Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ހޯމްސްޓޭ ޓުއަރިޒަމް

ހޯމްސްޓޭ ޓުއަރިޒަމް: ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރުވި ބޮޅެއް!

ހޯމްސްޓޭ ޓުއަރިޒަމްއަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި އޮންނަ ފަތުރުވެރިކަމެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 2 ޖެނުއަރީ 2022 | އާދީއްތަ 05:07
 ހޯމް ސްޓޭ ޓޫރިޒަމް ފެށުން

ހޯމް ސްޓޭ ޓޫރިޒަމް ފެށުން

ހޯމްސްޓޭ ޓުއަރިޒަމް ނުވަތަ ފަތުރުވެރިން ގޭގޭގައި ބޭތިއްބުމަކީ ވަރަށް ގިނަ ގައުމުތަކުގައި ކުރަމުންގެންދާ ކަމެކެވެ. މިއީ ގައުމުތަކަށް ދާ ފަތުރުވެރިންނަށް ފުރިހަމަ މެހެމާންދާރީއެއް ލިބި، އެ ގެއްގައި އުޅޭ އާއިލާއަކާ އެއްކޮށް ދުވަސްކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ލިބިގެންދާ ކަމެކެވެ.

ގެސްޓްހައުސްފަދަ ތަންތަނުގައި ތިބުމަށްވުރެ، މިގޮތަށް ގެއެއްގައި ތިބެލުމުން އަތުން ދާ އެއްޗެއްވެސް ކުޑަވެއެވެ. އާންމުގޮތެއްގައި "ޓްރެވަލަރސް" ނޫނީ ގައުމުތަކުގައި ހުންނަ ޚާއްސަ ކަންކަން ބަލާލައި، ތަޖުރިބާކޮށްލުމަށް ދަތުރުކުރާ މީހުން މި އުކުޅު ބޭނުންކުރެއެވެ. ސަބަބަކީ ހުންނަ ތަނަށް މާ ބޮޑު އެއްޗެއް ނުގޮސް، އެގައުމެއްގައި ހުންނަ ޚާއްސަ ކަންކަން ތަޖުރިބާ ކޮށްލެވޭތީއެވެ.

ހޯމް ސްޓޭ ފަތުރުވެރިކަން މިހާރު މިވަނީ ރާއްޖެއަށްވެސް ތައާރަފުކޮށްފައެވެ. ދިވެހިރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި އެންމެ ފާހަގަކޮށްލެވޭ މަންޒިލަށް މިހާރު ވެފައިވާއިރު، ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން ރާއްޖެއިން ވަނީ ހޯދާފައެވެ. އަދި ގިނަ ބަޔަކު ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަންނަން ބޭނުންވެއެވެ. ރާއްޖެ އަންނަ ގިނަ ފަތުރުވެރިންނަކީ ރިސޯޓުތަކާއި ރަށްރަށުގެ ގެސްޓްހައުސްތަކަށް ދާ މީހުންނެވެ. އަތޮޅުތެރޭގައި ތައާރަފުކުރި ހޯމްސްޓޭ ފަތުރުވެރިކަމާއެކު ކުޑަ ބަޖެޓެއްގައި ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލެވޭނެއެވެ.

ރާއްޖޭގައި ހޯމްސްޓޭ ޓުއަރިޒަމް ތައާރަފުކޮށްފައިވަނީ މ. ދިއްގަރުންނެވެ. ދިއްގަރުގައި ހޯމްސްޓޭ ފަތުރުވެރިކަމަށް ޚާއްސަކުރި ގޭގައި ހުރުމަށް ސޫދާންގެ ދެމަފަރިންނާއި، އެމެރިކާގެ ދެމަފިރިން ވަނީ ގޮސްފައެވެ. އެމީހުން ވަނީ ހެޔޮ އަގެއްގައި ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބުނީތީ އުފާކުރާކަމަށް ބުނެފައެވެ. މިއީ ރާއްޖެ އަންނަ ގިނަ ފަތުރުވެރިން ބޭނުންވާގޮތެވެ. މިހާރު އަތޮޅުތެރޭގެ ގިނަ ރަށްރަށަކީ ފަތުރުވެރިން އެންމެ ބޭނުންވާ ޚިދުމަތްތައް ކަމަށްވާ ވޯޓަރ ސްޕޯޓްސްގެ ޚިދުމަތްތައްވެސް ލިބެން ހުންނަ ތަންތަނެވެ. އެހެންކަމުން ގިނަ ފަތުރުވެރިން ޚިޔާރުކުރަނީ ހެޔޮ އަގެއްގައި ރަށްރަށުގައި ތިބުމަށެވެ. އަދި މިކަން މިވަނީ ފަހިވެގެން ގޮސްފައެވެ.

މިއީ އަތޮޅުތެރޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތުވެސް ރަނގަޅުވެގެންދާނެ ކަމެކެވެ. މާ ބޮޑު ޚަރަދެއް ނުކޮށް، ޓުއަރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމިއްލަ ގޭގައި މިކަން ކުރެވިދާނެއެވެ. މިކަމުގެ ސަބަބުން އަތޮޅުތެރެއަށް އިތުރު އާމްދަނީ އާއި ތަރައްގީގެ މަޝްރޫއުތައް އައުމަށް މަގުފަހިވެގެންދާނެއެވެ. މިކަން ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވެސް ވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވަނީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެހެން ރަށްތަކުގައި ވެސް ހޯމްސްޓޭ ޓުއަރިޒަމް ތައާރަފުވެގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި އުންމީދަކީ މިއީ ރައްޔިތުންނަށް އިތުރު މަންފާތައް ލިބިގެންދާނެ ސިނާއަތަކަށްވުން ކަމަށާއި، ރައްޔިތުންނަށް އާމްދަނީ އިތުރުވާގޮތަށް މިކަން ބައްޓަންކުރުމަކީ ރައީސް ސާލިހު ގެންގުޅުއްވާ ސިޔާސަތު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދިއްގަރުން ތައާރަފުކުރި ހޯމްސްޓޭއާއެކު ރާއްޖޭގެ ގިނަ ރަށްރަށުން މިހާރު ދަނީ ހޯމްސްޓޭ ފަށައިގަތުމަށް ތައްޔާރުވަމުންނެވެ. ހޯމްސްޓޭ ފެށުމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ޚާއްސަ ގައިޑްލައިނެއް އެކުލަވާލާފައެވެ. އެގޮތުން ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދޫކުރެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް ކަމަށް ގަވައިދުގައި ވެއެވެ. އަދި އެ ތަނެއްގައި ފުރިހަމަވާންޖެހޭ ވަކި މިންގަނޑުތަކެއް ހުރެއެވެ. އަދި ހޯމްސްޓޭގެ ދަށުން ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދޫކުރެވޭ ރަށްރަށުގައި އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލް އިދާރާގައި ނުވަތަ ކައުންސިލުން ކަނޑައަޅާ ތަނެއްގައި ޓޫރިޒަމް ޑެސްކެއް ހުންނަންވާނެ ކަމަށް ގަވައިދުގައި ބުނެއެވެ. އެއީ ފަތުރުވެރިންގެ ކަންކަން ބެލުމަށް ޚާއްސަ ޑެސްކެކެވެ.

ކޮވިޑަށްފަހު ރާއްޖޭގެ ފަތުރުވެރިކަން އަންނަނީ ރަނގަޅުވަމުންނެވެ. ހޯމްސްޓޭ ތައާރަފްވުމާއެކު ރާއްޖެގެ ފަތުރުވެރިކަން އިތުރަށް ރަނގަޅުވެ، ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް މީގެ ކުރިން ވެސް ވިދާޅުވެފައިވެއެވެ.

ހޯމް ސްޓޭމިނިސްޓްރީ އޮފް ޓުއަރިޒަމް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

28 ޖެނުއަރީ 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު