ވަމުން ދަނީ، ޒަމާނީ ބޭސްވެރިކަމަށް ކުރަން ޖެހޭ ހޭދަތައް ބޮޑުވުމުންނެވެ. އަދި ޤުދުރަތީ ވަޞީލަތްތަކުން ފަރުވާ ހޯދުމުގައި ހުރި ފައިދާތަކާ މެދު މީހުންގެ ހޭލުންތެރިކަން އިތުރުވުމަކީވެސް ސަބަބެއް ކަމަށް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

ކުޅަނދުރު ކަށިން ނުކުންނަ ވިހަ ނުވަތަ ދިޔައަކީ، އޭގައި އެކި ކަހަލަ އެންޒައިމްތަކާއި، ޕްރޮޓީންސްގެ އިތުރުން އެމީނޯ އެސިޑްތައްވެސް އެކުލެވޭ މާއްދާއެކެވެ. ތަދު ކަނޑުވަން އެހީވެދޭ މާއްދާތަކެއްވެސް އޭގެ ތެރޭގައި ހިމެނެއެވެ.

ކުޅަނދުރު ލައްވާ ކަށި ޖައްސުވައިގެން ފަރުވާ ކުރާ މީހުން ވަކާލާތު ކުރާ ގޮތުގައި، މިފަދަ ބޭސްވެރިކަމުގައި އެކި ބަލިތަކަށް ފައިދާތަކެއް އެކުލެވެއެވެ. ނަމަވެސް، ޒަމާނީ ސައެންސްގެ ބޭސްވެރިކަމުގެ ސިނާޢަތުން، މިކަމުގައި ޚިލާފުތަކެއް ވަނީ އުފައްދާފައެވެ. ކުޅަނދުރު ކަށި ޖައްސުވައިގެން ފަރުވާ ކުރުމުން ލިބޭ ފައިދާއަށް ވުރެ، އެކަމުގެ ސައިޑް އިފެކްޓްތައް ގިނަ ކަމަށް ޒަމާނީ ސައެންސްގެ ބޭސްވެރިކަމުގެ ސިނާޢަތުން ވަކާލާތު ކުރެއެވެ.

ރޮއިޓަރސްކުޅަނދުރު ކައްޓެއްގެ ފަރުވާ

އިތުރަށް ކިޔާލަން

08 ޖުލައި 2025

އިންޑިއާގައި ދެހާހަށްވުރެ ގިނަ 'އެކްސް' އެކައުންޓް ބްލޮކް ކޮށްފި

08 ޖުލައި 2025
އިންޑިއާގައި ދެހާހަށްވުރެ ގިނަ 'އެކްސް' އެކައުންޓް ބްލޮކް ކޮށްފި
04 އޮކްޓޯބަރު 2023

ރޯވި މާލަމުގައި ހުރި ގޮނޑިއެއްގައި މަރުވެފައި އިން މަރްޔަމް ފެނުނީ، އޭނާގެ ކައިވެންޏަށް ތައްޔާރުވެފައިވާ ނަބީލަށް!

04 އޮކްޓޯބަރު 2023
ރޯވި މާލަމުގައި ހުރި ގޮނޑިއެއްގައި މަރުވެފައި އިން މަރްޔަމް ފެނުނީ، އޭނާގެ ކައިވެންޏަށް ތައްޔާރުވެފައިވާ ނަބީލަށް!
13 ސެޕްޓެމްބަރު 2023

ފަލަސްޠީނުގެ ކުނީގެ މައްސަލައަށް ޙައްލު ހޯދުމުގެ އެންމެ ކުރީގައި ކަނބަލުންގެ ހީވާގި ފައުޖެއް

13 ސެޕްޓެމްބަރު 2023
ފަލަސްޠީނުގެ ކުނީގެ މައްސަލައަށް ޙައްލު ހޯދުމުގެ އެންމެ ކުރީގައި ކަނބަލުންގެ ހީވާގި ފައުޖެއް
01 ޖުލައި 2023

ނަދާގެ ދަނޑުގައި މިލިއަނުން ކިލާ ފަނި... ކީއްވެކަން އެނގޭތަ؟

01 ޖުލައި 2023
ނަދާގެ ދަނޑުގައި މިލިއަނުން ކިލާ ފަނި... ކީއްވެކަން އެނގޭތަ؟
01 ޖުލައި 2023

ޕިއްޒާގެ އަސްލަކީ ޕޮމްޕޭތަ؟

01 ޖުލައި 2023
ޕިއްޒާގެ އަސްލަކީ ޕޮމްޕޭތަ؟
26 ޖޫން 2023

"ގެފުޅަށް ޒިޔާރަތްކޮށްލުމުގެ ފުރުޞަތު، މި މަންމައަށް ހޯދާދިނީ، ތި ދަރިފުޅު ފުރާނައިން ވި ޤުރުބާނީ"

26 ޖޫން 2023
"ގެފުޅަށް ޒިޔާރަތްކޮށްލުމުގެ ފުރުޞަތު، މި މަންމައަށް ހޯދާދިނީ، ތި ދަރިފުޅު ފުރާނައިން ވި ޤުރުބާނީ"
22 ޖޫން 2023

"އަމިއްލަ ގެދޮރަށް ގެންދާނަމޭ ބުނާނެ ކޮންމެ ދުވަހަކު... އެކަމަކު، ވާ ކަމެއް ނޯވޭ"

22 ޖޫން 2023
"އަމިއްލަ ގެދޮރަށް ގެންދާނަމޭ ބުނާނެ ކޮންމެ ދުވަހަކު... އެކަމަކު، ވާ ކަމެއް ނޯވޭ"
25 މާރިޗު 2023

"ޖީބަށް ލުއި ރަހައަކަށް" ސަމީރުގެ ބައިސްކަލު ގާޑިޔާ

25 މާރިޗު 2023
"ޖީބަށް ލުއި ރަހައަކަށް" ސަމީރުގެ ބައިސްކަލު ގާޑިޔާ
08 ޖެނުއަރީ 2023

އިންތިހާ ގަދަ ފިނީގައި ބަންގްލަދޭޝްގެ ފަޤީރުން ހާލުގައި ޖެހިއްޖެ

08 ޖެނުއަރީ 2023
އިންތިހާ ގަދަ ފިނީގައި ބަންގްލަދޭޝްގެ ފަޤީރުން ހާލުގައި ޖެހިއްޖެ
08 ޖެނުއަރީ 2023

އުޅަނދަށް ތަޅުދަނޑި ޖަހާ ގޮތަށް، އެ ނަގަން ހަނދާން ނެތޭ ކުއްޖަކަށް: "ޑޯންޓް ފޮގެޓް"

08 ޖެނުއަރީ 2023
އުޅަނދަށް ތަޅުދަނޑި ޖަހާ ގޮތަށް، އެ ނަގަން ހަނދާން ނެތޭ ކުއްޖަކަށް: "ޑޯންޓް ފޮގެޓް"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު