Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކްލަބް އީގަލްސް

އީގަލްސްގެ ކޯޗަކަށް މޯހަން ހަމަޖައްސައިފި

އީގަލްސްއަށް ކޯޗުކަން ކޮށްދިނުން މޯހަން ސިފަކުރަނީ ޗެލެންޖެއްގެ ގޮތުގައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2018 | ބުރާސްފަތި 08:21
މުހައްމަދު ޝިޔާޒް (މޯހަން)

މުހައްމަދު ޝިޔާޒް (މޯހަން)

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ކްލަބް އީގަލްސްގެ ކޯޗަކަށް ކާމިޔާބު ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ހަމަޖައްސައިފިއެވެ.

އީގަލްސްގެ ރަސްމީ ފޭސްބުކް ޕޭޖް މެދުވެރިކޮށް އެ ޓީމުން ވަނީ މޯހަން އެ މަގާމަށް އައްޔަނު ކުރިކަން ކަށަވަރު ކޮށްދީފައެވެ. އެ ކްލަބުން ބުނެފައިވަނީ މޯހަންގެ އިރުޝާދާއި ލީޑާޝިޕްގެ ދަށުން މި ސީޒަނަށް އެ ޓީމަށް ކަނޑައަޅާފައިވާ ޓާގެޓުތަކަށް ވާސިލްވުމަށް ކުރަން ހުރި މަސައްކަތްތައް އެ ޓީމުން ފުރިހަމައަށް ކުރާނެ ކަމަށެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން މޯހަން ބުނީ އީގަލްސްއަކީ ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ މޮޅު ކްލަބެއް ކަމަށާއި އަމާޒަކީ އެ ޓީމުން ކަނޑައަޅާފައިވާ ޓާގެޓްތަކަށް ވާސިލްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރުން ކަމަށެވެ. އަދި ޒަމާނުއްސުރެ ވެސް އީގަލްސް މަޝްހޫރުވެފައި ވަނީ ކުޅުންތެރިން އުފައްދާ ޓީމެއްގެ ގޮތުގައި ކަމަށާއި އޭނާގެ ކޯޗުކަމުގައި ވެސް އެންމެ ބޮޑު މަސައްކަތެއް ކުރާނީ ކުޅުންތެރިން އުފެއްދުމަށް ކަމަށް ވެސް މޯހަން ބުނެފައިވެއެވެ.

މިދިޔަ ދެ ސީޒަނުގައި ވެސް އީގަލްސްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އިމްރާން ނަޝީދު (އިންމަ) އާއި މުޖްތާޒް މުހައްމަދު (މުޖޭ) ވަނީ އެހެން ޓީމުތަކަށް ބަދަލުވެފައެވެ. މިކަމާއި ގުޅޭގޮތުން މޯހަން ބުނީ އެ ކުޅުންތެރިންގެ ބަދަލުގައި ޓީމުން ފެނުން އެންމެ އެކަށީގެން ވަނީ ވެސް ޒުވާން ކުޅުންތެރިން ކަމަށާއި އެހެން ނަމަވެސް ރަނގަޅު ރިޕްލޭސްމަންޓެއް ފެނިއްޖެނަމަ އެ ކުޅުންތެރިޔަކު ގެންނާނެ ކަމަށެވެ. މޯހަން މިހެން ބުނެފައިވާއިރު ވޭތުވެދިޔަ ތިން އަހަރު ވެސް އެފްއޭއެމް ޔޫތް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދީ އީގަލްސްއެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަމުން މޯހަން ވަނީ އީގަލްސްގެ ކުރީގެ ކޯޗު އިހުސާން އަބްދުލްޢަނީ (ސާންތީ) ގެ މަސައްކަތް ފާހަގަކޮށް ސާންތީއަށް ޝުކުރު އަދާކޮށްފައެވެ. މޯހަން ބުނީ ސާންތީގެ އިރުޝާދުގެ ދަށުން އީގަލްސްއިން ހޯދާފައިވާ ކާމިޔާބުތައް ތަކުރާރުކުރުން ވެގެންދާނީ ޗެލެންޖަކަށް ކަމަށާއި އެހެނަސް އެ ކާމިޔާބުތައް ތަކުރާރު ކުރުމަށް އޭނާ މަސައްކަތް ކުރާނެ ކަމަށެވެ.

އީގަލްސްގެ ކޯޗުގެ މަގާމު ހުސްވީ މިދިޔަ ސީޒަނުގައި އެ ޓީމަށް އިރުޝާދުދިން ސާންތީ އެ މަގާމު ދޫކޮށް ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމާއި ހަވާލުވުމުންނެވެ. ސާންތީ މިހާރު ފުރަމުން އަންނަނީ އެފްއޭއެމްގެ ޑެޕިއުޓީ ޓެކްނިކަލް ޑިރެކްޓަރެއްގެ މަގާމެވެ.

އިންމަ އާއި މުޖޭ ފިޔަވައި އެ ޓީމަށް މިދިޔަ ސީޒަނުގައި ކުޅުނު ހުރިހާ ކުޅުންތެރިން ވެސް އެ ޓީމުން މި ސީޒަނުގައި ފެނިގެންދާނެއެވެ.

މިދިޔަ ސީޒަނުގައި މޯހަން ފެނިގެން ގޮސްފައިވަނީ ދ. ކުޑަހުވަދޫ ޓީމުގެ ބެންޗުންނެވެ. އޭނާ ވަނީ އެ ޓީމަށް މިނިވަން ޗެމްޕިއަންޝިޕް މުބާރާތް ކާމިޔާބުކޮށްދީ އުރީދޫ ދިވެހި ޕްރިމިއާ ލީގުން ޖާގަ ހޯދައިދީފައެވެ. އެހެން ނަމަވެސް އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އެ ޓީމަށް މާ އެދެވޭ ނަތީޖާތަކެއް ހޯދިފައެއް ނުވެއެވެ.

ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމު ވެސް ފުރި މޯހަން ވަނީ މީގެކުރިން ވެލެންސިއާ އަދި އޭނާގެ ބައްޕަ ކުއީން އަހުމަދު ވަހީދުގެ ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ވެސް ކޯޗުކަންކޮށްދީފައެވެ. މޯހަންގެ ކޯޗިން ކެރިއަރުގައި އެންމެ ކާމިޔާބު ދުވަސްވަރުގެ ގޮތުގައި ފާހަގަކުރެވެނީ އޭނާ ނިއުގެ ކޯޗަކަށް ހުރި ދުވަސްވަރެވެ. އޭނާ ވަނީ އެ ޓީމަށް 2012 ވަނަ އަހަރުގެ ލީގު އެއްވެސް މެޗަކުން ބަލިނުވެ ހޯދައިދީ އެ ޓީމާއެކު އެ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ވެސް ކާމިޔާބުކޮށްފައެވެ. މި ކާމިޔާބީގެ ސަބަބުން އެ އަހަރު ހޮވި އެންމެ މޮޅު ކޯޗުގެ މަގާމު ވެސް ލިބުނީ މޯހަން އަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި

އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި

21 ފެބުރުއަރީ 2017
ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އެއްވަރު، ރާއްޖެ އައީ މޮޅުވާން: މޯހަން ބަގާންގެ ކޯޗު

ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އެއްވަރު، ރާއްޖެ އައީ މޮޅުވާން: މޯހަން ބަގާންގެ ކޯޗު

20 ފެބުރުއަރީ 2017
 މޯހަން ބަގާން ގެންގުޅޭ އުކުޅު އެނގޭ، މެޗުން މޮޅުވެވޭނެ: ފެސްކޯ

މޯހަން ބަގާން ގެންގުޅޭ އުކުޅު އެނގޭ، މެޗުން މޮޅުވެވޭނެ: ފެސްކޯ

20 ފެބުރުއަރީ 2017
މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

19 ފެބުރުއަރީ 2017
ނިއުގެ ކެޕްޓަނަކަށް އިމްރާން ހަމަޖައްސައިފި

ނިއުގެ ކެޕްޓަނަކަށް އިމްރާން ހަމަޖައްސައިފި

05 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު