Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުން

ރާއްޖެއިން ބޭރުގެ ފަރާތްތައް ހިއްސާވާ ވިޔަފާރިތަކަށް ހޯމްސްޓޭގެ ގޮތުގައި ގެސްޓްހައުސް ހިންގުމުގެ ހުއްދައެއް ނުދެވޭނެ: ގަވާއިދު

31 ޑިސެމްބަރު 2021 | ހުކުރު 02:27

ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދޫކުރާނީ ފަސް އަހަރުގެ މުއްދަތަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 31 ޑިސެމްބަރު 2021 | ހުކުރު 02:27
މާފުށި

މާފުށި

މީހުން ދިރިއުޅޭ ގޭގޭގެ ވަކި ކޮޓަރިތަކުގައި ރާއްޖެއަށް އަންނަ ޓޫރިސްޓުންނަށް ތިބެވޭ ގޮތަށް ތައާރަފުކުރާ މޮޑެލްކަމުގައިވާ "ހޯމްސްޓޭ" ގަވާއިދު ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފިއެވެ.

ހޮނިހިރު ދުވަހު ހޯމްސްޓޭ ޓޫރިޒަމް މ. ދިއްގަރުގައި ތައާރަފުކުރުމަށް ތައްޔާރުވަމުން އަންނައިރު ޓޫރިޒަމް މިނިސްޓްރީން އެކަމަށް އެކުލަވާލާފައިވާ ގަވާއިދުގައި ވަނީ ހޯމްސްޓޭ ގެސްޓްހައުސްގެ ގޮތުގައި ބަލާނެ ތަންތަނާއި އެތަންތަނަށް ހުއްދަ ދޫކުރުމުގައި އަމަލުކުރާނެ ގޮތާއި ހުއްދަ ބާތިލުކުރާނެ ކަންކަމުގެ އިތުރުން އެތަން ބަލައިފާސްކުރާނެ ގޮތްތައް ހިމަނާފައެވެ. އެކަމާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ގަވާއިދަކީ ދިވެހިރާއްޖޭގައި ޓޫރިސްޓު ގެސްޓްހައުސް ހިންގުމާބެހޭ ގަވާއިދަށް އިސްލާހު ގެނައުމުގެ ގަވާއިދެވެ. މިގަވާއިދަށް ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ނަމުގައި ވަނީ ބާބެއް އިތުރުކޮށްފައެވެ.

Advertisement - newsAdvertisement

ގަވާއިދުގައި ބުނެފައިވަނީ ހޯމްސްޓޭގެ ގޮތުގައި ރަޖިސްޓަރީ ކުރެވޭ ޓޫރިސްޓް ގެސްޓްހައުސް ކަމަށް ބުނެފައި އެވަނީ މީހުން ދިރިއުޅެމުންދާ އިމާރާތެއްގެ މީހުން ދިރިއުޅެމުންދާ ޔުނިޓެއްގައި ހަދައިފައިވާ ޓޫރިސްޓް ގެސްޓްހައުސްއަށް ކަމަށެވެ. ހޯމްސްޓޭ ގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދޫކުރެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށެވެ. ގަވާއިދުގައި ބުނެފައިވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިތަކުގެ ތެރެއިން އެ ވިޔަފާރިއެއްގައި ދިވެހިރާއްޖެއިން ބޭރުގެ ފަރާތްތައް ހިއްސާވާ ވިޔަފާރިތަކަށް ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދައެއް ނުދެވޭނެކަމަށެވެ.

ނަމަވެސް ރާއްޖެއިން ބޭރުގެ ބްރޭންޑްތައް ފްރެންޗައިޒް އުސޫލުން ބޭނުންކޮށްގެން ދިވެހި ވިޔަފާރިތަކުން ހޯމްސްޓޭ ހިންގުމަށް ހުރަސްނާޅާކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގުމަށް އެދި ހުށަހަޅާއިރު ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތަކީ، އިމާރާތާއި ގޯތީގެ ވެރިފަރާތް ނޫން ފަރާތެއް ނަމަ، އިމާރާތާއި ގޯތީގެ ވެރިފަރާތާއި ހުއްދައަށް އެދޭ ފަރާތާ ދެމެދު އިމާރާތް ކުއްޔަށް ދިނުމަށް ސޮއިކޮށްފައިވާ އެއްބަސްވުން؛ މިފަދަ އެއްބަސްވުމެއްގައި، އެ އިމާރާތެއްގައި ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގުން މަނާކުރާ މާއްދާއެއް ހިމަނާފައި އޮވެގެން ނުވާނެކަމަށް ގަވާއިދުގައި ވަނީ ބުނެފައެވެ. މީގެއިތުރުން ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދައަށް އެދި ހުށަހަޅާ ވިޔަފާރީގެ އެންމެހައި ބައިވެރީންނާއި ޑިރެކްޓަރުންގެ 5 އަހަރު ދުވަހުގެ ކުށުގެ ރިކޯޑު ހުށަހަޅަންޖެހޭނެއެވެ.

އަދި ޓޫރިޒަމް ގުޑްސް އެންޑް ސަރވިސަސް ޓެކްސް ދެއްކުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިވާކަމުގެ ލިޔުން ހުށަހަޅަންޖެހޭނެއެވެ.

ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދޫކުރާނީ ފަސް އަހަރުގެ މުއްދަތަށެވެ. 5 އަހަރަށްވުރެ ކުރު މުއްދަތެއްނަމަ ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދެވޭނީ، އެ އެގްރީމަންޓުގެ މުއްދަތު ހަމަވާ ދުވަހަށްވުރެ ހުއްދައިގެ މުއްދަތު އިތުރު ނުވާ ގޮތަށެވެ.

ކުށުގެ ރިކޯޑު ސާފުކުރާއިރު ހުއްދައަށް އެދޭ ފަރާތުގެ ވިޔަފާރީގެ ބައިވެރިއެއް ނުވަތަ ޑިރެކްޓަރެއްގެ ކުށުގެ ރެކޯޑެއް އޮތްނަމަ، އެ ކުށަކީ ހޯމްސްޓޭއަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާނެ ފަދަ ޢަމަލެއްކަމަށް މިނިސްޓްރީއަށް ގަބޫލުކުރެވޭ ހާލަތުގައި ހުއްދަ ދޫނުކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސް ބަލައި ފާސްކުރުމަށް މަދުވެގެން 24 ގަޑިއިރުގެ ނޯޓިހެއް ދިނުމަށްފަހު ބަލައި ފާސްކުރުމުގެ އިޚުތިޔާރު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން އައްޔަނުކުރާ ފަރާތަކަށް ލިބިގެންވެއެވެ.

މިގަވާއިދުގައި ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއްގައި ހުންނަންޖެހޭ މިންގަނޑުތަކާއި، ވަސީލަތްތަކާއި، ލިބިދޭންޖެހޭ ފަސޭހަތަކާ ޚިދުމަތްތައް ވެސް ވަނީ ބަޔާންކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއްގައި އެއް ކޮޓަރިން ފެށިގެން ފަސް ކޮޓަރިއާ ހަމައަށް، ފަތުރުވެރީން ބޭތިއްބުމަށް ވަކިވަކި ކޮޓަރި ޚާއްޞަކޮށްފައި ހުންނަންވާނެކަމުގައެވެ. ހޯމްސްޓޭގެ ގޮތުގައި ހިންގާ ގެސްޓްހައުސްގެ ވަކި ކޮންމެ ކޮޓަރިއެއްގައި ހަމައެކަނި އެ ކޮޓަރިއަކުން ވަދެވޭ ގޮތަށް ފާޚާނާއެއް ހުންނަންވާނެއެވެ.

ގަވާއިދު ބުނާގޮތުން ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދޫކުރެވޭ ރަށްރަށުގައި އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލް އިދާރާގައި ނުވަތަ ކައުންސިލުން ކަނޑައަޅާ ތަނެއްގައި ޓޫރިޒަމް ޑެސްކެއް ހުންނަންވާނެއެވެ. ޓޫރިޒަމް ޑެސްކުގެ ވެރިއެއްގެ ގޮތުގައި އައިލެންޑް ޖެނެރަލް މެނޭޖަރއަކަށް ކައުންސިލުން ކަނޑައަޅާ މީހަކު ހަމަޖައްސައިފައި ހުންނަންޖެހޭނެއެވެ. ރަށުގައި ފަތުވެރިކަމުގެ އެންމެހައި ހަރަކާތްތައް ރާވައި ހިންގާނެ ގޮތާއި، ފަތުރުވެރީން އާންމު ތަންތަނުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް ބަޔާންކޮށް ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ރަށުގައި ޢަމަލުކުރާނެ އުސޫލެއް ކައުންސިލުން އެކުލަވައިލައިފައިވާންވާނެއެވެ.

މިގަވާއިދުގައި ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްގެ ކޮޓަރިތައް ހުންނަންޖެހޭ މިންގަނޑު ވެސް ވަނީ ހިމަނާފައެވެ. އެގޮތުން ކޮންމެ ކޮޓަރިއެއް ވެސް ހުންނަންވާނީ، އެ ގެއެއްގެ ނުވަތަ އި މާރާތުގެ ގޯތިތެރެއިން ނުވަތަ ކޮމަން އޭރިއާއަކުން ސީދާ އެ ކޮޓަރިއަކަށް ވަދެވޭ ގޮތަށް ވަކިން ދޮރު ހަރުކޮށްފައެވެ. މީގެ އިތުރުން، އިންޓަ-ކަނެކްޓިންގ ކޮޓަރީގެ ބޭނުމަށް އެއްކޮޓަރިން އަނެއް ކޮޓަރިއަށް ދެވޭގޮތަށް އިތުރު ދޮރެއް ހަރުކުރެވިދާނެއެވެ. ކޮޓަރީގެ ބޮޑުމިނުގައި، ފާޚާނާ ހިމެނޭގޮތަށް، މަދުވެގެން 120 އަކަފޫޓު ހުންނަންވާނެއެވެ.

މީގެއިތުރުން ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްގެ ފާޚާނާތައް ހުންނަންޖެހޭނެ މިންގަނޑުތައް ވެސް ގަވާއިދުގައިވެއެވެ. އެގޮތުން ކޮންމެ ކޮޓަރިއެއްގައި، ކޮޓަރީގެ އެތެރެއިން ވަދެވޭގޮތަށް ވަކި ފާޚާނާއެއް ހުންނަންވާނެކަމަށް ގަވާއިދުގައި ވަނީ ބުނެފައެވެ.

ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގުމުގައި ރަށު ޓޫރިޒަމް ޑެސްކުގެ ދައުރުގެ ގޮތުގައި ކަނޑައަޅާފައިވަނީ ރަށު ޓޫރިޒަމް ޑެސްކަކީ އެ ރަށެއްގައި ރަޖިސްޓަރީކޮށްގެން ހިންގާ ހޯމްސްޓޭތަކާއި، ފަތުރުވެރީންނަށް ކެއިންބުއިމާއި، ދަތުރުފަތުރާއި، އެކިއެކި ހަރަކާތްތައް ރާވައި ހިންގުމާއި، މިފަދަ އެހެނިހެން ޚިދުމަތްތައް އެ ރަށެއްގައި ފޯރުކޮށްދޭ ހަރަކާތްތަކާއި، ރަށަށް ފަތުރުވެރީންގެ ގޮތުގައި އައިސްގޮސްވާ ފަރާތްތަކުގެ އެންމެހައި ކަންކަން ރަށުފެންވަރުގައި ބަލަހައްޓާ މަސްއޫލުވެރި ފަރާތުގެ ގޮތުގައެވެ.

ރަށު ޓޫރިޒަމް ޑެސްކުން ކަނޑައަޅާ ތަނެއްގައި ޓޫރިސްޓް އިންފޮމޭޝަން ޑެސްކް ޤާއިމުކުރަންވާނެއެވެ. އަދި ޓޫރިސްޓް އިންފޮމޭޝަން ޑެސްކަކީ، ފަތުރުވެރީންނަށް ފަސޭހައިން ޚިދުމަތް ލިބިގަނެވޭނެ ފަދަ ތަނެއްގައި ހުންނަ ތަނަކަށް ވެފައި، ރަށުގައި ފަތުރުވެރީން އުޅޭ ހުރިހާ ވަގުތެއްގައި ޚިދުމަތް ދޭންވާނެއެވެ. މިގޮތުން، ސީދާ ޑެސްކުގައި މީހަކު ހުރެގެން ޚިދުމަތްދޭނެ ވަގުތުތަކާއި، ވާޗުއަލްކޮށް ޚިދުމަތްދޭނެ ވަގުތުތައް ކަނޑައެޅިދާނެއެވެ. އެހެންނަމަވެސް، 24 ގަޑިއިރު ގުޅޭނެ ހޮޓްލައިނެއް އޮންނަންވާނެއެވެ.

ޓޫރިޒަމް ޑެސްކުގެ މަސައްކަތުގެ ތެރެއިން އެ ރަށެއްގައި ފަތުރުވެރިކަމުގެ ހަރަކާތްތައް ހިންގޭ މިންވަރަކުން މިކަމާ ގުޅުންހުރި ވަކިވަކި ދާއިރާތަކަށް ފޯކަލް ޕޮއިންޓުންގެ ގޮތުގައި މީހުން ހަމަޖެއްސިދާނެއެވެ.

ހޯމް ސްޓޭމިނިސްޓްރީ އޮފް ޓުއަރިޒަމް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
19 އޮކްޓޯބަރު 2025

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި
09 އޮކްޓޯބަރު 2025

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް
03 ފެބުރުއަރީ 2025

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!
28 ޖެނުއަރީ 2025

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

28 ޖެނުއަރީ 2025
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި
26 އޮކްޓޯބަރު 2024

ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް

26 އޮކްޓޯބަރު 2024
ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް
26 އޮކްޓޯބަރު 2024

ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް

26 އޮކްޓޯބަރު 2024
ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް
26 އޮކްޓޯބަރު 2024

ސަރުކާރަކުން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ޤަބޫލުކޮށްގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން - ފައިސަލް

26 އޮކްޓޯބަރު 2024
ސަރުކާރަކުން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ޤަބޫލުކޮށްގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން - ފައިސަލް
22 މާރިޗު 2024

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

22 މާރިޗު 2024
ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20 ޑިސެމްބަރު 2023

މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

20 ޑިސެމްބަރު 2023
މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް