Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކްލަބް އީގަލްސް

ދެވަނަ ބުރުގައި އީގަލްސްގެ ބޮބީ، ހަންނަ އަދި މުއްކި ނުފެންނާނެ: ސާންތި

ބޮބީ، ހަންނަ އަދި މުއްކިއަށް އީގަލްސް އިން ވަނީ ޑިސިޕްލިނަރީ ފިޔަވަޅު އަޅާފައި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 21 ޖޫން 2017 | ބުދަ 19:04
ކްލަބް އީގަލްސްގެ ރިހާމް އަބްދުލްޢަނީ (ބޮބީ) މާޒިޔާގެ ކުޅުންތެރިންނާ ސަލާމް ކުރަނީ

ކްލަބް އީގަލްސްގެ ރިހާމް އަބްދުލްޢަނީ (ބޮބީ) މާޒިޔާގެ ކުޅުންތެރިންނާ ސަލާމް ކުރަނީ

މާލޭ ލީގުގެ ދެވަނަ ބުރުގައި ކްލަބް އީގަލްސްގެ ރިހާމް އަބްދުލްޢަނީ (ބޮބީ)، ހަސަން ރާއިފް (ހަންނަ) އަދި އިބްރާހިމް މުބީން (މުއްކި) ނުފެންނާނެކަމަށް އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ޢަނީ (ސާންތި) ބުނެފިއެވެ.

މާލޭ ލީގުގައި މާޒިޔާއާ ދެކޮޅަށް ނިކުތުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން ސާންތި ބުނީ ބޮބީ، ހަންނަ އަދި މުއްކިއަށް މުހިންމުވީ ކްލަބަށްވުރެ ފުޓްސަލް ކުޅުން ކަމަށާއި، އެހެންކަމުން އެ ކުޅުންތެރިން ނުލާ ދެވަނަ ބުރު ކުޅެން ނިންމާފައިވާ ކަމަށެވެ.

ސާންތި ބުނީ ކްލަބުން ކުޅުންތެރިޔަކަށް ޑިސިޕްލިނަރީ ފިޔަވަޅެއް އަޅަން އެދޭނީ ފުރަތަމަ އެ ކުޅުންތެރިޔަކު އިސްލާހުކުރަން ޖެހޭ ކަމެއް އިސްލާހުކުރުމަށް ތަކުރާރުކޮށް ފުރުސަތު ދީގެންވެސް، އެކަމެއް އިސްލާހު ނުކުރުމުން ކަމަށެވެ. އެގޮތުން އޭނާ ބުނީ އީގަލްސްގައި އެންމެ ފުރަތަމަ ބަލާނީ އަހުލާގަށް ކަމަށާއި، ކްލަބުގެ އަހުލާގު ހިފެހެއްޓުމަށް އޭނާ މަސައްކަތްކުރާ ކަމަށެވެ.

އެ ތިން ކުޅުންތެރިން ރިޕްލޭސްކުރަން އުނދަގޫވާނެ ކަން ފާހަގަކުރަމުން ސާންތި ބުނީ މި ނިންމުމުގެ ސަބަބުން ސްކޮޑުގައި ދެން ތިބި ކުޅުންތެރިނަށް ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށާއި، އެ ކުޅުންތެރިންނަށް ޓީމުގައި އަހުލާގު ހިފަހައްޓާވަރު މިހާރު އެނގިގެންދާނެ ކަމަށެވެ.

ސާންތި ބުނީ ކުޅުންތެރިންނާއެކު ސީޒަނާ ކުރިމަތިލަނީ ބޮޑެތި ޚަރަދުތަކެއް ކޮށްގެން ކަމަށާއި، އެ ކުޅުންތެރިންގެ ފިޓްނަސް ލެވެލް ދަމަހައްޓައި ރަނގަޅަށް ކަންތައްތައް ކުރުމުން، އެހެން ޓީމުތަކުން އޭގެ ފައިދާ ނެގުމަކީ އެދެވިގެންވާކަމެއް ނޫން ކަމަށެވެ.

އެފްއޭއެމް އިން ފުޓްސަލް ކުޅޭ ކުޅުންތެރިންނަށް ފުޓުބޯޅަ ނުކުޅެވޭނެކަމަށް ނިންމައި ހެދި ގަވައިދު ވަރަށް އަވަހަށް ވުޖޫދަށް ގެންނާނެ ކަމަށް އުންމީދުކުރާ ކަމަށާއި، އެ ގަވައިދާއިކު ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށްވެސް ސާންތި ބުންޏެވެ.

އީގަލްސްގެ ބައެއް ކުޅުންތެރިން ވަނީ ނިމިގެންދިޔަ ކްލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުގައިވެސް ކުޅެފައެވެ. އެގޮތުން އެ މުބާރާތަށް އެ ކުޅުންތެރިން ހުސްކޮށްދީގެން އެޓީމުން ވަނީ ލީގުގައި ބައެއް މެޗުތައްވެސް ކުޅެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް

އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް

09 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި

ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި

09 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 މެއި
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!
20251 އަހަރު ކުރިން
ރާއްޖެ

ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
20242 އަހަރު ކުރިން
ދުނިޔެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް
20224 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20188 އަހަރު ކުރިން
ރިޕޯޓު

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު