Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަލް ނަސްރު

ކާސްޓްރޯ ބޮޓަފޯގޯ ދޫކޮށް އަލް ނަސްރުގެ ކޯޗަކަށް

1 ޖުލައި 2023 | ހޮނިހިރު 10:00

ކާސްޓްރޯ އަށް ވިސްނަދިނުމަށް ރޮނާލްޑޯ ގުޅިކަމަށް ރިޕޯޓުތަކުން ބުނޭ

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 1 ޖުލައި 2023 | ހޮނިހިރު 10:00
ލުއިސް ކާސްޓްރޯ

ލުއިސް ކާސްޓްރޯ

ޕޯޗުގަލްގެ ލުއިސް ކާސްޓްރޯ ބްރެޒިލްގެ ކްލަބް ބޮޓަފޯގޯ ދޫކޮށް ސައުދީ ޕްރޯ ލީގުގެ އަލް ނަސްރުގެ ކޯޗުކަމާ ހަވާލުވާންއުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެޕްޓަންކަން ކުރަމުން އަންނަ އަލް ނަސްރަށް އިރުޝާދު ދިނުމަށް އުމުރުން 61 އަހަރުގެ ކާސްޓްރޯ އަށް އެ ކުލަބުގެ ފަރާތުން ވަނީ ފައިދާ ހުރި ހުށަހެޅުމެއް ހުށަހަޅާފައެވެ. މިދިޔަ އޭޕްރީލް މަހު ރުޑީ ގާސިއާ މަގާމުން ވަކިކުރި ފަހުން އަލް ނަސްރު އަންނަނީ ކޯޗެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރޮނާލްޑޯ އަމިއްލައަށް އެގައުމުގެ އެކުވެރިޔާ ކާސްޓްރޯއަށް ގުޅައި، އަލް ނަސްރުގެ ވަޒީފާ އަދާކުރަން އޭނާ އަށް ވިސްނައިދިނެވެ. އަލް ނަސްރާއެކު އޭނާ ސޮއިކުރާނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ.

ކޮޕާ ސުޑަމެރިކާނާގައި ބުރާސްފަތި ދުވަހު މަގަލޭންސްއާ ދެކޮޅަށް ކުޅޭ މެޗަކީ ބޮޓަފޯގޯއާ ހަވާލުވެ ކާސްޓްރޯ އިރުޝާދުދޭ ފަހު މެޗެވެ. ރިއޯ ޑި ޖެނީރޯގެ ކުލަބާއެކު ކާސްޓްރޯ ހަދާފައިވާ އެއްބަސްވުން މި އަހަރުގެ ނިޔަލަށް ހަމަވާއިރު، އަލް ނަސްރު އޭނާގެ ރިލީޒް ކްލޯޒްގެ ދަށުން ބޮޓަފޯގޯއަށް 2.3 މިލިއަން ޔޫރޯ ދޭނެއެވެ.

ގަތަރުގެ އަލް ދުހައިލް ވަގުތީ ގޮތުން ބެލެހެއްޓުމަށް ފަހު ވިޓޯރިއާ ގުއިމަރޭސްގެ ކުރީގެ ކޯޗު ބޮޓަފޯގޯގެ ކޯޗުކަމާ ހަވާލުވީ 2022 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ.

ލީގުގައި ކުޅުނު 12 މެޗުގެ ތެރެއިން 10 މެޗުން މޮޅުވެ ބޮޓަފޯގޯ އިން ވަނީ ސީޒަންގެ ފެށުން ވަރުގަދަކޮށްފައެވެ. ބްރެޒިލްގެ އެއްވަނައިގައި އޮތް އެ ޓީމު އޮތީ އެންމެ ގާތުން ވާދަކުރާ ގްރެމިއޯ އަށްވުރެ ހަތް ޕޮއިންޓް ކުރީގައެވެ.

އައްނަސްރު

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2025

އަލް އިއްތިހާދު އަތުން ބަލިވެ، ކިންގްސް ކަޕް އިން އަލް ނަޞްރު ކަޓައިފި

29 އޮކްޓޯބަރު 2025
އަލް އިއްތިހާދު އަތުން ބަލިވެ، ކިންގްސް ކަޕް އިން އަލް ނަޞްރު ކަޓައިފި
08 އޮކްޓޯބަރު 2025

ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ

08 އޮކްޓޯބަރު 2025
ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ
27 ސެޕްޓެމްބަރު 2025

އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް

27 ސެޕްޓެމްބަރު 2025
އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް
20 އޯގަސްޓު 2025

ސައުދީ ސުޕަ ކަޕްގެ ފައިނަލްގެ ޖާގަ އަލް ނަޞްރު އިން ހޯދައިފި

20 އޯގަސްޓު 2025
ސައުދީ ސުޕަ ކަޕްގެ ފައިނަލްގެ ޖާގަ އަލް ނަޞްރު އިން ހޯދައިފި
28 ޖޫން 2025

އިތުރު ދެ އަހަރަށް، އަލް ނަޞްރުގެ އެއްބަސްވުން ރޮނާލްޑޯ އައު ކޮށްފި

28 ޖޫން 2025
އިތުރު ދެ އަހަރަށް، އަލް ނަޞްރުގެ އެއްބަސްވުން ރޮނާލްޑޯ އައު ކޮށްފި
14 އެޕްރީލު 2025

ރޮނާލްޑޯ އަލް ނަޞްރުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އެބައޮތް: އަލްމާލިކް

14 އެޕްރީލު 2025
ރޮނާލްޑޯ އަލް ނަޞްރުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އެބައޮތް: އަލްމާލިކް
24 ޑިސެމްބަރު 2024

ފެނަބާޗޭ އިން ޓަލިސްކާ ހޯދުމާ ގާތަށް

24 ޑިސެމްބަރު 2024
ފެނަބާޗޭ އިން ޓަލިސްކާ ހޯދުމާ ގާތަށް
07 ޑިސެމްބަރު 2024

އަލް ނަޞްރު ބަލިކޮށް، އަލް އިއްތިހާދު އެއް ވަނައިގައި

07 ޑިސެމްބަރު 2024
އަލް ނަޞްރު ބަލިކޮށް، އަލް އިއްތިހާދު އެއް ވަނައިގައި
23 ނޮވެމްބަރު 2024

ޤަދިސިއްޔާ އަތުން އަލް ނަޞްރު ބަލިވެއްޖެ

23 ނޮވެމްބަރު 2024
ޤަދިސިއްޔާ އަތުން އަލް ނަޞްރު ބަލިވެއްޖެ
02 ނޮވެމްބަރު 2024

އަލް ނަޞްރު ކައިރިން އަލް ޙިލާލަށް މޮޅު ނުވެވުނު

02 ނޮވެމްބަރު 2024
އަލް ނަޞްރު ކައިރިން އަލް ޙިލާލަށް މޮޅު ނުވެވުނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް