Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކިލާ ފަނި

ނަދާގެ ދަނޑުގައި މިލިއަނުން ކިލާ ފަނި... ކީއްވެކަން އެނގޭތަ؟

ކިލާ ފަނިތަކަކީ އޭގެ ސަބަބުން މީހަކަށް ގެއްލުމެއް ނުވާ، ކުޑަކުޑަ މަޚްލޫޤެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 1 ޖުލައި 2023 | ހޮނިހިރު 10:59
ކިިލާ ފަނި

ކިިލާ ފަނި

އިންޖިނޭރުކަމުގެ ރޮނގުން ދަނޑުވެރިކަމަށް ޚާއްޞަވެފައިވާ ލުބްނާންގެ ޒުވާނާ، ނަދާ ޣާނިމްގެ ހިތުގައި ޤުދުރަތީ ވަސީލަތްތަކަށް ދެވިފައި ވަނީ ވަރުގަދަ މަގާމެކެވެ. ވަރުގަދަ ލޯތްބެކެވެ. އޭނާގެ އަމިއްލަ ވިޔަފާރިވެސް ޚާއްޞަކުރީ ސީދާ އެކަމަށެވެ. "ދޫދާ ސޮލޫޝަންސް"ގެ ނަމުގައި ނަދާ ހިންގާ އެ ވިޔަފާރިއަކީ، ކިލާފަނި އާލާކޮށްގެން ގަސްކާނާގެ ބާވަތްތައް އުފެއްދުމަށް ޚާއްޞަ ވިޔަފާރިއެކެވެ. އަރަބި ބަހުން 'ދޫދާ"އޭ ކިޔަނީ ފަންޏަށެވެ.

ނަދާ ގަބޫލުކުރާ ގޮތުގައި ކިލާ ފަނިތަކަކީ އޭނާގެ "އެކުވެރިން"ނެވެ. ކިލާ ފަނިތަކަކީ އޭގެ ސަބަބުން މީހަކަށް ގެއްލުމެއް ނުވާ، ކުޑަކުޑަ މަޚްލޫޤެއް ކަމަށް ނަދާ ސިފަކުރެއެވެ.

ނަދާގެ މޭސްތިރިކަމުގެ ދަށުން ލުބްނާނުގައި ބަލަހައްޓަމުންދާ ކިލާ ފަނި ދަނޑުގައި ދިރިއުޅޭ ކިލާ ފަނީގެ އަދަދު މިލިއަނުން ގުނާލެވެއެވެ. އެ ކިލާ ފަނިތައް ދިރިއުޅެނީ އަނގަމަތި ހާއަށް ހުންނަ ޖާޑިތަކުގައެވެ. ކައި އުޅެނީ، ކުނީގެ ގޮތުގައި އުކާލާ ކާބޯތަކެއްޗެވެ.

ނަދާ ބުނާ ގޮތުގައި ކިލާ ފަންޏާމެދު މީހުންނަށް ހީވެފައި އޮންނަނީ މުޅިން ރަނގަޅަކަށް ނޫނެވެ. ކިލާ ފަނީގެ ސަބަބުން ގަސްތަކުގެ މޫތަކަށް ގެއްލުން ލިބިދާނެތޯ ބައެއް މީހުން އޭނާ ގާތު ސުވާލުކުރާ ކަމަށް ނަދާ ބުންޏެވެ. ހުރިހާ ފަންޏަކީ ނުރައްކާ ފަންޏެއް ނޫން ކަމަށާއި، ނުރައްކާ ބާވަތްތައް ނައްތާލުމަށް މަސައްކަތް ކުރަންޖެހޭއިރު، ނަދާގެ ދަނޑުގައި އާލާ ކުރަމުން ދާ ކިލާ ފަންޏަކީ ވެލިގަނޑަށް ފައިދާކުރާ ކިލާ ފަނި ކަމަށް ނަދާ ބުންޏެވެ.

ވަރމިކޮމްޕޯސްޓް ނުވަތަ ކިލާ ފަނި ބޭނުން ކޮށްގެން ގަސްކާނާ އުފެއްދުމުގެ މަރުހަލާ ގުޅެނީ، ކުނީގެ ގޮތުގައި އުކާލާ ކާބޯތަކެތި ކިލާ ފަނީގެ ހަށިގަނޑުގެ ތެރޭގައި ހަޖަމް ކުރުމުގެ ނިޒާމާއެވެ. މި ގޮތަށް ގަސްކާނާ ތައްޔާރު ކުރުމުގެ ސަބަބުން، ކެމިކަލްތަކާއި މަސްނޫއީ މާއްދާތަކުން ސަލާމަތްވެފައިވާ، ވެއްޓާއި ހައްޓާ ރައްޓެހި އުފެއްދުންތަކެއް އުފެއްދެއެވެ.

ކިލާ ފަނިރޮއިޓަރސް

އިތުރަށް ކިޔާލަން

08 ޖުލައި 2025

އިންޑިއާގައި ދެހާހަށްވުރެ ގިނަ 'އެކްސް' އެކައުންޓް ބްލޮކް ކޮށްފި

08 ޖުލައި 2025
އިންޑިއާގައި ދެހާހަށްވުރެ ގިނަ 'އެކްސް' އެކައުންޓް ބްލޮކް ކޮށްފި
04 އޮކްޓޯބަރު 2023

ރޯވި މާލަމުގައި ހުރި ގޮނޑިއެއްގައި މަރުވެފައި އިން މަރްޔަމް ފެނުނީ، އޭނާގެ ކައިވެންޏަށް ތައްޔާރުވެފައިވާ ނަބީލަށް!

04 އޮކްޓޯބަރު 2023
ރޯވި މާލަމުގައި ހުރި ގޮނޑިއެއްގައި މަރުވެފައި އިން މަރްޔަމް ފެނުނީ، އޭނާގެ ކައިވެންޏަށް ތައްޔާރުވެފައިވާ ނަބީލަށް!
13 ސެޕްޓެމްބަރު 2023

ފަލަސްޠީނުގެ ކުނީގެ މައްސަލައަށް ޙައްލު ހޯދުމުގެ އެންމެ ކުރީގައި ކަނބަލުންގެ ހީވާގި ފައުޖެއް

13 ސެޕްޓެމްބަރު 2023
ފަލަސްޠީނުގެ ކުނީގެ މައްސަލައަށް ޙައްލު ހޯދުމުގެ އެންމެ ކުރީގައި ކަނބަލުންގެ ހީވާގި ފައުޖެއް
01 ޖުލައި 2023

ޕިއްޒާގެ އަސްލަކީ ޕޮމްޕޭތަ؟

01 ޖުލައި 2023
ޕިއްޒާގެ އަސްލަކީ ޕޮމްޕޭތަ؟
26 ޖޫން 2023

"ގެފުޅަށް ޒިޔާރަތްކޮށްލުމުގެ ފުރުޞަތު، މި މަންމައަށް ހޯދާދިނީ، ތި ދަރިފުޅު ފުރާނައިން ވި ޤުރުބާނީ"

26 ޖޫން 2023
"ގެފުޅަށް ޒިޔާރަތްކޮށްލުމުގެ ފުރުޞަތު، މި މަންމައަށް ހޯދާދިނީ، ތި ދަރިފުޅު ފުރާނައިން ވި ޤުރުބާނީ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު