Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ސަލްމާން ބިން ޢަބްދުޢަޒީޒު ދެއްވާ ހިލޭ ޙައްޖު ދައު

"ގެފުޅަށް ޒިޔާރަތްކޮށްލުމުގެ ފުރުޞަތު، މި މަންމައަށް ހޯދާދިނީ، ތި ދަރިފުޅު ފުރާނައިން ވި ޤުރުބާނީ"

އެއްވެސް ފީ އެއް ދެއްކުމަކާ ނުލާ ޙައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުޞަތު، ސަލްމާން ރަސްގެފާނު ހޯއްދަވާ ދެއްވާ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 26 ޖޫން 2023 | ހޯމަ 18:36
 ހިލޭ ޙައްޖު ދަތުރު ލިބުނު ބައެއް މީހުން

ހިލޭ ޙައްޖު ދަތުރު ލިބުނު ބައެއް މީހުން

ފަލަސްޠީނަށް ނިސްބަތްވާ އަލްމަޚާޠާ މަޚުރީފާއަކީ ސަޢުދީ އަރަބިއްޔާގެ ރަސްގެފާނު، ސަލްމާން ބިން ޢަބްދުޢަޒީޒު ދެއްވާ ހިލޭ ޙައްޖު ދަތުރުތަކުގެ ތެރެއިން ފުރުޞަތު ލިބިފައިވާ މުސްލިމު އުޚުތެކެވެ.

2006 ވަނަ އަހަރު ޣައްޒާގައި ކުރި ހަނގުރާމައިގެ ތެރޭގައި، އަލްމަޚާޠާގެ ފިރިހެން ދަރިފުޅު ވަނީ މަރާލާފައެވެ. އޭގެ ފަހުން ފާއިތުވީ 17 އަހަރު ދުވަސް، އަލްމަޚާޠާ ހޭދަ ކުރީ، ޙައްޖުގެ މަތިވެރިކަން އަޅުކަން އަދާ ކުރުމަށް މައްކާއަށް ދެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.

ޔަހޫދީ އިޒްރޭލުން ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތަކުގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް ނުވަތަ ހަމަނުޖެހުންތަކުގެ އަސަރު ފޯރާފައިވާ މީހުންގެ ތެރެއިން ބަޔަކަށް، އެއްވެސް ފީ އެއް ދެއްކުމަކާ ނުލާ ޙައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުޞަތު، ސަލްމާން ރަސްގެފާނު ހޯއްދަވާ ދެއްވައެވެ. ސަލްމާން ރަސްގެފާނު އެކަން އެގޮތަށް ކުރައްވަމުން ގެންދަވާތާ 10 ވަރަކަށް އަހަރަށް ވުރެ ގިނަ ދުވަސް ވެފައި ވާ އިރު، ކޮންމެ އަހަރަކުވެސް ފަލަސްޠީނުން 1000 މީހަކަށް އެ ފުރުޞަތު ދެއްވައެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކަށް ފެތުރިފައިވާ މުސްލިމު ޙަޟާރަތުން ޙައްޖުގެ އަޅުކަމަށް ކުރާ ޑިމާންޑާއެކު، ފަލަސްޠީނުގެ ރައްޔިތުން، ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ނިޔަތުގައި މައްކާއަށް ދިއުމަށް އެތައް އަހަރެއް ވަންދެން އިންތިޒާރު ކުރެއެވެ.

ފަލަސްޠީނުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ޙައްޖުވުމުގެ ފުރުޞަތު ލިބޭ މީހުން ހޮވަނީ، ހުޅަނގު އައްސޭރި، ޣައްޒާ އަދި ޤުދުސްއިން އެއް ހަމައެއްގައެވެ.

ފަލަސްޠީނުގެ ރައްޔިތުން ދެކޭ ގޮތުގައި ސަޢުދީ އަރަބިއްޔާއިން ތަނަވަސްކޮށްދޭ މި ފުރުޞަތަކީ، ފަލަސްޠީނު ރައްޔިތުންގެ އަގު ވަޒަން ކުރާ ކަމުގެ ރަމްޒެކެވެ.

މުޅި ދުނިޔެ އިނދަޖައްސާލި ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އެޅި ހަރުކަށި ހުރިހާ ފިޔަވަޅެއް އުވާލުމަށްފަހު މުސްލިމުންނާ ބައްދަލުކުރާ ފުރަތަމަ ޙައްޖު ދުވަހަށް ސަޢުދީއިން ދަނީ ވީ އެންމެ ފުރިހަމައަކަށް ތައްޔާރު ވަމުންނެވެ. 1444 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމުގައި 2.6 މިލިއަނެއްހާ މުސްލިމުން ބައިވެރިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. މިއަހަރުގެ ޙައްޖު ދުވަސް ނުވަތަ އަރަފާތު ދުވަހަކީ ޖޫން 27 ވާ އަންގާރަ ދުވަހެވެ.

ހައްޖުރޮއިޓަރސް

ކޮމެންޓް

އިތުރަށް ކިޔާލަން

ހައްޖު ކޯޕަރޭޝަން ގެ އެމްޑީ ޝަކީލުގެ މައިންބަފައިންނާއި ކޮއްކޮ ހައްޖަށް ގެންދިޔަ މައްސަލަ އޭސީސީ ގައި ރަޖިސްޓަރީ ކޮށްފި

ހައްޖު ކޯޕަރޭޝަން ގެ އެމްޑީ ޝަކީލުގެ މައިންބަފައިންނާއި ކޮއްކޮ ހައްޖަށް ގެންދިޔަ މައްސަލަ އޭސީސީ ގައި ރަޖިސްޓަރީ ކޮށްފި

05 އޯގަސްޓު 2025
އިންޑިއާގައި ދެހާހަށްވުރެ ގިނަ 'އެކްސް' އެކައުންޓް ބްލޮކް ކޮށްފި

އިންޑިއާގައި ދެހާހަށްވުރެ ގިނަ 'އެކްސް' އެކައުންޓް ބްލޮކް ކޮށްފި

08 ޖުލައި 2025
އިސްމާއީލުގެފާނު ދެއްކެވި ކިޔަމަންތެރިކަމުން މިއަދުގެ ޒުވާނުން ނަމޫނާ ލިބިގަނެ، ކިޔަމަންތެރިވާން ޖެހޭ: އީދު ޚުތުބާ

އިސްމާއީލުގެފާނު ދެއްކެވި ކިޔަމަންތެރިކަމުން މިއަދުގެ ޒުވާނުން ނަމޫނާ ލިބިގަނެ، ކިޔަމަންތެރިވާން ޖެހޭ: އީދު ޚުތުބާ

06 ޖޫން 2025
އެތައް މިލިއަން މުސްލިމުން އަރަފާތު ދުވަސް ފާހަގަ ކުރަނީ

އެތައް މިލިއަން މުސްލިމުން އަރަފާތު ދުވަސް ފާހަގަ ކުރަނީ

05 ޖޫން 2025
ދުއާއަކީ ކޮންމެ ރައްޔިތެއްވެސް ﷲގެ އޯގާވަންތަކަމުގައި ލަހައްޓަވައި ތާއަބަދުމެ ވިޔަވަތިކަން ދެއްވުން ކަމުގައި ރައީސް ވިދާޅުވެއްޖެ

ދުއާއަކީ ކޮންމެ ރައްޔިތެއްވެސް ﷲގެ އޯގާވަންތަކަމުގައި ލަހައްޓަވައި ތާއަބަދުމެ ވިޔަވަތިކަން ދެއްވުން ކަމުގައި ރައީސް ވިދާޅުވެއްޖެ

05 ޖޫން 2025

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު