Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އެޅުން

ވެގްނަރ ގްރޫޕަށް ފަންޑުކުރާކަމުގެ ތުހުމަތުގައި، އެމެރިކާއިން ކުންފުނިތަކަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި

ޔޫއޭއީ، ސެންޓްރަލް އެފްރިކަން ރިޕަބްލިކް އަދި ރަޝިޔާގެ ހަތަރު ކުންފުންޏަކާ ދެކޮޅަށް ފިޔަވަޅު އަޅާފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 29 ޖޫން 2023 | ބުރާސްފަތި 15:37
ވެގްނަރ ގްރޫޕް ރަޝިޔާގެ ރޮސްޓޮވްގައި ހަރަކާތްތެރިވަނީ

ވެގްނަރ ގްރޫޕް ރަޝިޔާގެ ރޮސްޓޮވްގައި ހަރަކާތްތެރިވަނީ

ރަޝިޔާގެ ކުލީ ސިފައިންގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ވެގްނަރ ގްރޫޕަށް ފަންޑުކުރާކަމުގެ ތުހުމަތުގައި ހަތަރު ކުންފުންޏަކާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.

އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، ސެންޓްރަލް އެފްރިކަން ރިޕަބްލިކް އަދި ރަޝިޔާގެ ހަތަރު ކުންފުންޏަކާ ދެކޮޅަށް ފިޔަވަޅު އަޅާފައިވާކަމަށެވެ. މިކުންފުނިތަކަކީ ވެގްނަރ ގްރޫޕަށް ފަންޑުކުރުމުގެ ގޮތުން، ގާނޫނާ ޚިލާފަށް ރަނުގެ ވިޔަފާރިކުރަމުންދާ ކަމުގެ ތުހުމަތު އޮންނަ ކުންފުނިތަކެކެވެ. މިކުންފުނިތަކުން ވެގްނަރ ގްރޫޕާއި އެގްރޫޕްގެ ލީޑަރ ޔެވްގެނީ ޕްރިގޮޒިންއާ ގުޅުން އޮންނަ ކަމުގެ ތުހުމަތުވެސް ކުރެއެވެ.

އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ބުނީ މި ކުންފުނިތަކުން ރަނުގެ ޑީލުތައް ހިންގަނީ ވެގްނަރ ގްރޫޕްގެ އަސްކަރީ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ހަތިޔާރާއި އަސްކަރިއްޔާ ފުޅާކުރުމަށް ކަމަށެވެ. އެގޮތުން ޔޫކްރެއިނާއި އެފްރިކާގެ ބައެއް ގައުމުތަކުގައި ވެގްނަރ ގްރޫޕްގެ ހަރަކާތްތައް ހިންގުމަށް މި ކުންފުނިތަކުން ފަންޑުކުރާކަމަށް ޓްރެޝަރީ ޑިޕާޓްމަންޓުން ބުނެއެވެ.

ޓްރެޝަރީ ޑިޕާޓްމަންޓުން އިތުރަށް ބުނީ ކުރިޔަށް އޮތްތަނުގައިވެސް ވެގްނަރ ގްރޫޕަށް ފަންޑުކުރާ މިފަދަ ކުންފުނިތައް ހޯދައި، ފިޔަވަޅު އަޅާނެކަމަށެވެ. މިކަމާ ގުޅޭގޮތުން ވެގްނަރ ގްރޫޕުން އަދި ވަކި އެއްޗެއް ނުބުނެއެވެ.

އެމެރިކާއިން ބުނީ މިފިޔަވަޅަކީ ވެގްނަރ ގްރޫޕުން ރަޝިޔާގެ އަސްކަރިއްޔާއާ ދެކޮޅަށް ހިންގި އަސްކަރީ ހަރަކާތާ ގުޅުންހުރި ކަމެއް ނޫންކަމަށެވެ.

ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން އަންގާރަ ދުވަހު ވިދާޅުވެފައިވަނީ ވެގްނަރ ގްރޫޕްގެ ލީޑަރ ޔެވްގެނީގެ ކޭޓަރިންގ ކުންފުންޏަށް ފަންޑު ލިބޭގޮތުގެ ތަހުގީގު ކުރާނެކަމަށެވެ. އަދި ވެގްނަރ ގްރޫޕަށާއި ގްރޫޕްގެ ލީޑަރަށް ފާއިތުވި އަހަރުގެ ތެރޭގައި ރަޝިޔާއިން 2 ބިލިއަން ޑޮލަރު ދީފައިވާކަމަށް ޕުޓިން ވިދާޅުވިއެވެ.

ވެގްނަރ ގްރޫޕުން ވަނީ ލީބިޔާ، ސީރިޔާ، މާލީ، ސެންޓްރަލް އެފްރިކަން ރިޕަބްލިކް އަދި އެހެން ގައުމުތަކުގައިވެސް ހަނގުރާމަކޮށްފައެވެ. އަދި ޔޫކްރެއިން ހަނގުރާމާގައިވެސް މުހިންމު ދައުރެއް ވަނީ އަދާކޮށްފައެވެ. ވެގްނަރ ގްރޫޕް އުފެދިފައިވަނީ 2014 ވަނަ އަހަރުއެވެ.

އެމެރިކާއިން ވަނީ މީގެ ކުރިން ވެގްނަރ ގްރޫޕާއި އެ ގްރޫޕްގެ ލީޑަރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. މީގެއިތުރުން އެމެރިކާއިން ވަނީ ސަބް-ސަހާރަން އެފްރިކާގައި ހިންގަމުން އަންނަ ރަނުގެ ވިޔަފާރިއާ ގުޅޭގޮތުން އެޑްވައިޒަރީވެސް ނެރެފައެވެ. އެއީ އެކަމުގައި ގާނޫނާ ޚިލާފު ކަންތައްތަކެއް ހިމެނޭ ކަމަށް ބުނެއެވެ.

މީގެ އިތުރުން އެމެރިކާއިން ވަނީ ވެގްނަރ ގްރޫޕަށް ފަންޑުކުރުމުގެ ތުހުމަތުގައި ރަޝިޔާގެ އިތުރު ބަޔަކާ ދެކޮޅަށްވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

އެމެރިކާވެގްނަރ ގްރޫއްޕު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
28 ނޮވެމްބަރު 2025

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި
18 ނޮވެމްބަރު 2025

ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ

18 ނޮވެމްބަރު 2025
ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ
11 ނޮވެމްބަރު 2025

ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

11 ނޮވެމްބަރު 2025
ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ
06 ނޮވެމްބަރު 2025

އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

06 ނޮވެމްބަރު 2025
އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
06 ނޮވެމްބަރު 2025

ޑިމޮކްރަޓިކް ޕާޓީ އިން ހޯދި ކާމިޔާބާ އެކު، އޮބާާމާގެ ވަރުގަދަ މެސެޖެއް

06 ނޮވެމްބަރު 2025
ޑިމޮކްރަޓިކް ޕާޓީ އިން ހޯދި ކާމިޔާބާ އެކު، އޮބާާމާގެ ވަރުގަދަ މެސެޖެއް
05 ނޮވެމްބަރު 2025

"ރިޔާސީ ރޭހުން ބައިޑަން ވަކިވެ، ކަމަލާ ވާދަ ކުރެއްވުމަކީ ގޯހެއް!"

05 ނޮވެމްބަރު 2025
"ރިޔާސީ ރޭހުން ބައިޑަން ވަކިވެ، ކަމަލާ ވާދަ ކުރެއްވުމަކީ ގޯހެއް!"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު