Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހޯމް ސްޓޭ ޓުއަރިޒަމް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހޯމް ސްޓޭ ޓުއަރިޒަމް ފަށައިފި

ޖުމްލަ 4 ފަތުރުވެރިން ވަނީ ހޯމް ސްޓޭ ޓުއަރިޒަމްގެ ދަށުން ދިއްގަރަށް ގޮސްފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 1 ޖެނުއަރީ 2022 | ހޮނިހިރު 14:56
ހޯމް ސްޓޭ ޓޫރިޒަމް ފެށުމަށްޓަކައި ބޭއްވި މަރުހަބާ ކިޔުމުގެ ހަރަކާތްތަކުގެ ތެރެއިން

ހޯމް ސްޓޭ ޓޫރިޒަމް ފެށުމަށްޓަކައި ބޭއްވި މަރުހަބާ ކިޔުމުގެ ހަރަކާތްތަކުގެ ތެރެއިން

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހޯމްސްޓޭ ޓުއަރިޒަމް ފަށައިފިއެވެ.

ހޯމް ސްޓޭ ޓުއަރިޒަމް ފަށާފައިވަނީ މ. ދިއްގަރުންނެވެ. ހޯމްސްޓޭ ޓުއަރިޒަމް ފެށުމަށްޓަކައި ހޮނިހިރު ދުވަހު އެ ރަށުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ރަށު ކައުންސިލުން ބޭއްވި މި ރަސްމިއްޔާތުގައި ޓުއަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމާއި ސަރުކާރުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Advertisement - newsAdvertisement

އދ. އިން ރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބު ކެތުރިން ހެސްވެލް ހިމެނިވަޑައިގަންނަވާ ގޮތަށް ޖުމްލަ ފަސް ފަތުރުވެރިން ވަނީ ދިއްގަރަށް ގޮސްފައެވެ. ހޯމްސްޓޭ ފަތުރުވެރިންނަށް ވޯޓާ ސެލިއުޓާއި ސަގާފީ ހަރަކާތްތަކާއެކު ރަށުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި ފަތުރުވެރިންގެ ފުޓްޕްރިންޓް ވެސް ވަނީ ނަގާފައެވެ. ހޯމް ސްޓޭއަށް އެ ރަށަށް ގޮސްފައިވަނީ ސޫދާނަށް ނިސްބަތްވާ ދެމަފިރިންނާއި އެމެރިކާއަށް ނިސްބަތްވާ ދެމަފިރިންނެވެ..

މީޑިއާތަކަށް މައުލޫމާތު ދެމުން ސޫދާންގެ ދެމަފަރިން ބުނީ ހޯމްސްޓޭ ޓުއަރިޒަމްގައި ރާއްޖެ އަންނަ ބޭނުންވި ކަމަށާއި މިއީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އެެމެރިކާގެ ދެމެފަރިން ބުނީ ރާއްޖޭގައި ހެޔޮ އަގެއްގައި ޗުއްޓީ ހޭދަކޮށްލަން އަބަދުވެސް ބޭނުންވި ކަމަށެވެ.

ހޯމް ސްޓޭ ފެށުމަށް އެންމެ ފުރަތަމަ ރަޖިސްޓްރީކޮށްފައި ވަނީ މ. ދިއްގަރުގެ "މޫރިތި" ގެއެވެ. އެ ގޭގެ ތިން ކޮޓަރީގައި ޓޫރިސްޓުން ބޭތިއްބުމުގެ ލައިސެންސް، ޑރ. މައުސޫމް ވަނީ އެ ގޭގެ ވެރިފަރާތާ ހަވާލުކުރައްވާފައެވެ. މީގެ އިތުރުން ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައޫސުމް ވަނީ ހޯމްސްޓޭ ޓުއަރިޒަމް ރަސްމީކޮށް ދިއްގަރުގައި ފެށުމުގެ ހުއްދަ އެ ރަށު ކައުންސިލްގެ ރައީސް އަހްމަދު ނިޝާނާއި ހަވާލުކުރައްވާފައެވެ.

މި ފަތުރުވެރިންނަށް ދިއްގަރުން ހޫނު މަރުހަބާއެއް ކިޔާފައިވާއިރު މިނިސްޓްރީން ބުނީ ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދޫކުރާނީ ފަސް އަހަރުގެ މުއްދަތަށް ކަމުގައެވެ. 5 އަހަރަށްވުރެ ކުރު މުއްދަތެއްނަމަ ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދެވޭނީ، އެ އެގްރީމަންޓުގެ މުއްދަތު ހަމަވާ ދުވަހަށްވުރެ ހުއްދައިގެ މުއްދަތު އިތުރު ނުވާ ގޮތަށް ކަމަށެވެ.

ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގުމުގައި ރަށު ޓޫރިޒަމް ޑެސްކުގެ ދައުރުގެ ގޮތުގައި ކަނޑައަޅާފައިވަނީ ރަށު ޓޫރިޒަމް ޑެސްކަކީ އެ ރަށެއްގައި ރަޖިސްޓަރީކޮށްގެން ހިންގާ ހޯމްސްޓޭތަކާއި، ފަތުރުވެރީންނަށް ކެއިންބުއިމާއި، ދަތުރުފަތުރާއި، އެކިއެކި ހަރަކާތްތައް ރާވައި ހިންގުމާއި، މިފަދަ އެހެނިހެން ޚިދުމަތްތައް އެ ރަށެއްގައި ފޯރުކޮށްދޭ ހަރަކާތްތަކާއި، ރަށަށް ފަތުރުވެރީންގެ ގޮތުގައި އައިސްގޮސްވާ ފަރާތްތަކުގެ އެންމެހައި ކަންކަން ރަށުފެންވަރުގައި ބަލަހައްޓާ މަސްއޫލުވެރި ފަރާތުގެ ގޮތުގައެވެ.

ރަށު ޓޫރިޒަމް ޑެސްކުން ކަނޑައަޅާ ތަނެއްގައި ޓޫރިސްޓް އިންފޮމޭޝަން ޑެސްކް ގާއިމުކުރަންވާނެއެވެ. އަދި ޓޫރިސްޓް އިންފޮމޭޝަން ޑެސްކަކީ، ފަތުރުވެރީންނަށް ފަސޭހައިން ޚިދުމަތް ލިބިގަނެވޭނެ ފަދަ ތަނެއްގައި ހުންނަ ތަނަކަށް ވެފައި، ރަށުގައި ފަތުރުވެރީން އުޅޭ ހުރިހާ ވަގުތެއްގައި ޚިދުމަތް ދޭންވާނެއެވެ. މިގޮތުން، ސީދާ ޑެސްކުގައި މީހަކު ހުރެގެން ޚިދުމަތްދޭނެ ވަގުތުތަކާއި، ވާޗުއަލްކޮށް ޚިދުމަތްދޭނެ ވަގުތުތައް ކަނޑައެޅިދާނެއެވެ. އެހެންނަމަވެސް، 24 ގަޑިއިރު ގުޅޭނެ ހޮޓްލައިނެއް އޮންނަންވާނެއެވެ.

ޓޫރިޒަމް ޑެސްކުގެ މަސައްކަތުގެ ތެރެއިން އެ ރަށެއްގައި ފަތުރުވެރިކަމުގެ ހަރަކާތްތައް ހިންގޭ މިންވަރަކުން މިކަމާ ގުޅުންހުރި ވަކިވަކި ދާއިރާތަކަށް ފޯކަލް ޕޮއިންޓުންގެ ގޮތުގައި މީހުން ހަމަޖެއްސިދާނެއެވެ

ހޯމް ސްޓޭމިނިސްޓްރީ އޮފް ޓުއަރިޒަމް

ކޮމެންޓް

އިތުރަށް ކިޔާލަން

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

28 ޖެނުއަރީ 2025

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު