Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ހޯމްސްޓޭ ފަތުރުވެރިކަން

ހޯމްސްޓޭއާއެކު ދިވެހި ލިބާހާއި ދިއްގަރު ރިހާކުރާއި ދިވެހި އާދަކާދަތައް ދުނިޔޭގެ ލޯތަކަށް

ހޯމްސްޓޭ ޓޫރިޒަމް މިވަނީ ރާއްޖޭގެ ފަތުރުވެރިކަމަށް އައު ބޮޅެއް އިތުރުކޮށްދީފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 7 ޖެނުއަރީ 2022 | ހުކުރު 15:17
ހޯމްސްޓޭ ފަތުރުވެރިކަމަކީ ރާއްޖޭގެ ސަގާފަތާއި ރީތި ޒަަމާންވީ އާދަކާދަތައް ދުނިޔެއަށް ދައްކާލުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތެއް

ހޯމްސްޓޭ ފަތުރުވެރިކަމަކީ ރާއްޖޭގެ ސަގާފަތާއި ރީތި ޒަަމާންވީ އާދަކާދަތައް ދުނިޔެއަށް ދައްކާލުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތެއް

ހޯމްސްޓޭ ފަތުރުވެރިކަމާއެކު އެންމެ ބޮޑަށް ދެކެވިގެން ދިޔަ އެއް ވާހަކައަކީ އެކަމަކީ ރާއްޖޭގެ އާދަކާދައާއި ސަގާފަތް މުގުރާލާނެ، ދީނާއި އިސްތިގުލާލު ހަސްފަސްކޮށްލާނެ އެއްޗެއްގެ ގޮތުގައެވެ. ދުވަސްކޮޅަކުން ފަތުރުވެރިން ހެދުން އަޅައި އުޅޭގޮތަށް ހެދުން އަޅައި، އެމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅީގެ ތެރެއަށް ދިވެހިން ވެއްޓި ގެނބިގެންދާނެކަމަށް ބުނެ ފާޑުކީ މީހުންވެސް މަދެއް ނޫނެވެ.

އެކަމާ ވާހަކަދެއްކި އަނެއްބަޔަކު ބުނަމުންދިޔައީ ދިވެހިންނަކީ ހަމަ އެހާވެސް އަގީދާ ބަލިކަށި، ގައުމީ ލޯބި ކުޑަ ބަޔަކީތޯއެވެ. ޒަމާނުއްސުރެ ރާއްޖޭގައި ހޯމްސްޓޭ ޓޫރިޒަމާ ގުޅުންހުރި އެކި ބާވަތްތައް އެކި މާނައިގައި ޕްރެކްޓިސް ކުރަމުން އަންނަ ކަމަށެވެ. ދިވެހިންގެ އާދަކާދައާއި ސަގާފަތް އެމީހުންނަށް ދަސްވުމަކީވެސް ހަމަ ވެދާނެ ކަމެއްނޫންތޯއޭވެސް ބައެއް މީހުން ދިޔައީ ބުނަމުންނެވެ.

ކޮންމެއަކަސް، އާ އަހަރުގެ ފުރަތަމަ ދުވަހު ރަސްމީކޮށް ތައާރަފް ކުރެވިގެން ދިޔަ ހޯމްސްޓޭ ޓޫރިޒަމް މިވަނީ ރާއްޖޭގެ ފަތުރުވެރިކަމަށް އައު ބޮޅެއް އިތުރުކޮށްދީފައެވެ. މ ދިއްގަރު މޫރިތިގެއިން ހޯމްސްޓޭގެ ކުލަ ދިވެހި ފަތުރުވެރިކަމުގެ ނަވުގައި ޖައްސަން ފަށާފައިވާއިރު، ހޯމްސްޓޭއާ ގުޅިގެން ތަފާތު ވާހަކަތަކެއް މިދަނީ އިވެމުންނެވެ.

ފަތުރުވެރިންގެ ތެރެއިން އެއް ބަޔަކު ބޯވަޅުއެޅި ރަތް ލިބާހުގައި ފޮޓޯޝޫޓު ޖައްސަމުންދާއިރު، އަނެއް ބަޔަކު ދިވެހި އަންހެނުން ބުރުގާ އަޅާގޮތަށް ބުރުގާ އަޅަން ދަސްކުރަނީއެވެ. އެ ފޮޓޯތަކާއި މަންޒަރުތައް އެމީހުންގެ ސޯޝަލް މީޑިއާގައި ހިއްސާކޮށް، މުޅި ދުނިޔެއަށް ރާއްޖޭގެ ސަގާފީ ކުލަތައް ދައްކަނީއެވެ. ދިއްގަރުގެ މަޝްހޫރު ދިއްގަރު ރިހާކުރު ހަދާ މަންޒަރު ބަލަން ފަތުރުވެރިން މަޑުކޮށްލައިގެން ތިބި މަންޒަރުތައްވެސް މިފަހުން އާންމުވެފައިވާއިރު، ދިވެހި ކާނާއާއި ކެއުންތަކުގެ ތަފާތު މީރު ރަހަތަކުގެ އަޖުމަބަލަމުންދާ މީހުންވެސް މަދެއް ނޫނެވެ.

ފެންނަމުން މިދާ މަންޒަރުތަކާއެކު، ހޯމްސްޓޭ ފަތުރުވެރިކަމަކީ ރާއްޖޭގެ ސަގާފަތާއި ރީތި ޒަަމާންވީ އާދަކާދަތައް ދުނިޔެއަށް ދައްކާލުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތެއްކަން މިދަނީ ފެންނަމުންނެވެ. ލިޔެލާ ޖެހުމާއި، ދިވެހިވަންތަ ފަންނުވެރިކަން ދައްކުވައިދޭ އެކިއެކި ތާރީޚީ މަސައްކަތްތައް އެމީހުންނަށް ދައްކާލެވިއްޖެނަމަ، ސަގާފީ ފަތުރުވެރިކަމަށްވެސް އިތުރު ބާރެއް ލިބިގެންދާނެއެވެ. ދިވެހި ކެއުންތަކާއި ދިވެހި ރަހަތަކުގެ އިތުރުން، ދިވެހިންގެ ތެރޭގައި ޚާއްސަ ކާބޯތަކެތީގެ އުފެއްދުންތައް ފަތުރުވެރިންގެ މެދުގައިވެސް މަގްބޫލު އެއްޗަކަށް ހެދިދާނެއެވެ. ދިވެހި އިސްލާމީ ރިވެތި އުޅުންތަކާއި ރީތި އަޚުލާގު ފެނި އެމީހުން އާސޯޚުވާ ވަރަށް ދިވެހިންގެ އުޅުމާއި ގުޅުންތައް ދައްކާލެވިދާނެއެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ މަގްބޫލު މަންޒިލަކަށް ރާއްޖެ ވަނީ ހަމައެކަނި ހުދު ގޮނޑުދޮށްތަކާއި، ޗާލު މޫދާއި ފަރުތަކުން އެކަނި ނޫންކަން ދައްކާލެވިދާނެއެވެ. ދިވެހި ރާއްޖެއަކީ ހުރިހާ ގޮތަކުންވެސް މަގްބޫލު، ހިތްގައިމު، ތަފާތު މަންޒިލެއްކަން ދައްކާލެވިދާނެއެވެ. ގައިމު ހޯމްސްޓޭއާއެކު ދިވެހި ލިބާހާއި ދިއްގަރު ރިހާކުރާއި، މީރު ދިޔާހަކުރުވެސް އާންމުވަނީ ނޫންތޯއެވެ؟

ހޯމް ސްޓޭޓުއަރިޒަމް އެމްވީ

ކޮމެންޓް

އިތުރަށް ކިޔާލަން

މި ސަރުކާރުން ރިސޯޓް ތަރައްޤީކުރަން ކުއްޔަށް ދޫކުރި އެއްވެސް ތަނެއްގެ އަގު ހާމަކުރަން ސަރުކާރުން ދެކޮޅު ހަދައިފި

މި ސަރުކާރުން ރިސޯޓް ތަރައްޤީކުރަން ކުއްޔަށް ދޫކުރި އެއްވެސް ތަނެއްގެ އަގު ހާމަކުރަން ސަރުކާރުން ދެކޮޅު ހަދައިފި

24 ޑިސެމްބަރު 2024
"ނިހާދު ސަސްޕެންޑްކުރުމުން އެނގެނީ ގޯހެއް ހެދުނުކަން ޤަބޫލުކުރާކަން، އެ ވާހަކަތައް ސާބިތު ނުވާ ނަމަ ޖެހޭނީ ނިހާދު މަޤާމުން ވަކިކުރަން"

"ނިހާދު ސަސްޕެންޑްކުރުމުން އެނގެނީ ގޯހެއް ހެދުނުކަން ޤަބޫލުކުރާކަން، އެ ވާހަކަތައް ސާބިތު ނުވާ ނަމަ ޖެހޭނީ ނިހާދު މަޤާމުން ވަކިކުރަން"

24 ޑިސެމްބަރު 2024
އައްޑޫ އަށް އިންވެސްޓްކުރަން ޖެހިލުންވާން ޖެހޭ އެއްވެސް ސަބަބެއް ނެތް - ނިޒާރު

އައްޑޫ އަށް އިންވެސްޓްކުރަން ޖެހިލުންވާން ޖެހޭ އެއްވެސް ސަބަބެއް ނެތް - ނިޒާރު

26 އޮކްޓޯބަރު 2024
ފަތުރުވެރިކަން ފެށުނު އިރު އެމްޑީޕީގެ ވެރިކަމެއް އޮތް ނަމަ މިއަދު ރާއްޖެ އޮންނާނީ ތަރައްޤީވެފައި އޮތް ޤައުމެއްގެ ގޮތުގައި - މައުރޫފް

ފަތުރުވެރިކަން ފެށުނު އިރު އެމްޑީޕީގެ ވެރިކަމެއް އޮތް ނަމަ މިއަދު ރާއްޖެ އޮންނާނީ ތަރައްޤީވެފައި އޮތް ޤައުމެއްގެ ގޮތުގައި - މައުރޫފް

04 އޮކްޓޯބަރު 2024
މަނީ ޗޭންޖިންގ ވިޔަފާރިއާ ބެހޭ އައު ގަވައިދު: ބޭރު ފައިސާ މާރުކުރާ ލައިސަންސް ލިބޭނީ 50،000 ޑޮލަރު ބަހައްޓައިގެން

މަނީ ޗޭންޖިންގ ވިޔަފާރިއާ ބެހޭ އައު ގަވައިދު: ބޭރު ފައިސާ މާރުކުރާ ލައިސަންސް ލިބޭނީ 50،000 ޑޮލަރު ބަހައްޓައިގެން

02 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު